Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު

އެޗްއީއޯސީގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ހަމަޖައްސައިފި

ޖުލައި 1 ގައި ސަރުކާރުން ވަނީ އެންއީއޯސީ އުވާލައްވާ އެތަނުގެ ދަށުން ކުރަމުންގެންދިޔަ މަސައްކަތްތައް އެޗްއީއޯސީގެ ދަށަށް ބަދަލުކުރައްވާފަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖުލައި 2020 | އާދީއްތަ 01:59
ޑރ ނަޒްލާ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ

ޑރ ނަޒްލާ އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަނީ

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގް ހަމަޖައްސަވައިފިއެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ނަމުގައި ސެންޓަރެއް އުފައްދައިގެން މަސައްކަތްކޮށްފައެވެ. ނަމަވެސް ޖުލައި މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ވަނީ އެންއީއޯސީ އުވާލާ، އެތަނުގެ ދަށުން ކުރަމުންގެންދިޔަ މަސައްކަތްތައް އެޗްއީއޯސީގެ ދަށަށް ބަދަލޮކޮށްފައެވެ.

ޑރ. ނަޒްލާ އެޗްއީއޯސީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވާކަމަށް ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައެވެ.

ޑރ. ނަޒްލާއަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ސީނިއަރ މެޑިކަލް އޮފިސަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ކޮވިޑް-19އާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވާ ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން ޑރ. ނަޒްލާ ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައްޔިތުންނަށް މައުލޫމާތު ދެއްވާފައެވެ.

ކޮވިޑް-19ގައި ޑރ. ނަޒްލާ ބޮޑަށް ޚާއްސަ ވެފައި ވަނީ އެ ބަލި ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ ކަންކަމުގައެވެ.

ތަރުޖަމާނުކަމަށް އައްޔަނުކުރެއްވުމާއި ގުޅިގެން ޑރ. ނަޒްލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތުތަކާއި ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގެންދަވާނެ ކަމަށެވެ.

އެންއީއޯސީގެ މަސައްކަތްތައް އެޗްއީއޯސީއަށް ބަދަލު ކުރި ނަމަވެސް އެ ސެންޓަރުން ދެމުން އައި ހިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި ދެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އެ ސެންޓަރަށް ގެނައި ހަމަ އެކަނި ބަދަލަކީ އޮޕަރޭޝަން ކުޑަކޮށް، އިދާރީ ގޮތުން ހިންގުމަށް ގެނެސްފައިވާ ބަދަލުކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓެރެޓަޖިސްޓަކަށް އިމްޖާދު ހަމަޖައްސައިފި

12 ޖޫން 2017
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓެރެޓަޖިސްޓަކަށް އިމްޖާދު ހަމަޖައްސައިފި
07 ޖޫން 2017

ރޯގާ އިތުރު ވެދާނެތީ ދޭ ވެކްސިން އާންމުކޮށް ލިބޭނެ ގޮތް ހަމަޖައްސައިފި

07 ޖޫން 2017
ރޯގާ އިތުރު ވެދާނެތީ ދޭ ވެކްސިން އާންމުކޮށް ލިބޭނެ ގޮތް ހަމަޖައްސައިފި
18 މެއި 2017

މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި

18 މެއި 2017
މުޖުތަބާ އިކޮނޮމިކް މިނިސްޓްރީއަށް، އައްޒާމު އެންސްޕާގެ ސީއީއޯއަށް ހަމަޖައްސައިފި
19 އެޕްރީލު 2017

ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި

19 އެޕްރީލު 2017
ރާއްޖެޓީވީގެ ކޮލަމްބޯ ބިއުރޯގެ ވެރިއަކަށް ސަންދުން އަރޯޝާ ހަމަޖައްސައިފި
19 އެޕްރީލު 2017

ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި

19 އެޕްރީލު 2017
ރައީސް ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖައްސައިފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
06 މާރިޗު 2017

އޮބްޒާވަރުންނަށް ވޯޓުލާ މީހުންގެ ރެޖިސްޓްރީ ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ހަމަޖައްސައިފި

06 މާރިޗު 2017
އޮބްޒާވަރުންނަށް ވޯޓުލާ މީހުންގެ ރެޖިސްޓްރީ ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު