Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް، ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަންނަން ޖެހޭ: މިނިސްޓަރ

އައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖުލައި 2020 | ހުކުރު 03:10
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ- މިނިސްޓަރ ވަނީ ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ސްޓެކްހޯލްޑަރސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި

ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ- މިނިސްޓަރ ވަނީ ޤައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ސްޓެކްހޯލްޑަރސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި

އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާތައް ހުއްޓުވުމަށް، އެކަމަށް މަސައްކަތް ކުރާ ނިޒާމުގައި ހުރި ބާގަނޑުތައް ދެނެގަންނަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައި ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު ގިނަ އަނިޔާތައް ހުއްޓުވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމަށާއި، މި ނިޒާމްގައި ހުރި ބާގަނޑުތައް ދެނެގަނެ އެންމެން ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމަކާ ދިމާއަށް ދިއުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން، ިފަދަ މަސައްކަތްތަކަކީ އެކަނި އެއް މުއައްސަސާއަކަށް ކުރެވޭނެ މަސައްކަތެއް ނޫންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ މުޖްތަމަޢުގެ އަފްރާދުންނާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި، ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތަށް އެކުގައި މަސައްކަތްކޮށްގެން މެނުވީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ އެކި ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ބައްދަލުވުމުގައި ޔުނިސެފް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެފައިވެއެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ޝުމަން މިއާ އިއްސެ މަރާލީ އަންހެނުންނާއި ޖެހުނު މައްސަލައިގައި ބަދަލު ހިފުމުގެ ގޮތުން: ފުލުހުން

17 އޯގަސްޓު 2017
ޝުމަން މިއާ އިއްސެ މަރާލީ އަންހެނުންނާއި ޖެހުނު މައްސަލައިގައި ބަދަލު ހިފުމުގެ ގޮތުން: ފުލުހުން
08 ޖޫން 2017

ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި

08 ޖޫން 2017
ސްޓީލިންގ ޕެރަޑައިސް ދެއްކުން ހުއްޓުވުމަށް ސަރުކާރުން ޕީއާރު ކުންފުންޏެއް ކުއްޔަށް ހިފި
31 މެއި 2017

ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ

31 މެއި 2017
ކުޑަކުދިންނަށްކުރާ އެކި އަނިޔާތަކުގެ 122 މައްސަލައެއް އޭޕްރީލް މަހުގެ ތެރޭގައި ހުށަހަޅާފައިވޭ: ޖެންޑަރ
12 މެއި 2017

ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި

12 މެއި 2017
ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި
30 އެޕްރީލު 2017

ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި

30 އެޕްރީލު 2017
ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 50 މައްސަލައެއް މާރޗް މަހު ރިޕޯޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު