Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމުދާ އެކްސްޕޯޓް ކުރުން

ވައިގެ މަގުން މުދާ އެންމެ ގިނައިން އެކްސްޕޯޓް ކުރީ އިއްޔެ!

ޖުމްލަ 36 ޓަނަށްވުރެ ގިނަ މުދާ ވަނީ ބޭރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖުލައި 2020 | ބުދަ 04:00
އަންގާރަ ދުވަހު ޓާކިސް އެއަރލައިނުން އެކްސްޕޯޓްކުރި މުދާތައް އެ ފުލައިޓަށް ބަރު ކުރަނީ

އަންގާރަ ދުވަހު ޓާކިސް އެއަރލައިނުން އެކްސްޕޯޓްކުރި މުދާތައް އެ ފުލައިޓަށް ބަރު ކުރަނީ

ކޮވިޑް-19 އާއޮ ގުޅިގެން ވައިގެ މަގުން އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައިސް އޮތުމަށްފަހު އަންގާރަ ދުވަހަކީ އެންމެ ގިނަ އަދަދަކަށް ވައިގެ މަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުނު ދުވަސް ކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެފިއެވެ.

ޓާކިޝް އެރައލައިންގެ ފުލައިޓެއްގައި އަންގާރަ ދުވަހު ވަނީ ޖުމްލަ 36 ޓަނުގެ މަސް ބޭރުކޮށްފައެވެ. މިއީ މި އަހަރުގެ ތެރޭގައި ވެސް އެންމެ ގިނަ އަދަދަކަށް އެއްމެ ފުލައިޓެއްގައި ވައިގެ މަގުން މަސް އެކްސްޕޯޓް ކުރުވުނު ފުރަތަމަ ފަހަރެވެ. އެކްސްޕޯޓް ކުރެވުނު މަހުގެ ބާވަތްތަކުގެ ތެރޭގައި ފިނިކުރި މަހާއި ދިރޭ މަސް ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަން ނިންމާލާފައި ވާއިރު، ކޮޑިޑް-19 އާއި ގުޅިގެން ހުއްޓުމަކަށް އައިސްފައިވާ ވައިގެ ދަތުރުތައް އަލުން ބައެއް އެއަރލައިންތަކުން ވަނީ ފަށާފައެވެ. އެގޮތުން ރާއްޖެއަށް ކާގޯ ދަތުރުތައް އަޅަން ފެށި އެއް އެއަރލައިނަކީ ޓާކިޝް އެއަރލައިނެވެ. އެ އަރލައިނުން އަލުން ދަތުރުތައް ފަށާފައިވަނީ އެޕްރީލް މަހުން ފެށިގެންނެވެ.

މީގެ ކުރިން ވެސް އެ އެއަރލައިނުން ވަނީ 33 ޓަނުގެ މަސް ރާއްޖެއިން ބޭރުކޮށްފައެވެ. މި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވަލާއިރު ގިނަ އަދަދެއްގެ އެއަރލައިންތަކުން އަންނަނީ އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2018

މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!

06 އެޕްރީލު 2018
މުދާ އުފުލުމުގެ އުޞޫލަށް ގެނައި ބަދަލާއި މެދު ސަރުކާރަށް ތާޢިދުކުރާ ވިޔަފާރިވެރިންވެސް ހިތްހަމަނުޖެހޭ!
31 ޑިސެމްބަރު 2017

ރާއްޖެ އާއި ލަންކާއިން އެކްސްޕޯޓްކުރާ ހުރިހާ މުދަލަކަށް އެމެރިކާއިން ޑިއުޓީ ނަގަނީ

31 ޑިސެމްބަރު 2017
ރާއްޖެ އާއި ލަންކާއިން އެކްސްޕޯޓްކުރާ ހުރިހާ މުދަލަކަށް އެމެރިކާއިން ޑިއުޓީ ނަގަނީ
28 ޑިސެމްބަރު 2017

އިންޑިއާ މީހުން މިއަހަރު އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ

28 ޑިސެމްބަރު 2017
އިންޑިއާ މީހުން މިއަހަރު އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
19 ޑިސެމްބަރު 2017

ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ

19 ޑިސެމްބަރު 2017
ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 99 ޕަސެންޓް އިތުރުވެއްޖެ
23 ނޮވެމްބަރު 2017

ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ

23 ނޮވެމްބަރު 2017
ސްރީލަންކަން އެއަރލައިންސް: އޭޝިއާ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ގަދަ ބާރަކަށް ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު