Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓްގެ މައްސަލަ

ހިޔާ މަޝްރޫއުގެ މައުލޫމާތު ހޯދަން ކުރީގެ މިނިސްޓަރ މުއިއްޒު ކޮމެޓީއަށް ހާޒިރު ކުރަނީ

11 ޖުލައި 2020 | ހޮނިހިރު 08:19

ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް މުއިއްޒު ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ 11 ޖަހާއިރަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ޖުލައި 2020 | ހޮނިހިރު 08:19
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނޫމަޑި މައްސަލަ ބެލަމުންދިޔައިރު، ކުރީގެ ހައިސިންގ މިނިސްޓަރ ޑރ. މުއިއްޒު ކޮމެޓީއަށް ހާޒިރުކޮށް، މައުލޫމާތު ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނޫމަޑި މައްސަލަ ބެލަމުންދިޔައިރު، ކުރީގެ ހައިސިންގ މިނިސްޓަރ ޑރ. މުއިއްޒު ކޮމެޓީއަށް ހާޒިރުކޮށް، މައުލޫމާތު ހޯދަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގެ 7000 ފްލެޓާ ގުޅޭ މައުލޫމާތު ހޯދުމަށް، ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީން އަންގައިފިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރަކަށް ހުންނެވި، އަދި މި މަޝްރޫއުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވީ ޑރ. މުއިއްޒުއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް ޑރ. މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުއާ ގުޅޭ މައުލޫމާތު ހޯއްދެވުމަށް، މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީއަށް، މި މަހުގެ 16 ވަނަ ދުވަހު 11 ޖަހާއިރަށް ހާޒިރުވުމަށް ހާޒިރުވުމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ، ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގެން، ދޭންޖެހޭ އެއްބާރުލުން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016 ގައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް، އެއްބަސްވުމުގައި ވެއެވެ. އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ، 19 ޑިސެމްބަރު 2017 ގައެވެ.

މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެކްޓެކެވެ. 25 ބުރީގެ 16 ޓަވަރުގައި ހުރި 7000 އެޕާޓްމަންޓުގެ ތެރެއިން މި ސަރުކާރުން ދިނުމަށް ނިންމާފައިވަނީ އޭގެ ތެރެއިން 6720 އެޕާޓްމަންޓެވެ.

ސަރުކާރުން ނަގާފައިވާ ގްރައުންޑް ފްލޯގެ އެޕާޓްމަންޓްތައް ހުރި ޖާގަތައް ބޭނުން ކުރާނީ ފިހާރަތަކަށާއި ބުކްޝޮޕްތަކަށާއި ސެކިއުރިޓީއާއި ކުނި މެނޭޖް ކުރުމާއި އިމާރާތުގެ މެއިންޓެނެންސް އަދި އިދާރީ ކަންކަމުގެ އިތުރުން، ގުރްޢާން ކްލާސްތައްފަދަ ތަންތަން ހިންގުމަށެވެ.

މިފްލެޓްތަކުގައި ހުރީ މުޅީންވެސް 2 ކޮޓަރީގެ އެޕާޓްމަންޓް ތަކެކެވެ. ފްލެޓްގެ ހުރިހާ ފާރުތަކެއް ހިމެނޭގޮތަށް، ފްލެޓެއްގެ އެވްރެޖް ބޮޑުމިނަކީ 570 އަކަފޫޓެވެ. މިއީ އެވަރެޖް ދިވެހި އާއިލާއެއް އުޅެން އެކަށީގެންވާ ސައިޒެއް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނައިރު، އެޕާޓްމަންޓަށް ވަންނަން ކުރަން ޖެހޭ ހަރަދުތައް ބޮޑުވުމާއި ގުޅިގެން ވެސް ގިނަ ބައެއްގެ ޝަކުވާތައް އެބަހުއްޓެވެ.

ފްލެޓް އިމާރާތް ކުރުމުގެ އެއްބަސްވުމުގެ ދަށުން، ޓައިލްސް ޖެހުމާއި، ދެ ކޮޓަރިއާއި ދެ ފާހާނާގެ ދޮރު ހަރުކުރުމާއި، ފަންކާއާއި ބޮކި، އަދި ޓީވީ ކޭބަލް ފަދަ ވައިއިރިންގގެ މަސައްކަތެއް ނުހިމެނެއެވެ. އެހެންކަމުން އެހުރިހާކަމެއް ކުރަންޖެހޭނީ ފްލެޓް ލިބޭ ފަރާތުންނެވެ.

މީގެކުރިން ވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބެލި "ނޫމަޑި" (ހައުސިންގ ޔުނިޓްތަކެއް އިމާރާތްކުރުމަށް ހަވާލުކުރި ކުންފުންޏެއް) މައްސަލާގައި މުއިއްޒު އެ ކޮމެޓީއަށް ހާޒިރު ކޮށްފައިވެއެވެ. އެ މައްސަލައިގެ ގެއްލުމުގެ ބަދަލުގައި ނޫމަޑި ކުންފުންޏަށް ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ) ދައްކަން ޖެހުނެވެ.

މި މައްސަލާގައި މުއިއްޒުގެ މައްޗަށް ތުހުމަތު ކުރެވެނީ، ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލުކުރި ދެ އެއްބަސްވުމެއްގެ މައްސަލަ ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށައެޅި މައްސަލައިގައި، އެ ކުންފުންޏަށް ކާމިޔާބު ވާނެހެން ދައުލަތާ ދެކޮޅަށް ބަޔާނެއް ދިން ކަމަށެވެ. މި މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މި ފަހުން ފުލުސް އޮފީހަށް ވެސް ވަނީ ހާޒިރުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ސައިލެއްގެ އިންޖީނުގެ ވެރިފަރާތް ހޯދަން އިއުލާންކޮށްފި
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް