Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭއެސްސީ

ޖޭއެސްސީން އައު އާއްމު ހާލަތުގެ ދަށުން ހިދްމަތް ދޭން ފަށައިފި

5 ޖުލައި 2020 | އާދީއްތަ 06:40

ޖޭއެސްސީން ހެނދުނު 8 އިން ފެށިގެން މެންދުރުފަހު 3 އަށް އާންމުންނަށް ހިދްމަތް ފޯރުކޮށްދެމުން ދާނެ ކަމަށް ބުނޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ޖުލައި 2020 | އާދީއްތަ 06:40
ޖޭއެސްސީ: ހެނދުނު 8 އިންފެށިގެން މެންދުރުފަހު 3އަށް ހިދްމަތް ފޯރުކޮށްދޭނެ ކަމަށް ބުނޭ

ޖޭއެސްސީ: ހެނދުނު 8 އިންފެށިގެން މެންދުރުފަހު 3އަށް ހިދްމަތް ފޯރުކޮށްދޭނެ ކަމަށް ބުނޭ

ކޮވިޑް-19 އާގުޅިގެން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިދްމަތް ދިނުމުގައި އަމަލު ކުރާނެ އުސޫލްތަކެއް ކަނޑައަޅައިފިއެވެ.

އެގޮތުން، ޖޭއެސްސީން ހިދްމަތް ހޯދަން އަންނަ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ )ގެ ގައިޑްލައިނާ އެއްގޮތަށް އަނގައާއި ނޭފަތް ނިވާވާގޮތަށް މާސްކު އަޅާފައި ނުވާ ފަރާތްތަކަށް ހިދްމަތް ނުދިނުމަށް ވަނީ ނިންމާފައެވެ. އަދި ކޮމިޝަނަށް ހިދްމަތް ހޯދަން އަންނަ އެންމެހައި ފަރާތްތަކުން ކޮމިޝަނަށް ވަދެ، ނުކުތުމަށް މެދުޒިޔާރަތްމަގުގައި ކޮމިޝަނުގެ ނަންބޯޑު ހަރުކޮށްފައިވާ، ހ. ސަކީނާމަންޒިލްއަށް ވަދެވޭގޮތަށް ހުންނަ ދޮރު ބޭނުންކުރުން ހިމެނެއެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ކޮމިޝަނުގެ ކައުންޓަރުން ހިދްމަތް ދެވޭނީ ފަހަރަކު މީހަކަށް ކަމަށާއި އަދި ކައުންޓަރުގެ އިތުރުން ވެއިޓިންގ އޭރިއާގައި އެއްވަގުތެއްގައި މަޑު ކުރެވޭނީވެސް ފަހަރަކު މީހަކަށް ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ކޮމިޝަނުގެ އެތެރެއަށް ވަނުމާއެކު ސެނެޓައިޒަރއިން ރަނގަޅަށް އަތް ސާފުކުރުމަށް ސަމާލުކަން ދިނުމާއި ކައުންޓަރު ކައިރީގައާއި ވެއިޓިންގ އޭރިއާގައި މަޑުކުރަން ފާހަގަކޮށްފައިވާ ތަންތަނުގައި މަޑުކުރުމަށް ސަމާލުކަން ދިނުމުގެ އިތުރުން ކޮމިޝަނުން ހިދްމަތް ހޯދަށް އަންނަ ފަރާތްތަކުގެ ޓެމްޕަރޭޗަރ ޗެކްކޮށް، ރެކޯޑް ކުރުމާއެކު އަންނަ ފަރާތްތަކުގެ މައުލޫމާތު (ނަން، އައިޑީ ނަމްބަރު އަދި ފޯނު ނަމްބަރު) ރެކޯޑު ކުރެވޭނެ ކަމަށް ވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީއަކީ ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ، އަދުލްއިންސާފުގެ ދާއިރާ، ހަރުދަނާކޮށް، ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދަނީ ޖޭއެސްސީގެ ދަށުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޝަރުޢީދާއިރާއަށް ބޭނުންވާ ޢިމާރާތްތަށް ކުރުމާއި، މަރާމާތުތައް ކުރުމާއި، ޓެކޮނޮލޮޖީ ފޯރުކޮށްދިނުމާއި، މީހުން ބިނާކުރުމާއި، ތަފާސްހިސާބު އެއްކޮށް ޝާއިޢުކުރުމާއި، ވަޒީފާ ދިނުމާއި ވަކިކުރުން އަދި އިދާރީއެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމެވެ.

ޖޭއެސްސީން ބުނީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޖޭއެސްސީން ހިދްމަތް ދިނުމުގައި އަމަލު ކުރަމުންދާ ގޮތްތަކަށް ބަދަލު ގެނެވި، އައު އާއްމު ހާލަތުގައި، އާންމުންނަށް ހިދްމަތް ދިނުން އާދިއްތަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 15:00އަށް ކުރިއަށްދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް