Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބ ފެހެންދޫ ސުކޫލު ފެރީ

ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖައްސައިފި

އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް 106 މިލިއަން ދިވެހި ރުފިޔާ ދެއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖުލައި 2020 | ބުދަ 14:17
ބ ފެހެންދޫ ދަރިވަރުން ސުކޫލަށް ދިއުމަށް ހަމަޖައްސާފައިވާ ފެރީ، މިއީ 2.5 މިލިއަން ރުފިޔާ ގެ ހިލޭ އެހީގެ ޕްރޮޖެކްޓެއް

ބ ފެހެންދޫ ދަރިވަރުން ސުކޫލަށް ދިއުމަށް ހަމަޖައްސާފައިވާ ފެރީ، މިއީ 2.5 މިލިއަން ރުފިޔާ ގެ ހިލޭ އެހީގެ ޕްރޮޖެކްޓެއް

ބ. އަތޮޅު ފެހެންދޫގެ ދަރިވަރުން އެ އަތޮޅު ގޮއިދޫ ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީއެއް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހަމަޖައްސައިފިއެވެ.

ބުދަ ދުވަހު 1 ނަންބަރު ޖެޓީގައި އޮތް ރަސްމިއްޔާތެއްގައި ފެރީ ޙަވާލުކޮށްފައިވާއިރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ސަންޖޭ ސުދީރުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، މި ހިލޭ އެހީއަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ހަރ އެކްސަލަންސީ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި އިންޑިއާ ސަރުކާރުން ދިން އެހީއެއް ކަމަށެވެ.

އެގޮތުން ސަރުކާރުން މި ޕްރޮޖެކްޓަށް ކަނޑައަޅާފައިވަނީ އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން 2.5 މިލިއަން ރުފިޔާއެވެ.

މި ރަސްމިއްޔާތަށް ފަހު މީޑީއާތަކާ ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހަސަން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަމަޖައްސައިދިން ފެރީގެ ސަބަބުން ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިން އުފުލަމުންދާ އެތައް ތަކުލީފަކުން ސަލާމަތް ވެވޭނެ ކަމަށެވެ. އެގޮތުން ފާއިތުވި ދުވަސްތަކުގައި ދަރިވަރުންނަށްވެސް ތައުލީމީ އެތައް ޙައްޤަކުން މަޙުރޫމުވެފައިވާކަން ހިސާން ފާހަގަ ކުރެއްވިއެވެ.

ކުރީގައި ފެހެންދޫގެ ސްކޫލްގައި ކިޔަވައިދިން ނަމަވެސް ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން އެ ސުކޫލު 2008 ގައި ވަނީ ބަންދުކޮށްފައެވެ. އެގޮތުން އާބާދީގައި 300 އެއްހާ މީހުން ހިމެނޭ އެ ރަށުގައި މިހާރު ބޭނުންކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުންދާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ފެހެންދޫ ސުކޫލު ދަރިވަރުން އެ އަތޮޅު ގޮއިދޫ ސުކޫލަށް ދިއުމަށް ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަނީ މަތި ހިޔާކޮށްފައި އޮންނަ 18 ފޫޓުގެ ޑިންގީއެއް ކަމަށާއި، ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 3 ދަތުރު ކުރަންޖެހޭ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން ފަތިހު 6:00 ހާއިރު ސުކޫލަށް ދިއުމަށް ފުރަތަމަ ދަތުރުކުރާއިރު، އިންޓަރވަލް ގަޑީގައި ކޮންމެ ދުވަހަކުވެސް ބެލެނިވެރިން ޑިންގީގައި އިންޓަރވަލް ހިފައިގެންދެއެވެ. އޭގެ އިތުރުން ، ސުކޫލު ނިންމުމަށްފަހު ވެސް ޑިންގީގައި ފެހެންދޫއަށްދާއިރު، ހުޅަނގު މޫސުމުގައި ވިއްސާރަވެ ވައިގަދަވެއްޖެނަމަ ދަތުރު ނުކުރެވި ތިބެންޖެހޭ ދުވަސްތައްވެސް އަންނަ ކަމަށް ރަށުން މައުލޫމާތުދިން ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު