Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ ކުއްލި މައްސަލަ

އަޅުގަނޑުމެން މި ތިބީ އެއްބާރުލުން ދޭން ތައްޔާރަށް: ބައްސާމް

އެފްއޭއެމްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް ބައްސާމް ހާޒިރުވެވަޑައިގެންނެވީ ބުދަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ޖުލައި 2020 | ބުދަ 08:34
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އަސާސީ ގަވާއިދުގައިވާ އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ދޭން ތައްޔާރު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އިންތިޚާބު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ އެފްއޭއެމްގެ ކުއްލި މައްސަލައެއް ބަލަމުންނެވެ. އެފްއޭއެމުން އިންތިޚާބު ބޭއްވީ، އެ އިންތިޚާބު ފަސްކޮށްދިނުމަށް އިޖުތިމާޢީ ކޮމިޓީން ކުޅިވަރާ ބެހޭ ވުޒާރާގައި އެދިފައި ވަނިކޮށެވެ. އިޖުތިމާޢީ ކޮމިޓީން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ކުއްލި މައްސަލަ އިތުރަށް ދިރާސާ ކުރަމުން އަންނާތީއެވެ.

ބުދަ ދުވަހު އިޖުތިމާޢީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ކަންކަން ނުބެލޭނެއޭ ކިޔާފައި ގަދަބަސް ބުނެފައި ތިބެން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ރައްޔިތުންގެ މަޖިލީހަށް ކަންކަން އޮޅުންފިލުވައިދީ މައުލޫމާތު ސާފުކޮށްދިނުން ކަމަށެވެ. އަދި އެފްއޭއެމްގެ އަމާޒަކީ ފުޓްބޯޅަ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުވުން ކަމަށާއި، ދިވެހި ރައްޔިތުން ތަމްސީލުކުރާ މެންބަރުން ކަންކަން އޮޅުންފިލުވަން ބޭނުންނަމަ، އެކަމަށް އެއްބާރުލުން ދޭން ތައްޔާރު ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ގަރާރުގައިވާ ހިންގާ ކޮމިޓީގެ ބައްދަލުވުންތައް ގަވާއިދުން ބާއްވަމުންދޭތޯ ބުނާ މާއްދާއާ ބެހޭގޮތުން ބައްސާމް ވިދާޅުވީ ހިންގާ ކޮމިޓީ މަހަކު އެއް ފަހަރު ބާއްވަން މަސައްކަތްކުރާއިރު، ނުބޭއްވިއްޖެ ހާލަތެއްގައި އަސާސީ ގަވާއިދުގައި ބުނާގޮތަށް ހަދާފައިވާ އެމަޖެންސީ ކޮމިޓީ އަކުން ބަރާބަރަށް މަސައްކަތްކުރާ ކަމަށެވެ.

ރައްޔިތުންގެ އިޖުތިމާޢީ ކޮމިޓީއަށް ބައްސާމް ހާޒިރުވެވަޑައިގެންނެވިއިރު، މީގެ ކުރިން ބައްސާމް ވަނީ އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނުބެލޭނެ ކަމަށާއި، އެއްވެސް މައްސަލައެއް ބަލާނަމަ ސްޕޯޓްސް ކޮމިޝަން މެދުވެރިކޮށް އެކަކުރަން އެފްއޭއެމުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.

އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފެށުމާއެކު، ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ފީފާއިން ވަނީ ދީފައެވެ. މިއީ ރާއްޖެއަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރުގެ ފަހުކޮޅު، ކުޅިވަރާ ބެހޭ ވުޒާރާއިން އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބުތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އިންޒާރު ދިނީ އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީންނެވެ. އެއާއެކު އެ ވުޒާރާއިން އެ މަސައްކަތް ހުއްޓާލިއެވެ.

އިތުރަށް ކިޔާލަން

03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
15 އެޕްރީލު 2017

ބޯޓެންގް އާއި ހަމެލްސް ތިބީ އަނިޔާގައި: އެންޗެލޮޓީ

15 އެޕްރީލު 2017
ބޯޓެންގް އާއި ހަމެލްސް ތިބީ އަނިޔާގައި: އެންޗެލޮޓީ
15 އެޕްރީލު 2017

އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ

15 އެޕްރީލު 2017
އަޅުގަނޑުމެންނަށް މޮޑަން ފުޓުބޯޅައިގެ ޓޮޕް ލެވަލް އެއް ނޭނގޭ: ސޮބާ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު