Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޯންޏެއް ބިންދައިގެން ދިއުން

13 މީހުންނާއެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ

ދޯނީގައި 13 ފަޅުވެރިން ތިބި، އެއްމެންގެ ހާލު ވެސް ރަނގަޅު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖުލައި 2020 | ބުދަ 03:24
މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ ދިރުން ދޯނި

މަސްވެރިކަން ކުރަން ނުކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ ދިރުން ދޯނި

13 މީހުންނާއެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

އެމްއެންޑިއެފުން ބުނީ 13 ފަޅުވެރިންނާއެކު ނުކުމެ އުޅުނު މި ދޯނި ބިންދައިގެން ދިޔައީ ތ. ކިނބިދޫ ހުޅަނގު ދެކުނު 4 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އޭގައި ތިބި އެއްމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ދޯންޏަކީ ތ. ވޭމަންޑޫ "ދިރުން" ނަމަކަށް ކިޔާ 91 ފޫޓް ދިގު ފައިބަރު ދޯންޏެކެވެ.

އެމްއެންޑިއެފުން ބުނީ ދޯނި ބިންދައިގެން ދިޔަ ހަބަރު ލިބުމާއެކު އެމްއެންޑިއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑިއެފް ކޯސްޓްގާޑަށް ލިބުނީ ބުދަ ދުވަހުގެ ހެނދުނު 7:10 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ތިބި 13 ފަޅުވެރިންގެ ތެރެއިން 11 މީހުންނަކީ ދިވެހިން ކަމަށާއި، ބާކީ ތިބި 2 މީހުންނަކީ ބިދޭސީން ކަމަށެވެ. އަދި ދޯނި ކަފުޖަހައިގެން ގެންދިއުމަށް ވެރި ފަރާތުން އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު