Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިލް ބޭޗާރާ

ސުޝާންތުގެ "ދިލް ބޭޗާރާ" ޓްރެއިލަރއަށް 24 ގަޑިއިރުތެރޭ 4.3 މިލިއަން ލައިކްސް ލިބި ތާރީޚުގެ ތެރެއަށް

7 ޖުލައި 2020 | އަންގާރަ 04:01

ޓްރެއިލަރ ރިލީޒްކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ޓްރެއިލަރއަށް ވަނީ 1.3 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖުލައި 2020 | އަންގާރަ 04:01
ދިލް ބޭޗާރާގެ ޕޯސްޓަރު

ދިލް ބޭޗާރާގެ ޕޯސްޓަރު

މިދިޔަ ޖޫން މަހު މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑް އެކްޓަރ ސުޝާންތް ސިންގް ރާޖްޕުތް އެންމެ ފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ"ގެ ޓްރެއިލަރ 24 ގަޑިއިރު ތެރޭގައި 20 މިލިއަން މީހުން ބަލާ، 4.3 މިލިއަން ލައިކްސް ލިބިގެން ރިކޯޑް ހަދައިފިއެވެ.

"ދިލް ބޭޗާރާ" ގެ އޮފިޝަލް ޓްރެއިލަރ ވަނީ ހޯމަ ދުވަހު އިންޑިޔާ ގަޑިން ހަވީރު 4:00 ޖެހިއިރު ދައްކަން ފަށާފައެވެ.

މި ޓްރެއިލަރ ރިލީޒްކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ޓްރެއިލަރއަށް ވަނީ 1.3 މިލިއަނަށްވުރެ ގިނަ ލައިކްސް ލިބިފައެވެ. އަދި ދެ ގަޑިއިރު ތެރޭގައި 4 ލައްކައެއްހާ މީހުން ވަނީ މި ޓްރެއިލަރ ބަލާފައެވެ.

"ދިލް ބޭޗާރާ" މި ފިލްމް މިހިނގާ ޖުލައި މަހުގެ 24 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ސްޓީރިމިން ޕްލެޓްފޯމެއް ކަމަށްވާ ޑިސްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

ދިލް ބޭޗާރާ ވެފައިވަނީ ފިލްމަކަށްވުރެ ބޮޑަށް މީހުންގެ އިހުސާސްތަކާއި ގުޅިފައިވާ ފިލްމަކަށެވެ. ވަކިން ޚާއްސަކޮށް ސުޝާންތުގެ ފޭނުންނަށް މިފިލްމު ވަކިން ޚާއްސައެވެ. އެތައް ބަޔަކު އެއްވެ މި ފިލްމުގެ ޓްރެއިލަރ އަކީ އިންޑިޔާގެ ތާރީޚުގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ލައިކްވި ޓްރެއިލަރ އަށް ހެދުމަށް ވަނީ އަތުކުރި އޮޅާލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާ ހަމައަށް އައިއިރު އެންމެ ގިނަ ބަޔަކު ލައިކް ދިން ޓްރެއިލަރ އަކީ ޝާހުރުކްޚާންގެ ޒީރޯ އެވެ. އެއީ 2 މިލިއަން މީހުން ބަލައިގެންނެވެ.

މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހު ސުޝާންތް ސިން އޭނާ ދިރިއުޅެމުންދާ އެޕަރޓްމަންޓްގައި އަމިއްލަ އަށް މަރުވެފައި ހުއްޓާ ފެނުންވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަކަށެވެ. އެއާއެކު ސުޝާންތު އެންމެ ފަހުން ކުޅުނު ފިލްމު ދިލް ބޭޗާރާ ބްލޮކްބަސްޓަރ ފިލްމަކަށް ހެދުމަށް އެތައް ބަޔަކު ބޭނުންވެ އެވެ. އެއީ ސުޝާންތްއަކީ ހުނަރުވެރި އަދި އެތައް ބަޔަކު ބަލައިގަނެފައިވާ ތަރިއެއްކަން ދެއްކުމުގެ ބޭނުމާއެކު އެވެ.

މުކޭޝް ޗާބްރާ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "ދިލް ބޭޗާރާ"، ފިލްމަކީ ޖޯން ގްރީންގެ ކިޔުންތެރިންގެ މެދުގައި މަގްބޫލު ވާހަކައެއް ކަމަށްވާ "ދަ ފޯލްޓް އިން އަވަރ ސްޓާރޒް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ހެއްވާ މަޖާ އަދި ހިތާމަވެރި ލޯބީގެ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމްގައި ސުޝާންތް އާއެކު ލީޑްރޯލުން ފެނިގެން ދާނީ ބޮލީވުޑަށް އަލަށް ތައާރަފުވެގެންދާ ސަންޖަނާ ސަންގީއެވެ. މީގެ އިތުރުން މި ފިލްމުގައި ސައިފް އަލީ ޚާން ފެނިގެންދާނެއެވެ.

ސުޝާންތްގެ ކުއްލި މަރާއި ގުޅިގެން ސަންޖަނާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި މި ފިލްމަކީ އެންމެންނަށް ދޭ ހަދިޔާއެއް ކަމަށް ވަނީ ބުނެފައެވެ. މި ފިލްމް އެންމެންނަށް ވެސް ހިލޭ ބަލައިލެވޭނެކަމަށް ފިލްމު ޕްރޮޑަކްޝަން ޓީމުން ވަނީ ބުނެފަ އެވެ.

ސުޝާންތްގެ މަރާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމާއި ބޮލީވުޑްގައި ގެންގުޅޭ ތަފާތު ކުރުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. އަދި ސުޝާންތްގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ އާއި ފިލްމް ޕްރޮޑިއުސަރ އޭކްތާ ކަޕޫރާއި، ކަރަން ޖޯހަރު، ސަންޖޭ ލީލާ ބަންސާލީ އަދި ސަލްމާން ޚާންއާއި އިތުރު ހަތަރު މީހެއްގެ މައްޗަށް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށައަޅާފައެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

27 ޖުލައި 2020

ސުޝާންތުގެ އެންމެ ފަހު ފިލްމް "ދިލް ބޭޗާރާ" އަށް ގިނަ ބައެއްގެ ތަރުހީބު!

27 ޖުލައި 2020
ސުޝާންތުގެ އެންމެ ފަހު ފިލްމް "ދިލް ބޭޗާރާ" އަށް ގިނަ ބައެއްގެ ތަރުހީބު!
22 ޖުލައި 2020

ސުޝާންތްގެ ފަހު ފިލްމް "ދިލް ބޭޗާރާ" ހުކުރު ދުވަހު ރިލީޒް ކުރަނީ

22 ޖުލައި 2020
ސުޝާންތްގެ ފަހު ފިލްމް "ދިލް ބޭޗާރާ" ހުކުރު ދުވަހު ރިލީޒް ކުރަނީ
14 ޖުލައި 2020

ސުޝާންތްގެ "ދިލް ބޭޗާރާ" ގެ ޓްރެއިލަރ އަނެއްކާވެސް ރެކޯޑެއް މުގުރާލީ؟

14 ޖުލައި 2020
ސުޝާންތްގެ "ދިލް ބޭޗާރާ" ގެ ޓްރެއިލަރ އަނެއްކާވެސް ރެކޯޑެއް މުގުރާލީ؟
06 ޖުލައި 2020

ސުޝާންތްގެ ފިލްމް "ދިލް ބޭޗާރާ" ގެ ޓްރެއިލާއަށް 2 ގަޑިއިރު ތެރޭގައި 1 މިލިއަން ލައިކްސް!

06 ޖުލައި 2020
ސުޝާންތްގެ ފިލްމް "ދިލް ބޭޗާރާ" ގެ ޓްރެއިލާއަށް 2 ގަޑިއިރު ތެރޭގައި 1 މިލިއަން ލައިކްސް!
25 ޖޫން 2020

ސުޝާންތް އެންމެ ފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ" އަންނަ މަހު ރިލީޒްކުރަނީ

25 ޖޫން 2020
ސުޝާންތް އެންމެ ފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ" އަންނަ މަހު ރިލީޒްކުރަނީ
06 ޖެނުއަރީ 2020

ދިޕިކާ ޓިކްޓޮކްއަށް، 12 ގަޑިއިރުތެރޭ މިލިއަން ފޭނުން

06 ޖެނުއަރީ 2020
ދިޕިކާ ޓިކްޓޮކްއަށް، 12 ގަޑިއިރުތެރޭ މިލިއަން ފޭނުން
18 ފެބުރުއަރީ 2019

ޒޯޔާގެ ގަލީ ބޯއީ ހަތަރު ދުވަހުން ދިލް ދަޅަކްނޭދޯ ވައްޓާލެވޭނެތަ؟

18 ފެބުރުއަރީ 2019
ޒޯޔާގެ ގަލީ ބޯއީ ހަތަރު ދުވަހުން ދިލް ދަޅަކްނޭދޯ ވައްޓާލެވޭނެތަ؟
12 ފެބުރުއަރީ 2019

އާމިރު އާއި މާދުރީ އާ އެކު ދިލް ގެ ސީކުއެލް އެއް ހަދަނީ

12 ފެބުރުއަރީ 2019
އާމިރު އާއި މާދުރީ އާ އެކު ދިލް ގެ ސީކުއެލް އެއް ހަދަނީ
30 އޯގަސްޓު 2018

އަދިވެސް ޗާޓުގެ އެންމެ ކުރީގައި ދިލްބަރް

30 އޯގަސްޓު 2018
އަދިވެސް ޗާޓުގެ އެންމެ ކުރީގައި ދިލްބަރް
21 މެއި 2017

އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"

21 މެއި 2017
އައިފާ 2017 ނޮމިނޭޝަންގެ ލިސްޓު ގެ އެންމެ ކުރީގައި "އޭ ދިލްހެ މުޝްކިލް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް