Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ދާއިރާ އަލުން ފެށުން

މިހާރުގެ ޓާގެޓަކީ ރާއްޖެއަށް 850،000 ފަތުވެރިން ޒިޔާރަތްކުރުން: އަލީ ވަހީދު

1 ޖުލައި 2020 | ބުދަ 12:45

ކޮވިޑް-19 އާގުޅިގެން ބޯޑަރު ބަންދުކުރިއިރު، ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 392،675 ފަތުރުވެރިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ޖުލައި 2020 | ބުދަ 12:45
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި އެމިނިސްޓްރީ އިސްވެރިން: ޖުލައި 15 ގައި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާނެ

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަދި އެމިނިސްޓްރީ އިސްވެރިން: ޖުލައި 15 ގައި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާނެ

ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި ހުޅުވާލާއިރު، މިހާރު މި އަހަރުގެ ޓާގެޓަކީ ޖުމްލަ 850،000 ފަތުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 ރޯގާގެ ސަބަބުން ރާއްޖޭގެ ބޮޑަރު ބަންދުކުރިއިރު، އެ ވަގުތާ ހަމައަށް މިހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ، 392،675 ފަތުރުވެރިން ކަމަށެވެ. އަދި ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއި، މިއަހަރުގެ ޓާގެޓެއްގެ ގޮތުގައި މިހާރު ކަނޑައަޅުއްވާފައިވަނީ ޖުމްލަ 850،000 ފަރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، 850،000 ފަތުރުވެރިންނަށް ޓާގެޓްކުރި ނަމަވެސް، އަދި ރާއްޖޭގެ ބޯޑަރު ހުޅުވުމަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގައި ދަތިތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން، ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުވާން ޖެހޭ ކަމަށެވެ.

އެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައިވަނަމަ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭނެ ކަމަށާއި، އަދި ބޯޑަރުތައް ހުޅުވާލި ނަމަވެސް، ގައުމަށް ގޮސް އަލުން އަނބުރާ ކަރަންޓީން ވާންޖެހޭނަމަ، ފަތުރުވެރިން އައުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ހަމަ އެގޮތުން، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު، ހަދާ އުސޫލްތަކަކީ ވެސް ފަތުރުވެރިންނަށް އަސަރުކުރާނެ ކަމެއް ކަމަށްވާނަމަ އެއީ ވެސް ގޮންޖެހުމެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ބޯޑަރު ހުޅުވާލާއިރު، ޒިޔާރަތްކުރާ ފަތުރުވެރިން ޓެސްޓުކުރުމާއި، އަދި ކޮވިޑް-19 ފަތުރުވެރިޔަކު ޕޮޒިޓިވް ވިނަމަވެސް އޭނާގެ ޗުއްޓީ ހަރާބުނުވާނެ ގޮތަށް ކަންކަން ރޭވިފައިވާނެ ކަމަށެވެ.

އެގޮތުން ރިސޯޓްތަކުންނާއި ގެސްޓް ހައުސަކުން އަދި ކޮންމެ ހޮޓަލަކަށް އަންނަ ފަތުުރުވެރިންގެ ރައްކާތެރިކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައިޑްލައިނާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ސޭފް ޓޫރިޒަމް ގައިޑް ލައިނާ އެއްގޮތަށް، އަދި އެޗްޕީއޭއިން ފާސްކޮށްފައިވާ، އެސްއޯޕީތައް އޮންނާނެ ކަމަށެވެ.

އެހެން ކަމުން ފަތުވެރިންނާއި ހިދްމަތްދޭ މުވައްޒަފުންގެ ރައްކާތެރިކަން ގާއިމު ވެފައި އޮންނާނެ ކަމަށާއި، އެކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް