Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 އެނގެނީ ކިހާ މިންވަރަކަށް

ކޮވިޑް-19 މުޅި ހަށިގަނޑަށް އަސަރުކުރަނީ ކިހިނެއް؟

ބަލި ހާލަތު ބޮޑުވާ މީހުންގެ ހިތާއި ސިކުނޑި އަދި ކިޑްނީއަށް އެކި ކަހަލަ ގެއްލުންތައް ލިބޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖުލައި 2020 | ހޮނިހިރު 08:23
ކޮވިޑް-19ށް ޕޮޒިޓިވްވި މީހަކަށް ފަރުވާ ދިނުމަށް އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަނީ؛ ކޮވިޑް-19 އާއި ގުޅޭ ގޮތުން މީގެ ކުރިން ނޭނގޭ ގިނަ ހޯދުންތަކެއް ވަނީ ހޯދިފައި

ކޮވިޑް-19ށް ޕޮޒިޓިވްވި މީހަކަށް ފަރުވާ ދިނުމަށް އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދަނީ؛ ކޮވިޑް-19 އާއި ގުޅޭ ގޮތުން މީގެ ކުރިން ނޭނގޭ ގިނަ ހޯދުންތަކެއް ވަނީ ހޯދިފައި

ކޮވިޑް-19އަކީ ފަހުގެ ތާރީހެއްގައި މުޅި ދުނިޔެއަށް ކުރިމަތިބި އެންމެ ބޮޑު ބަލިމަޑުކަމެވެ. މިހާތަނަށް މި ބަލިމަޑުކަމުގެ އަސްލު ދެނެގަނެވިފައި ނުވާ އިރު، އެއަށް އަސަރުކުރާ ވަކި ބޭހެއް އަދި ވެކްސިނެއް އުފެއްދިފައި ނުވެއެވެ.

މިހާތަނަށް ބައްޔާ ގުޅޭގޮތުން ސައިންސްވެރިންނާއި ޑޮކްޓަރުން އަދި ދިރާސާ ކުރާ ފަރާތްތަކުން ވަނި ތަފާތު ހޯދުންތަކެއް ހޯދާފައެވެ. އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ ކޮލަމްބިއަން ޔުނިވަރސިޓީގެ އައިރވިންގް މެޑިކަލް ސެންޓަރުގެ ޓީމަކުން އަނެއްކާ ވެސް މިވަނީ އައު ހޯދުންތަކެއް ހޯދާފައެވެ.

އެ ޓީމުން ހޯދާފައިވާ ހޯދުންތަކަކީ ބަހާރު މޫސުމުގައި އެންމެ ގިނަ އަދަދަކަށް ބައްޔަށް މީހުން ހުށަހެޅުނު އިރު ހޯދާފައިވާ ހޯދުންތަކެކެވެ. މީގެ އިތުރުން ވެސް ދުނިޔޭގެ އެކި ހިސަބުތަކުން ރިޕޯޓްތައް މި ޓީމުން އެއްކޮށްފައި ވެއެވެ.

މި ޓީމުގެ ހޯދުންތަކުން ދައްކާ ގޮތުން، ކޮވިޑްގެ ސަބަބުން އިންސާނާގެ ފުއްޕާމޭ، ކިޑްނީ، ޗިސްމޭ، ހިތް، ސިކުނޑި، ނާރުތަކުގެ ނިޒާމް، ހަންގަނޑު އަދި ހަޖަމްކުރުމުގެ ނިޒާމަށް އެކި ގޮތްގޮތުން ގެއްލުންދެއެވެ.

މި މައުލޫމާތުތައް އެއްކުރުމުން ފެނިގެން ދިޔަ މަންޒަރަކީ ކޮވިޑް ހަށިގަނޑުގެ ސިސްޓަމްތަކަށް ހަމަލާދޭ ކަމެވެ. މީގެ ތެރޭގައި ގުނަވަންތަކަށް ގެއްލުން ދިނުމާއި، ލޭގަނޑު ވުމާއި، ހިތް މަސައްކަތް ކުރާ ގޮތް ބަދަލުވުމާއި، ކިޑްނީން ލޭ އައުމާއި، ހަންގަނޑު ކުރަކިވެ ފަޅައިގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން ބޮލަށް ތަދުވުމާއި، ބޯ އެނބުރުމާއި، މަސްގުޅަކެއުމާއި، ބަނޑަށް ތަދުވުމުގެ އިތުރުން ކެއްސުމާއި ހުން އައުން ފަދަ އަލަމާތްތައް ފެނިގެންދާ ކަމަށެވެ.

މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ހިތުގެ ބަލިތަކުގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު، ޑރ. އާކްރިތި ގުޕްތާ ވިދާޅުވެފައިވަނީ ކޮވިޑް-19 އަކީ އިންސާނާގެ މުޅި ހަށިގަނޑަށް އަސަރު ކުރުވާ ބައްޔެއް ކަމަށެވެ. މީގެ އިތުރުން ބަލީގެ ސަބަބުން ބަލިޖެހޭ ބައެއް މީހުންގެ ކިޑްނީ، ހިތުގެ އަދި ސިކުނޑިއަށް ގެއްލުން ލިބެމުންދާ ކަމަށާއި، އެހެންކަމުން ނޭވާލާ ނިޒާމުގެ ބައްޔަށް ފަރުވާ ކުރުމުގެ އިތުރުން މިކަންކަމަށް ވެސް ސަމާލުކަން ދިނުން މުހިންމު ކަމަށް ޑރ. އާކްރިތި ވަނީ ވިދާޅުވެފައެވެ.

ކޮވިޑް އިންސާނާއަށް ޖެހެނީ އެ ބަލި ޖެހިފައި ހުރި މީހެއް ކެއްސާ، ކިނބިހިއަޅާ ނުވަތަ ނޭބާލާއިރުނ އޭނާގެ ފަރާތުން ޑޮރޮޕްލެޓްސް ސިއްހަތު ރަނގަޅަށް ހުންނަ މީހެއްގެ ހަށިގަނޑުގެ ތެރެއަށް ގޮސްގެންނެވެ. އަދި މިހާރު ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުން މި ބައްޔަކީ އެއަރބޯން ނުވަތަ ވައިގެ ޒަރިއްޔާއިން ވެސް ފެތުރޭ ބައްޔެކެވެ. ބަލި ޖެހޭ މީހާގެ ގައިން އަލާމާތްތައް ފެންނަން ފަށަނީ ބަލިޖެހޭތާ 2 ދުވަހާއި 14 ދުވަހާއި ދޭތެރޭގައެވެ.

އަލަމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ނޭވަލާން އުނދަގޫވުން ނުވަތަ ނޭވާ ކުރުވުން، ވަރުބަލިކުރުން، ތުރުތުރު އެޅުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ކަރުތެރެ ސަކަރާތްވުން، ނޭފަތް ބެނދުން ނުވަތަ ނޭފަތުން ފެން ފޭބުން، ރަހަ ނުލުން، ވަސް ނުދުވުން، ހޮޑުލުން އަދި ބޭރަށް ހިންގުން ހިމެނެއެވެ.

ވައިރަސް ހަށިގަނޑުގެ ތެރެއަށް ދިއުމަށްފަހު ނޭވާލާ ނިޒާމުގެ ތެރެއަށް ދެއެވެ. އަދި މި ވައިރަސް ނިވާލާ ހޮޅި (އަނގަ، ނޭފަތް، ކަރު އަދި ފުއްޕާމޭ) ހިމެނޭ ބަޔަށް ވަދެއެވެ. އަދި މި ބައިގައި އޭސީއީޓޫ ކިޔާ ރިސެޕްޓާސްތައް ގިނަވުމުގެ ސަބަބުން އެހެން އާދައިގެ ރޯގާތަކަށްވުރެ ބޮޑަށް ކޮވިޑް ވައިރަސް ހަށިގަނޑުގެ ނޭވާލަ ނިޒާމްގެ ތެރެއަށް ވަދެގެން ދެއެވެ.

މިކަމުގެ ސަބަބުން ފުއްޕާމޭ ދުޅަވުމާއި، އަދި އޭގެ ސަބަބުން ނޭވާލާން އުނދަގޫވަން ދިމާވެއެވެ. އަދި މިކަމުގެ ސަބަބުން ނިއުމޯނިއާއަށް ހުށަހެޅިގެންދެއެވެ. ގިނަ މީހުންނަށް ވައިރަސް ޖެހިގެން އަލާމާތްތައް ފެންނަނީ އާންމު ގޮތަކަށެވެ. އަދި ކޮންމެ 10 މީހެއްގެ ތެރެއިން 8 މީހަކަށް ވައިރަސް ޖެހި އަސަރުކުރަނީ ކުޑަކޮށެވެ. ނަމަވެސް ވައިރަސްގެ އަސަރު ބޮޑަށް ދިމާވީ މީހުންނަށް މިކަމުގެ ނުރައްކާ ބޮޑު ވެއެވެ. އަދި އެންމެ ފުރަތަމަ ނޭވާލާ ނިޒާމަށް އަސަރުކޮށް މީހާ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ދެއެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެންމެ ބިރު ބޮޑު އަލާމާތަކީ ކުޑަކުދިންގެ ދިފާއީ ނިޒާމަށް އަސަރުކުރުމެވެ. ސިއްހީ ދާއިރާގައި މިކަމަށް ދީފައިވާ ނަމަކީ ޕީޑްރިއެޓިކް މަލްޓިސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމްއެވެ. ނިއުޔޯކް ސިޓީން ވަނީ މިފަދަ 52 ކޭސް އެއް މިހާތަނަށް ރިޕޯޓުކޮށްފައެވެ. އަދި އިތުރު ގައުމުތަކުން ވެސް އަންނަނީ މިފަދަ ރިޕޯޓްތަކެއް ކުރަމުންނެވެ.

މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ވިހެނުލާ ހުން އައުމުން، އިންފްލަމޭޝަން، އެތެރެހަށީގެ ގުނަވަނެއް ނުވަތަ ގުނަވަންތަކެއް މަސައްކަތް ނުކުރުން، ޝޮކް ޖެހުމުން ފެންނަ ފަދަ ނިޝާންތަކެއް ފެންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ބައިނަލްއަގުވާމީ ގުރޫޕެއް ކަމަށްވާ ޕީއައިސީޔޫ ކޮވިޑް-19 ކޮލާބޮރޭޝަނުންވަނީ ހާމަކޮށްފައެވެ.

ބައެއް ކުޑަކުދިންގެ ހަށިގަނޑުން މި އަލާމާތްތައް ފެންނަ އިރު އެހެން ބައެއް ކުދިންގެ ހަށިގަނޑުން ކަވަސާކީ ބަލީގެ އަލަމާތްތައް ފެނެއެވެ. އަދި ބައެއް ހިސާބުތަކުގެ ކުދިންގެ ހަށިގަނޑުން "ސައިޓޯކިން ސްޓޯމް" ގެ އަލަމާތްތައް ފެނެއެވެ. ކަވަސާކީ ބަލީގެ ސަބަބުން މެދު މިނުގެ ލޭހޮޅިތަލުގެ ފަށަލަ ދުޅަވުމާއި އަދި އެކަމުގެ ސަބަބުން ހިތަށް ގެއްލުން ލިބެއެވެ. މިކަން ދިމާވަނީ "ސައިޓީކިން ސްޓޯމް" ގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކަވަސާކީ ބަލީގެ މާހިރެއް އަދި ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޖޭން ނިއުބަރގަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އުފެދޭ އެންޓިބޮޑީސްގެ ސަބަބުން "އިމިއުން ރިއެކްޝަން" ހަށިގަނޑުގައި އުފެދޭ ކަމަށެވެ. އަދި އެއީ ކީއްވެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ސައިޓޯކިން ސްޓޯމްގެ ސަބަބުން ބޮޑެތި މީހުންގެ ފުއްޕާމެއަށް ގެއްލުން ލިބުމާއި އާދަޔާ ހިލާފަށް ލޭހޮޅިތަކުގައި ލޭގަނޑުވާކަން ވަނީ ހޯދިފައެވެ. އަދި ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ދިފާއީ ނިޒާމުން އެއަށް އެހާ ވަރުގަދަ ހަމަލާތަކެއް ނުދޭ ކަމަށާއި، ވައިރަސް ދިފާއީ ނިޒާމު ފޫ އަޅުވާލާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސީދާ ގުވަންތަކަށް ވައިރަސް ހަމަލާދޭ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު