Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް ތަރިންނާއި ކޮވިޑް-19

ޖާޔާ ބަޗަން އާ އައިޝްވާރިޔާ އަދި އަރާދްޔާ ކޮވިޑް-19 އަށް ނެގެޓިވް

އަމީތާބްގެ ދަރިފުޅު އަދި ބޮލީވުޑްގެ ތަރި އަބީޝޭކް ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖުލައި 2020 | އާދީއްތަ 07:52
ޖާޔާ ބަޗަން އާއި އައިޝްވާރީޔާ އަދި އަރާދްޔާ

ޖާޔާ ބަޗަން އާއި އައިޝްވާރީޔާ އަދި އަރާދްޔާ

ބޮލީވުޑްގެ މެގަ ސްޓަރ އަމީތާބް ބަޗަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭނާގެ އަންހެނުން ޖާޔާ ބަޗަން އަދި ޅީދަރި އައިޝްވާރިޔާ ރާއީ ބަޗަން އާއި ކާފަ ދަރިފުޅު އަރާދްޔާ ބަޗަން ކޮވިޑް-19 އަށް ނެގެޓިވްވެއްޖެއެވެ.

އެހެންނަމަވެސް އަމީތާބްގެ ދަރިފުޅު އަދި ބޮލީވުޑްގެ އެކްޓަރ އަބީޝޭކް ބަޗަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްކަން އޭނާ ވަނީ ޓްވިޓަރ ގައި ހާމަކޮށްފައެވެ. އަމީތާބް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ އެނާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި އާއިލާގެ މެންބަރުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ފައިތުވި ދިހަ ދުވަހު އޭނާއާ ބައްދަލުވެފައި (ކްލޯޒް ކޮންޓެކްޓްވެފައި) ހުރި މީހެއް ނަމަ އަވަހަށް ޓެސްޓް ކުރުމަށް ބައްޗަން ވަނީ އެދިފައެވެ.

ޖުލައި 11 ގައި އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އޭނާ އަށް އަންނަނީ މުމްބާއީގެ ނަންވާތީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ބޮލީވުޑްގެ ތަރި އައިޝްވާރިޔާގެ ފިރިމީހާ އަދި އަރާދްޔާގެ ބައްޕަ އަބީޝޭކް ވެސް ވައިރަސް އަށް ޕޮޒިޓިވްވިކަން ހާމަކޮށްފައިވަނީ އޭނާގެ ޓްވިޓަރ ހޭންޑްލްގައެވެ. އަބީޝޭކް ކުރި ޓްވީޓްގައި ބުނެފައިވަނީ އޭނާގެ ބައްޕަ އަމީތާބް އާއި އޭނާގެ ފުށުންވެސް ފެންނަނީ އަދި އާދައިގެ އަލާމާތްތަކެއް ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ހާސްނުވެ ތިބުމަށް އޭނާ ވަނީ އެދިފައެވެ.

އަމީތާބް ޕޮޒިޓިވްވުމާއި ގުޅިގެން ބޮލީވުޑްގެ ފަންނާނުންނާއި އާންމުން އަންނަނީ އޭނާ އަށް އަވަސް ޝިފާއަކަށް އެދި ޓްވީޓުތައް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2020

އައިޝްވާރިޔާ އާއި އަރާދްޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

18 ޖުލައި 2020
އައިޝްވާރިޔާ އާއި އަރާދްޔާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
08 އޯގަސްޓު 2018

'ފަންނޭ ޚާން' އަކީ އަރާދްޔާ ބެލި އޭޝްގެ ފުރަތަމަ ފިލްމު!

08 އޯގަސްޓު 2018
'ފަންނޭ ޚާން' އަކީ އަރާދްޔާ ބެލި އޭޝްގެ ފުރަތަމަ ފިލްމު!
10 އެޕްރީލު 2017

މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟

10 އެޕްރީލު 2017
މިފަހަރު ޖާޔާގެ އުފަންދުވަސް ފާހަގަ ނުކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު