Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއޭސީއެލް

އެމްއޭސީއެލްގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި

ކުރިން އެބޯޑުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަނީ ބޯޑުން ވަކިކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ޖުލައި 2020 | އަންގާރަ 08:44
އެމްއޭސީއެލްގެ މުވައްޒަފުންތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން 2 ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

އެމްއޭސީއެލްގެ ބޯޑަށް ސަރުކާރުން އަލަށް އައްޔަންކުރައްވާފައިވާ 2 ބޭފުޅުންނަކީ ކުރިން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މިހާދު އާއި ފަރުހާން އަބްދުއްޣަފޫރުއެވެ. އެމްއޭސީއެލްގެ ބޯޑަށް އަލަށް 2 ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، ކުރިން އެބޯޑުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަނީ ބޯޑުން ވަކިކޮށްފައެވެ.

އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާއިރު ދާދިފަހުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއަރޓް އައްޔަނު ކުރައްވާފައެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިމިވަނީ ކުރީ ސަރުކާރުގައި އެ މަގާމުގައި ހުންނެވި އާދިލް މޫސާ އިސްތިއުފާ ދެއްވިތަ ދޮޅު އަަހަރެއްހާ ދުވަސް ފަހުންނެވެ. އެމްއޭސީއެލްގެ އެމްޑީކަމުގެ މަގާމުން އާދިލް އިސްތިއުފާ ދެއްވާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުން ވަގުތީ ގޮތުން އެމްއޭސީއެލް ބެލެހެއްޓުމާ ހަވާލުވެ، އެކްޓިންގ އެމްޑީގެ މަގާމު އަދާކުރައްވަމުން އައީ މުސާ ސޯލިހުއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2020

އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން އީ-ވޯޓިންގ މެދުވެރިކޮށް

25 ފެބުރުއަރީ 2020
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިޚާބު ކުރުން އީ-ވޯޓިންގ މެދުވެރިކޮށް
02 ފެބުރުއަރީ 2020

ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި

02 ފެބުރުއަރީ 2020
ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ޑައިރެކްޓަރގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި
01 ނޮވެމްބަރު 2019

އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ބޯޑު ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި

01 ނޮވެމްބަރު 2019
އުރީދޫގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ބޯޑު ޑިރެކްޓަރގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށްފި
31 ޖުލައި 2019

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ

31 ޖުލައި 2019
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ
20 މެއި 2019

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް!

20 މެއި 2019
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު