Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭޖީ އޮފީހުގެ ތަފާސްހިސާބުތައް

ދައުލަތަށް ރައްދުވާ 66 މައްސަލައަކާއެކު، މިއަހަރު އޭޖީ އޮފީހުން 465 އަޑުއެހުމަކަށް ހާޒިރުވެފައިވޭ

ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އޭޖީ އޮފީހުން 60 މައްސަލައެއްގައި ދައުވާ ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖުލައި 2020 | ހޮނިހިރު 04:43
އެޓަރނީ ޖެނެރަލް އޮފީސް- އޭޖީ އޮފީހުގެ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތައް ވަނީ ހިއްސާކޮށްފައި

އެޓަރނީ ޖެނެރަލް އޮފީސް- އޭޖީ އޮފީހުގެ މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތައް ވަނީ ހިއްސާކޮށްފައި

މިއަހަރު އެޓަރނީ ޖެނެރަލް އޮފީސް (އޭޖީ އޮފީސް) އިން 465 އަޑުއެހުމަކަށް ހާޒިރުވެފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތަފާސްހިސާބުތައް ހިއްސާކޮށް އޭޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ، ފާއިތުވި ހަ މަސް ދުވަހު އެޓަރނީ ޖެނަރަލްގެ އޮފީހުން 465 އަޑުއެހުމަކަށް ހާޒިރުވެ، 126 މައްސަލާގައި ވަކާލާތު ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އޭޖީ އޮފީހުން 60 މައްސަލައެއްގައި ދައުވާ ކޮށްފައިވާއިރު، ދައުލަތަށް ދައުވާ ރައްދުވާ 66 މައްސަލައެއް ހިމެނޭކަންވެސް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން އޭޖީ އޮފީހުން ދައުވާ ކޮށްފައިވާ 60 މައްސަލައާއި، ދައުލަތަށް ދައުވާ ރައްދުވާ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ކުރިއަށް ގެންގޮސްފައިވަނީ ސިވިލް ކޯޓުގައެވެ.

ދައުލަތަށް ދައުވާ ރައްދުވާ މައްސަލަތަކުގެ ތެރެއިން 46 މައްސަލައެއް ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، 11 މައްސަލައެއް ހައިކޯޓުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މެޖިސްޓްރޭޓް ކޯޓު ތަކުގައި ކުރިއަށްދިޔަ 7 މައްސަލައަކާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުރިއަށްދިޔަ 2 މައްސަލައެއްވެސް ހިމެނެއެވެ.

އޭޖީ އޮފީހުން ބުނީ، އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން އަޑުއެހުންތަކަށް ގޮސްފައިވަނީ ޖެނުއަރީ މަހު ކަމަށެވެ. އެގޮތުން ޖެނުއަރީ މަހު 143 މައްސަލައެއްގެ އަޑުއެހުމަށް ހާޒިރުވެފައިވާއިރު، ކޮވިޑް-19 ގެ ނުރައްކަލުގެ ސަބަބުން މިއަހަރުގެ މާރޗު މަހުން ފެށިގެން އަޑުއެހުންތައް ކޮންމެސް ވަރަކަށް މަޑުޖެހިފައިވާކަން އޭޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާއިތުވެދިޔަ މަސްތަކަކީ ހުރިހާ ގޮތަކުންވެސް ދަތި އުނދަގޫވި ދުވަސްވަރެއް ކަމަށެވެ. އެގޮތުން މަސައްކަތްކުރުން އައު ގޮތްތަކަކަށް ބައްޓަން ކުރަން ޖެހުނުކަން ފާހަގަ ކުރައްވައި ރިއްފަތު ވިދާޅުވީ، ޤާނޫނީ ލަފާ ދިނުމާއި މައްސަލަތަކާ ގުޅިގެން މުވައްޒަފުން ކުރި މަސައްކަތަށްވެސް ތަޢުރީފު ޙައްޤު ކަމަށެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
11 މާރިޗު 2017

ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ

11 މާރިޗު 2017
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު