Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫކޭގެ ޓްރެވަލް އެޑްވައިޒަރީ ލިސްޓް

ލުއިދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭތީ އިނގިރޭސި ޕާލިމަންޓުގައި އަޑުއުފުލައިފި

9 ޖުލައި 2020 | ބުރާސްފަތި 18:41

ލިސްޓުގައި ރާއްޖެ ނުހެމުނުން އެއީ ރަނގަޅު ނިންމުމެއް ނޫން: އެމްޕީ ޑޭވިޑް އެމެސް

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖުލައި 2020 | ބުރާސްފަތި 18:41
އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިޑް އެމެސް ވާހަކަދައްކަވަނީ

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިޑް އެމެސް ވާހަކަދައްކަވަނީ

އިނގިރޭސިވިލާތުން، ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމި ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިނުވާތީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މެމްބަރަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިޑް އެމެސް ބުރާސްފަތި ދުވަހު ވިދާޅުވީ ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމިއިރު ރާއްޖެ ހިމަނާފައިނުވާތީ އެއީ މުޅިން ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.

ރާއްޖެއަކީ ރާއްޖޭގެ ދެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވައި ޑޭވިޑް އެމެސް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި މިގޮތަށް ރާއްޖެ އެކަހެރިކޮށްފި ކަމުގައިވާ ނަމަ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

ހައުސް އޮފް ކޮމަންސްގެ ތަޅުމުގައި ހުންނަވާ ވާހަކަ ދައްކަވަމުން، ޑޭވިސް އެމެސްވަނީ ރާއްޖޭއިން އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭ ގޮތުން ވެސް ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެހެނިހެން ގައުމުތަކުން 5 އިންސައްތަ ޑިއުޓީ ނަގާއިރު، ރާއްޖެއިން 20 އިންސައްތަ ޑިއުޓީ ނަގާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާނީ މި މަހުގެ 15 ގައެވެ. ފަތުރުވެރިކަމަށް މަރުހަބާ ކިއުމަށް ރާއްޖެ ތައްޔާރުވަމުން އަންނައިރު، ރާއްޖެއަކީ އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުން ޗުއްޓީ ހޭދުމަށް ކުރުމަށް އައުމަށް އެންމެ ބޭނުންވާ އެއްމަންޒިލްގެ ގޮތުގައި ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ލިސްޓުގައި ރާއްޖެ ނުހިމެނުނު ނަމަވެސް ފަތުރުވެރިކަމުގައި ރާއްޖެއާ ވާދަވެރި ދެ ގައުމު ކަމުގައިވާ މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ. އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ލިސްޓުގައި ގިނައީ އިރުމަތީ އޭޝިއާގެ ގައުމުތައް ކަމުގައިވާ ޖަޕާން، ދެކުނު ކޮރެއާ، ވިއެޓްނާމް އަދި ހޮންގކޮންގ ފަދަ ގައުމުތަކެވެ.

ލިސްޓުގައި ރާއްޖެ ނުހިމެނުމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ލިސްޓުގައި ރާއްޖެ ހިމެނޭނީ އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތުމުން ކަމަށެވެ. އިނގިރޭސި ސަރުކާރުން ބަލާ މިންގަނޑުތަކުގެ ތެރޭގައި ވައިރަސް ފެތުރޭ މިންވަރާއި، ގައުމަށް އެތެރެވުމުގެ ޝަރުތުތަކާއި، އެ ގައުމެއްގައި އަޅާފައިވާ ފިޔަވަޅުތަކާއި، ދަތުރުފަތުރުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތާއި، ކަރަންޓީން މިންގަނޑުތަކާއި އެ ގައުމެއްގެ ސިއްހީ ނިޒާމުގެ ހާލަތު ހިމެނެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް