Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ބްރެޒިލްގެ ހާލަތު

ބްރަޒިލްގައި ޕޮޒިޓިވްވި މީހުންގެ އަދަދު 1.5 މިލިއަނަށް

ހުކުރު ދުވަހު އެކަނި ވެސް ބްރަޒިލުން 42،000ށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖުލައި 2020 | ހޮނިހިރު 04:50
ބްރަޒިލްގެ ބައެއް ސިޓީތަކުގައި ދިން ލުއިތަކާއެކު އާންމުން ބޭރަށް ނުކުމެ އުޅެނީ

ބްރަޒިލްގެ ބައެއް ސިޓީތަކުގައި ދިން ލުއިތަކާއެކު އާންމުން ބޭރަށް ނުކުމެ އުޅެނީ

ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ބްރަޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.5 މިލިއަނަށް ވުރެ އިތުރުވެއްޖެއެވެ.

ބްރެޒިލްގެ ހެލްތް މިނިސްޓްރީން ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ދުވަހު އެކަނި ވެސް އެގައުމުގައި 42،223 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިއާއެކު އެގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1،539،000ށް ވުރެ މައްޗަށް އަރާފައެވެ.

ހެލްތް މިނިސްޓްރީން ބުނީ ހުކުރު ދުވަހު އެކަނި 1290 މީހަކު މަރުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިއާއެކު އެގައުމުގައި މަރުވި މީހުންގެ އަދަދު ވަނީ 63،174ށް އަރާފައެވެ. ބްރަޒިލް އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. މިހާތަނަށް އެގައުމުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 501,472 އެވެ.

ބްރަޒިލްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެގައުމުގެ ރައީސަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މިކަން މިހެން އޮތް އިރު ރިއޯ ޑި ޖެނޭރޯގައި ކެފޭ ރެސްޓޯރެންޓް އަދި ބާތައް ބުރާސްފަތި ދުވަހު ވަނީ ހުޅުވާ ހިދުމަތް ދޭން ފަށާފައެވެ.

ބާތައް ހުޅުވުމާއެކު ބާތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ފުނި ޖެހިގެން ގޮސް މަގުމަތީގައި ބާރުބޮޑުވެ ޓްރެފިކް ބޮޑުވެގެން ދިޔައެވެ. އަދި އެތަނުގައި އެއްވެގެން ތިބި މީހުންގެ ފަރާތުން އެއްވެސް ވަރަކަށް އިޖްތިމާއީ ގައިދުރުކަމަށް އަލާ ނުލުމާއި، މާސްކް ފަދަ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް މިޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ބާތަކާއި ރެސްޓޯރެންޓް އަދި ކެފޭތައް ހުޅުވުމާއެކު ގިނަ އަދަދެއްގެ މީހުން އެތަންތަނަށް އަންނަމުންދާ އިރު އެ ތަންތަނުން ވަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދިނުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް މި ތަންތަނުން ބުނެފައިވަނީ އާންމުންގެ ފަރާތުން އެކަމަށް އެވެސް އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށާއި، އާންމުންގެ އަމަލުތައް ހުރި ގޮތުން ކެފޭތަކުގެ ބޭރުގައި ހިދުމަތް ދިނުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދަރުވަމުންދާ ފޮޓޯތަކުން ފެނިގެން ދަނީ ކެފޭތައް ހުޅުވިގެން ދިއުމާއެކު ޒުވާނުންގެ ފަރާތުން ނުރަނގަޅު މަންޒަރުތަކެކެވެ. އެގޮތުން މާސްކް އަޅައިގެން ތިބެފައި މާސްކު ނަގާ އެއްލާލަމުން ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ވަނީ ޝެއަރ ކޮށްފައެވެ. އަދި ނޯރަމަލް ލައިފް ނުވަތަ އާންމު ހާލަތު އައިސްފައިވާ ކަމަށް ބައެއް ޕޯސްޓްތަކުގެ ކެޕްޝަންގެ ގޮތުގައި ވަނީ ލިޔެފައެވެ.

ރިއޯގައި ބުރާސްފަތި ދުވަހު ކެފޭ ރެސްޓޯރެންޓް އަދި ބާތައް އަލުން ހުޅުވާލުމުގެ ހުއްދަ ދީފައިވަނީ އާންމު ހާލަތުގައި ހިދުމަތް ދެމުން އަންނަ މިންވަރަށް ވުރެ 50 އިންސައްތަ މަދުކޮށް ހިދުމަތް ދިނުމަށެވެ. އަދި އެއްމޭޒާއި އަނެއް މޭޒާއި ދެމެދު 2 މީޓަރުގެ ދުރުމިނެއް ބެހެއްޓުމާއި، ރޭގަނޑު 11 ޖެހުމާއެކު ބަންދުކުރުމަށް ވަނީ އަންގާފައެވެ.

ނަމަވެސް އާންމުންގެ ގިނަ ބަޔަކު ކެފޭ ރެސްޓޯރެންޓް ތަކުން ހިދުމަތް ހޯދުމަށް ކިއު ދަމާލާފައިވާތީ ކެފޭތައް ބަންދުކުރާ ގަޑިއަށް ބަންދު ނުކޮށްގެން މުނިސިޕަލް ގާޑުން ޖެހުނީ ގިނަ އަދަދެއްގެ ތަންތަން ގަދަކަމުން ބަންދުކުރާށެވެ. އަދި ރިއޯގެ ސަރުކާރުން ވަނީ އެންގުންތަކާއި ހިލާފުވާ ކެފޭ ރެސްޓޯރެންޓް އަދި ބާތަކާއި ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި

31 މެއި 2017
ލަންކާ ވިއްސާރަ: މަރުވި މީހުންގެ އަދަދު 194 ކަށް އަރައިފި
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު