Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޝާކިއްޓޭ ކޯޗިންގ އެމްބެސަޑަރަކަށް

ލެއިޕްޒީގު ޔުނިވާސިޓީގެ ކޯޗިންގ އެމްބެސަޑަރަކަށް ޝާކިއްޓޭ

ޝާކިއްޓޭ ވަނީ ވަނީ 2014 ވަނަ އަހަރު އެ ޔުނިވާސިޓީގެ ސްޕޯޓްސް ފެކަލްޓީން "ޑިޕްލޮމާ އިން ފުޓްބޯލް" ކޯސް ފުރިހަމަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ޖުލައި 2020 | ހުކުރު 10:01
ރާއްޖޭގެ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)

ރާއްޖޭގެ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ)

ޖަރުމަންގެ ލެއިޕްޒީގު ޔުނިވާސިޓީގެ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައިސީސީ) ގެ އެމްބެސަޑަރަކަށް ރާއްޖޭގެ ޒުވާން ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ހަމަޖައްސައިފިއެވެ.

ލެއިޕްޒީގު ޔުނިވާސިޓީގެ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައިސީސީ)ގެ އެމްބެސަޑަރަކަށް ޝާކިއްޓޭ ހަމަޖެއްސިއިރު، އޭނާ ވަނީ 2014 ވަނަ އަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޔުނިވާސިޓީގެ ސްޕޯޓްސް ފެކަލްޓީން "ޑިޕްލޮމާ އިން ފުޓްބޯލް" ކޯސް ފުރިހަމަކޮށްފައެވެ.

މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޖަރުމަން ފުޓްބޯލް އެސޯސިއޭޝަނުން ގަބޫލުކުރާ އޭ ލެވަލްގެ ސެޓްފިކެޓެއް ދެއެވެ. މި ކޯހުގައި ސްޕޯޓްސް ސައިންސާއި އެހެނިހެން ކުޅިވަރު ކޯޗުންނަށް މުހިންމު ގިނަ މައުލޫމާތު އުނގަންނައިދިނުމުގެ އިތުރަށް ކޯޗުން ތަމްރީނު ކޮށްދެއެވެ.

އެމްއޯސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ލެއިޕްޒީގު ޔުނިވާސިޓީގެ ކޯޗިން އެމްބެސަޑަރަކަށް ޝާކިއްޓޭ ހަމަޖެއްސުމަކީ ދިވެހި ކުޅިވަރަށް މީގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އަދި ލެއިޕްޒީގު ޔުނިވާސިޓީ އާއި ދިވެހި ކޯޗުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކްލަބު އީގަލްސްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ޝާކިއްޓޭ ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ގައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، ޝާކިއްޓޭ ވަނީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި ވަގުތު ޝާކިއްޓޭ މަސައްކަތް ކުރަމުން އަންނަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޯޗިންގ ޓީމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުވެންޓަސްގެ ކޯޗު ޕިރްލޯ ކޯޗިންގ ލައިސަންސް ނަގައިފި

ޔުވެންޓަސްގެ ކޯޗު ޕިރްލޯ ކޯޗިންގ ލައިސަންސް ނަގައިފި

17 ސެޕްޓެމްބަރު 2020
ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް މޯހަން ނަގައިފި

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިންގ ލައިސަންސް މޯހަން ނަގައިފި

25 ޖޫން 2020
ޗެލްސީއަށް ބަދަލުވާން ވާނާ އެއްބަސްވި ވާހަކަ ލެއިޕްޒީގުން ދޮގުކޮށްފި

ޗެލްސީއަށް ބަދަލުވާން ވާނާ އެއްބަސްވި ވާހަކަ ލެއިޕްޒީގުން ދޮގުކޮށްފި

07 ޖޫން 2020
ލެއިޕްޒީގުން ޓޮޓެންހަމް ބަލިކޮށްފި

ލެއިޕްޒީގުން ޓޮޓެންހަމް ބަލިކޮށްފި

20 ފެބުރުއަރީ 2020
ކުޅުދުއްފުށީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ހިންގަނީ

ކުޅުދުއްފުށީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ހިންގަނީ

26 ޖެނުއަރީ 2020

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު