Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާނާއި ޔާމީންގެ އާއިލާއިގެ ނޫސްބަޔާން

މަރު ކޮމިޝަންގެ ތަހުޤީގަށް ބޭރުގެ ފަންނީ މާހިރަކު އައްޔަންކޮށް ދިނުމަށް ރިލްވާނާއި ޔާމީންގެ އާއިލާއިން އެދެފި

2 ޖުލައި 2020 | ބުރާސްފަތި 13:30

ކޮމިޝަން މަސައްކަތްތަކުގައި މިހާތަނަށް ފާހަގަ ކުރެވިފައިވާ ބައެއް ކަންތައްތައް ވަނީ ހިއްސާކޮށްފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 ޖުލައި 2020 | ބުރާސްފަތި 13:30
ރިލްވާން އާއި ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ރިލްވާން އާއި ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

މަރުކޮމިޝަންގެ ތަހުޤީގަށް ރާއްޖެއިން ބޭރުގެ ފަންނީ މާހިރަކު އައްޔަން ކޮށްދިނުމަށް ނޫސްވެރިޔާ ރިލްވާން އަބްދުﷲ އާއި ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ޔާމީން ރަޝީދާއި ރިލްވާންގެ އާއިލާއިން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރާ ކޮމިޝަނުން މައްސަލަތައް ތަހުޤީގުކޮށް ފުރިހަމަކުރުމަށްޓަކައި އިތުރަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމަށް އެދި ،2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ވަގަށް ނަގައި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި 2017 ވަނަ އަހަރުގެ އެޕްރީލް މަހުގައި ގަތުލު ކޮށްފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ އާއިލާއިން ބުރާސްފަތި ދުވަހު ރައީސް ސާލިޙާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވމުގައި ކޮމިޝަން މަސައްކަތްތަކުގައި މިހާތަނަށް ފާހަގަ ކުރެވިފައިވާ ބައެއް ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އަދި ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ކޮމިޝަނުން ތަރައްޤީ ކުރަމުންދާ މައްސަލަތަކުގައި ހިމެނޭ އެންމެހާ އާއިލާތަކަށް އިންސާފު ޤާއިމުކުރެވޭނެކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖެއިން ބޭރުން ތަހުޤީގުގެ ދާއިރާގެ މާހިރަކު އައްޔަންކޮށްދެއްވައި ކޮމިޝަންގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

އާއިލާތަކުގެ މި އެދުމަށް ރައީސުލްޖުމްހޫރިއްޔާ އިޖާބަދެއްވާފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އުއްމީދަކީ އެންމެހާ އާއިލާތަކަށް ލަސްނުވެ އިންސާފު ލިބުން ކަމަށް ރިލްވާން އާއި ޔާމީންގެ އާއިލާއިން ބުނެއެވެ.

ރިލްވާނު މަރުގެ މައްސަލައާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރުކޮމިޝަނުން ތަހުޤީގު ކުރަމުންދާ މައްސަލަތަކެކެވެ.

މި މައްސަލައިގެ ފޮރިންސިކް އެނަލައިސިސް ރިޕޯޓުން ލިބިފައިވާ މައުލޫމާތާއެކު ތަހުގީގަށް އާ ހޯދުންތަކެއް ލިބިފައިވާކަމަށް މަރު ކޮމިޝަނުން ބުނެފިއެވެ.

ފޮރިންސިކް އެނަލައިސިސް ރިޕޯޓު އަދި ފައިނަލް ރިޕޯޓުވެސް ވަރަށް އަވަހަށް ނިންމާނެކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފަރީޝާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ.

ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގެ ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް