Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19އަށް ވެކްސިން އުފެއްދުން

ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް ކުރިޔަށްގެންދާ ޓްރައަލް ދަނީ ރަނގަޅަށް: އިންޑިއަން ކްލިނިކަލް ރިސަރޗް އެޖެންސީ

ވެކްސިން މިއަހަރުގެ އޮގަސްޓް މަހުގެ 15 ދުވަހު ނެރެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖުލައި 2020 | ހޮނިހިރު 22:50
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންނަނީ މަސައްކަތްކުރަމުން

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންނަނީ މަސައްކަތްކުރަމުން

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތް އަވަސް ކޮށްފައިވަނީ މިކަމުގައި ބައިނަލްއަގްވާމީ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ބުނެ އިންޑިޔާއިން ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތްތައް އެގައުމުގެ އިސް ކްލިނިކަލް ރިސަރޗް ސެންޓަރުން ދިފާޢުކޮށްފިއެވެ.

އިންޑިޔާގައި ވެކްސިނެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ވަކިން ޚާއްސަކޮށް ކްލިނިކަލް ޓްރައަލްތައް އަވަސްކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުން ވަނީ ފާޅުކޮށްފައެވެ.

ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވާ ސިޓީއެއް ލީކުވުމާއެކު އިންޑިޔާގެ މެޑިކަލް ރިސަރޗް ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި އިންޑިއަން ކައުންސިލް އޮތް މެޑިކަލް ރިސަރޗް(އައިސީއެމްއާރު)ގެ ޑިރެކްޓަރ ޖެނެރަލް ބަލްރަމް ބަރްގަވާ ވިދާޅުވެފައިވަނީ ވެކްސިން މިއަހަރުގެ އޮގަސްޓް މަހުގެ 15 ދުވަހު ނެރެވޭނެކަމަށާއި ވެކްސިންގެ އިންސާނުންގެ ގަޔަށް ޖަހައިގެން ޓެސްޓްތައް މި ޖުލައި މަހުގެ 7 ވަނަ ދުވަހު ފެށޭނެކަމަށެވެ.

މި ޓައިމްލައިނާ އެއްގޮތަށް ވެކްސިން އުފެއްދުމުގެ ކަންކަން ކުރިޔަށް ގެންގޮސްގެން ވައިރަސްއަށް އެކަށީގެންވާވަރުގެ ވެކްސިނެއް އުފެއްދޭނެކަމަށް އައިސީއެމްއާރުން ވަނީ ބުނެފައެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން ދަނީ އިންޑިޔާގެ ބާރަތް ބައޮޓެކް އާއި އައިސީއެމްއާރު ގުޅިގެންނެވެ.

ވެކްސިންގެ ޓްރައަލްތައް އާންމުކޮށް އަހަރެއް ވަންދެން ކުރިޔަށް ގެންދެއެވެ. އެހެންނަމަވެސް ކޮވިޑް-19އަށް އަވަހަށް ވެކްސިނެއް ހޯދަންޖެހިފައިވާތީ ކާމިޔާބުވާނެކަމުގެ ޔަގީންކަން ލިބިފައިވާ ވެކްސިންތަކުގެ ޓެސްޓް ކުރުމުގެ މަރުހަލާ އަވަސްކުރުމަށް ކަމާބެހޭ ފަތާތްތަކުން ވަނީ ހުއްދަދީފައެވެ.

އައިސީއެމްއާރުން ވެކްސިން އުފެއްދުމަށް އެކުލަވާލާފައިވާ ޓައިމްލައިން އާ ގުޅިގެން ސިއްހީ ގިނަ މާހިރުންގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެއީ މި ޓެސްޓްތަކުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ވެކްސިން އުފެއްދުމުގެ އަޚްލާގާ ޚިލާފުކަމަށް ބުނެއެވެ.

އެކަމާއި ގުޅިގެން އައިސީއެމްއާރުގެ ސްޕޯކްސްމަން ލޯކޭޝް ޝަރްމާ ބުނެފައިވަނީ ހުރިހާ ކަމެއް ވެސް ބިނާވެގެންދާނީ ކްލިނިކަލް ޓްރައަލްއިން ނިކުންނަ ނަތީޖާއަށް ކަމަށެވެ.

އައިސީއެމްއާރުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބޭނުންވަނީ ވީއެންމެ އަވަހަށް ކްލިނިކަލް ޓްރައަލްތައް ނިންމާ ދެން ހުރި ކަންކަން ވީއެންމެ އަވަހަށް ފެއްޓުމަށްކަމަށެވެ. އަދި ވެކްސިން އުފެއްދުމުގެ ކަންކަން ކުރިޔަށް ގެންދަނީ ބައިނަލް އަގްވާމީ ގޮތުން މިކަމުގައި އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށާއި އިންސާނުންނަށް ވެކްސިން ޓެސްޓްކުރުމާއި ޖަނަވާރުންނަށް ވެކްސިން ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށް ގެންދާނީ އެކުއެކީގައި ކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖޫން 2020

ކޮވިޑް-19ގެ އިތުރު ވެކްސިނެއް ޓެސްޓު ކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުން ފަށަނީ

16 ޖޫން 2020
ކޮވިޑް-19ގެ އިތުރު ވެކްސިނެއް ޓެސްޓު ކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުން ފަށަނީ
25 މެއި 2020

ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލައިފި

25 މެއި 2020
ހައިޑްރޮކްސިކްލޮރޯކުއިން އަކީ ކޮވިޑް-19ގެ ފަރުވާއެއްތޯ ބެލުމަށް ކުރިއަށްދާ ޓްރައަލްތައް މަޑުޖައްސާލައިފި
24 މެއި 2020

އޮކްސްފޯޑުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ ޓްރެއަލް ޓެސްޓުގެ %50 ކާމިޔާބުވާނެ ކަމަށް ބެލެވޭ

24 މެއި 2020
އޮކްސްފޯޑުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ ޓްރެއަލް ޓެސްޓުގެ %50 ކާމިޔާބުވާނެ ކަމަށް ބެލެވޭ
17 މެއި 2020

ކެނަޑާގައި ކޮވިޑް-19ށް އުފެއްދި ވެކްސިންއެއްގެ ކްލިނިކަލް ޓްރައަލް ކުރިއަށް ގެންދިއުމަށް ހުއްދަދީފި

17 މެއި 2020
ކެނަޑާގައި ކޮވިޑް-19ށް އުފެއްދި ވެކްސިންއެއްގެ ކްލިނިކަލް ޓްރައަލް ކުރިއަށް ގެންދިއުމަށް ހުއްދަދީފި
16 މެއި 2020

މިއަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބި: ޓްރަމްޕް

16 މެއި 2020
މިއަހަރުގެ ނިޔަލަށް ކާމިޔާބު ވެކްސިނެއް ހޯދޭނެކަމަށް ބެލެވޭ 14 ކެނޑިޑޭޓެއް އެބަތިބި: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު