Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިޔަތު ދަތް އެޅުން

މިޔަރު ދަތް އެޅި މީހާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ދަތް އެޅީ ދޯންޏަށް މިއަރު އެރުވުމަށް އުޅުމުގެ ތެރޭގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 28 މާރިޗު 2017 | އަންގާރަ 16:31
މިޔަތު ދަތް އެޅުން

މިޔަތު ދަތް އެޅުން

އަތުގައި މިޔަރެއް ދަތް އެޅުމުގެ ސަބަބުން އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިޔަރު ދަތް އެޅުމުގެ ސަބަބުން އަނިޔާވީ އިއްލަތު ހަސަން އަށެވެ. މިޔަރު ދަތް އެޅުމުގެ ސަބަބުން އޭނާގެ އަތައް ލިބުނު ބޮޑެތި ޒަޚަމްތައް ފެންނަ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗުން ބުނީ މިޔަރު ދަތް އެޅި މީހާގެ ހާލަތު، ރަނގަޅުވަމުން އަންނަ ކަމަށާއި އޭނާއަށް މިހާރުވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. މިޔަރު ދަތް އެޅުމާ ގުޅިގެން ސަރޖަރީއެއް ހަދާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އިއްލަތު ބުނީ މިކަން ހިނގީ މަސްބާނަން ގޮސް އުޅެނިކޮށް މިޔަރެއް ދޯނީގެ މީހަކަށް ބޭނުމުން ދޯންޏަށް މިޔަރު އެރުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އަތުގައި ދަތް އެޅީކަމަށެވެ. ދަތްއެޅި މިޔަރަކީ، ހަތަރު ފޫޓުގެ ވައިޓްޓިޕް ޝާކެއް ކަމަށް އޭނާ ބުންޏެވެ. އަދި ދަތް އެޅި ގަޑީގައި އޭނާ ހޭ ނެތުނު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ދަތް އަޅާފައިވަނީ ކަނާތު އަތުގެ އުޅަބޮށިން ތިރީގަ އެވެ.

ޒަޚަމްވީ މީހާ މާލެ ގެނައީ ހޯމަ ދުވަހުގެ 12:50 ހާއިރު ސީ ޕްނޭނެއްގައެވެ.

ޒަޚަމްވިލެއް ބޮޑުކަމުން އިއްލަތުގެ އަތުގެ ބައެއް ތަންތަނުގައި މަސް ގަނޑު ނެތް ކަމަށާއި، ކުރިއަށް އޮތް ދުވަހެއް ވަރު ބެލުމަށްފަހު، އިންފެކްޓް ވެފައިވާނަމަ ދެންޖެހޭނީ ފަލަ މަސްގަނޑުން މަސް ނަގާ، އަތުގައި މަސް ނެތް ބައިތަަކަށް މަސް ހަމަކުރަން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގައި ތަފާތު އެކި ބާވަތްތަކުގެ މިޔަރު އުޅުނު ނަމަވެސް މިޔަރުގެ ފަރާތުން ސީރިއަސް އަނިޔާއެއް ވެގެން ރެކޯޑް ކުރެވިފައިވަނީ މަދު ފަހަރަކުކަން ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު