ރ. އަލިފުށީގައި އަންހެނެއްގެ އަގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި
2 ޖުލައި 2020 | ބުރާސްފަތި 14:00މިމައްސަލައާ ގުޅިގެން 32 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި


ރ.އަލިފުށި، ލައްފިލުވާ އެޅި މައްސަލަ ހުށަހެޅީ ޖުލައި 01 ވަނަ ދުވަހުގެ ރޭ 21:45 އެހާއިރު
ރ. އަލިފުށީގައި އަންހެނެއްގެ އަގަޔަށް ލައްފިލުވާ އެޅި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ޖުލައި 01 ވަނަ ދުވަހުގެ ރޭ 21:45 އެހާއިރު އަންހެނެއްގެ އަގަޔަށް ލައްފިލުވާ އެޅި ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 32 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ސީންއަށް ގޮސް އަނިޔާ ލިބުނު މީހާ ވަގުތުން އަލިފުށި ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު އިތުރަށް ތަހުގީގު ކުރަމުންނެވެ.







