Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ

ރާއްޖޭގައި 2 ލައްކައެއްހާ ބިދޭސީ މަސައްކަތްތެރިން އެބަތިބި، 60000ށް ވުރެ ގިނަ މީހުން ގަވާއިދާ ހިލާފު

136000ށް ވުރެ ގިނަ ބިދޭސީން ވޯކް ވިސާގައި އެބަތިބި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖުލައި 2020 | ބުދަ 04:11
ހުޅުމާލޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް

ހުޅުމާލޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 200،000 އާ ގާތްކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށާއި، މީގެ ތެރެއިން 60،000ށް ވުރެ ގިނަ މީހުންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ މީހުން ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރ މުހައްމަދު ޝިފާން ވިދާޅުވީ އިމިގްރޭޝަންގެ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މެއި މަހާ ހިސާބަށް 136،580 (އެއްލައްކަ ތިރީސް ހަ ހާސް ފައްސަތޭކަ އައްޑިހަ) ބިދޭސީން ވޯކް ވިސާގައި ރާއްޖޭގައި އެބަތިބި ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭނަކަމަށް އަންދާޒާ ކުރެވެނީ 60،000 އެއްހާ ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިމިގެރޭޝަންގެ ހިސާބުތަކުން ދައްކާ 136،580 ބިދޭސީންގެ ތެރެއިން ވެސް ވިސާ ފީ ބައެއް ފަރާތްތަކުން ނުއްދައްކާ ހުރެދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ގެންނަ ފަރާތް ނޫން އެހެން ފަރާތެއް ކައިރީގައި މަސައްކަތުގައި ވެސް އުޅެދާނެ ކަމަށާއި، ވިސާ ފީގެ ގޮތުގައި ލިބެން ޖެހޭ ވަރަށް ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޝިފާން ވިދާޅުވީ އެ ފައިސާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދާ ކަމަށާއި، މި ފައިސާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންކުރަން ހަދާފައި ހުރި ސިސްޓަމްތަކަކީ އެންމެ ފަސޭހައިން ބޭނުން ކުރުވޭނެ ނިޒާމެއް ނޫން ކަމަށްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވަކި ކުންފުންޏަކުން ދައްކަން ޖެހެނީ ކިހާވަރެއް ކަން ސީދަ އެއްފަހަރުން ބަލާލެވެން ނޯންނަ ކަމަށާއި، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު