Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނ ކުޑަފަރީ މޮނިޓަރިންގ އަށްލުން

ނ. ކުޑަފަރީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފި

ކުޑަފަރިން ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި 30 މީހަކު ފާހަގަވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2020 | އާދީއްތަ 07:56
ނ. ކުޑަފަރީ

ނ. ކުޑަފަރީ

ނ. ކުޑަފަރީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފިއެވެ.

އާދިއްތަ ދުވަހުގެ 11:56 ގައި އެރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށު ކައުންސިލް އިދާރާއަށް އަންގާފައެވެ. ކައުންސިލް އިދާރާއަށް އެކަން އަންގަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާފައިވާ ލިޔުމުގައި ވަނީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެޖެންސީގެ ހުއްދަ ނެތި މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ކުޑަފަރިން އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭއިން އަންގާފައިވަނީ ހޮނިހިރު ދުވަހުގެ ރެ އެވެ. "ރާއްޖެ އެމްވީ" އާ ވާހަކަދައްކަވަމުން އެރަށު ކައުންސިލްގެ ނައިބު ރައީސް ޖަޛުލާން އާދަމް ވިދާޅުވީ އުމުރުން 92 އަހަރުގެ ފިރިހެން މީހާ ބަލިވެގެން އެންމެ ފުރަތަމަ ސީ އެމްބިޔުލަންސްގައި ގެންދިޔައީ މަނަދޫ އަށް ކަމަށެވެ. އެއަށްފަހު އެ ރަށުން އެމީހާ މާލެ ގެނެސްފައިވާ ކަމަށް ޖަޒްލާން ވިދާޅުވިއެވެ.

މި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކުޑަފަރިން ކޮންޓެކްޓްވެފައި ތިބި މީހުން ބަލަމުންދާ ކަމަށާއި މިހާތަނަށް އައިއިރު 30 މީހަކު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ޖަޒްލާން ވިދާޅުވިއެވެ. އަދި އެމީހުން މިހާރު ކަރަންޓީނު ކުރެވިފައިވާ ކަމަށާއި ހަތަރު މީހަކު ކައުންސިލުން ހަމަޖައްސައިގެން ގެސްޓް ހައުސްއެއްގައި ބައިތިއްބާފައިވާ ކަމަށް ޖަޒްލާން ވިދާޅުވިއެވެ.

ޖަޒްލާން ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވަނީ އެ މީހާއަކީ ފާހަނައަށް ވެއްޓިގެން މަނަދޫ އަށް ގެންދަން މަސައްކަތް ކުރި މީހަކަށްވާތީ އޭނާ ގެންދިޔުމުގައި އެކި ގޮތްގޮތުން މީހުން ހަރަކާތްތެރިވެފައިވާތީ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ އެކި ރަށްރަށުން މިހާރު އަންނަނީ މީހުން ޕޮޒިޓިވްވަމުންނެވެ. އެގޮތުން ރ. ދުވާފަރުން ތިން މީހަކު ވައިރަސް އަށް ޕޮޒިޓިވްވުމުން ހޮނިހިރު ދުވަހުގެ ރޭ އެރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު