Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގުގެ ގުރުއަތުލުން

ކުއާޓާގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް ކުޅުމުގެ ފުރުސަތު

11 ޖުލައި 2020 | ހޮނިހިރު 07:37

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން ބޭއްވީ ހުކުރު ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ޖުލައި 2020 | ހޮނިހިރު 07:37
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ: ކުއާޓާގައި ރެއާލާ ދެކޮޅަށް ކުޅެން ޖެހުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައި

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ: ކުއާޓާގައި ރެއާލާ ދެކޮޅަށް ކުޅެން ޖެހުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޔުވެންޓަސް އޭނާގެ ކުރީގެ ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހުމުގެ ފުރުސަތު ތަނަވަސްވެއްޖެއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ މެޗުތަކުގެ ތެރެއިން މެދުކަނޑާލިއިރު، ފޯމެޓަށް ގެނެސް އޮގަސްޓް މަހު ޗެމްޕިއަންސް ލީގު އަލުން ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

ހުކުރު ދުވަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ގުރުއަތުލުން ބޭއްވިއިރު، އަދި ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ، ޗެލްސީ އާއި ބަޔާން މިއުނިކް، ލިޔޯން އާއި ޔުވެންޓަސް އަދި ނާޕޮލީ އާއި ބާސެލޯނާގެ ދެވަނަ ލެގުގެ މެޗުތައް ކުޅެން އެބައޮތެވެ.

ކުއާޓާގެ ގުރުއަތުލުމުގައިވާ ގޮތުން މެންޗެސްޓާ ސިޓީ އާއި ރެއާލް ކުޅޭ މެޗުން މޮޅުވާ ޓީމެއް ކުއާޓާގައި ނުކުންނަން ޖެހޭނީ ލިޔޯނާއި ޔުވެންޓަސް ކުޅެގެން މޮޅުވާ ޓީމަކާއެވެ. ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޔުވެންޓަސް އަދި ރެއާލް ވެސް ވަނީ ބަލިވެފައެވެ. ލިޔޯން ދަނޑުގައި ޔުވެންޓަސް ބަލިވީ 1-0 ންނެވެ. އަދި ރެއާލް އަމިއްލަ ދަނޑުގައި ސިޓީ އަތުން ބަލިވީ 2-1 ންނެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލި އެތުލެޓިކޯ މެޑްރިޑް ކުއާޓާގައި ނުކުންނާނީ އާރުބީ ލެއިޕްޒީގާ ދެކޮޅަށެވެ. ކުއާޓާގައި ނާޕޮލީ އާއި ބާސާގެ ތެރެއިން މޮޅުވާ ޓީމެއް ނުކުންނާނީ ބަޔާން މިއުނިކާއި ޗެލްސީގެ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަދި އެޓަލަންޓާ ކުއާޓާގައި ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ގެނައި ބަދަލާއެކު، ދެވަނަ ބުރުގެ މެޗުތަކަށްފަހު، ކުއާޓާ ފައިނަލުން ފަށައިގެން މެޗުތައް ކުޅޭނީ ވޯލްޑް ކަޕް ކުޅޭ އުސޫލަށެވެ. އެގޮތުން ދެ ލެގުގެ ބަދަލުގައި އެއް ލެގު ކުޅޭއިރު، ހުރިހާ މެޗެއްވެސް ކުރިއަށް ގެންދާނީ ޕޯޗުގަލްގެ ލިޒްބަން ގައެވެ.

އޮގަސްޓް މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު ދެވަނަ ބުރުގެ މެޗުތައް ކުރިންވެސް ކުޅެން ތާވަލުކޮށްފައި ހުރި ދަނޑުތަކުގައި ކުޅޭއިރު، ކުއާޓާގެ މެޗުތައް ލިޒްބަންގައި ފަށާނީ އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ. އަދި ފައިނަލް މެޗު ކުޅޭނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް