Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކްތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން

މިއަދާއި މާދަމާ ބޭންކްތައް އަދި އެމްއެމްއޭ ހުޅުވާނީ ހެނދުނު 9:30ން މެންދުރު 2:00ށް

ކުރިޔަށް އޮތް ދުވަސްތަކުގައި އެޗްޕީއޭ ގެ އުޞޫލުތަކާއި އެއްގޮތަށް މިތަންތަން ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިޢުލާނުކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ޖުލައި 2020 | ބުދަ 03:49
އަމީނީ މަހުގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރ އަދި އޭޓީއެމްތައް؛ މިއަދާއި މާދަމާ ބޭންކް އަދި އެމްއެމްއޭ ހުޅުވާނެ ގަޑިތައް ވަނީ ކަނޑައަޅާފައި

އަމީނީ މަހުގައި ހުންނަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް ސެންޓަރ އަދި އޭޓީއެމްތައް؛ މިއަދާއި މާދަމާ ބޭންކް އަދި އެމްއެމްއޭ ހުޅުވާނެ ގަޑިތައް ވަނީ ކަނޑައަޅާފައި

ލޮކްޑައުންއަށް ލުއިތަކެއް ދިނުމަށް ނިންމާ ބުދަ އަދި ބުރާސްފަތި ދުވަހު ބޭންކްތައް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާނީ ހެނދުނު 9:30ން މެންދުރު 2:00ށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަންގައިފިއެވެ.

ލޮކްޑައުންއަށް ލުއިތައް ދިނުމުގެ ތިންވަނަ މަރުހަލާގެ ދަށުން ޖުލައި މަހުގެ 1 ވަނަ އަދި 2 ވަނަ ދުވަހުގައި އެމްއެމްއޭ އާއި ބޭންކުތަށް ހުޅުވާފައި ހުންނާނީ ހެނދުނު 9:30ން މެނދުރުފަހު 2:00ށް ކަމަށް ނިންމާފައިވީ ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެޗްޕީއޭ ގެ އުޞޫލުތަކާއި އެއްގޮތަށް މިތަންތަން ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު އިޢުލާނު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ސަރުކާރުގެ އޮފީސްތައް ހުޅުވުމާއި ގުޅޭ ގޮތުން އެޗްޕީއޭއިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވާ އުޞޫލެއްގެ ދަށުން ސަރުކާރު އޮފީސްތައް ހުޅުވާލުމާއި، ސަރުކާރު އޮފީސްތަކުގެ ވަޒީފާގެ މާޙައުލު ހުންނަންވާނީ އެޗްޕީއޭގެ ގައިޑްލައިން އޮން ވޯކްޕްލޭސް ސޭފްޓީ އާއި އެއްގޮތަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.

މީގެ އިތުރުން ޕްރައިވެޓް އޮފީސްތަކާއި، ޕްރައިވެޓް ކުންފުނިތައް ހުޅުވުމުގައި ވަޒީފާގެ މާޙައުލު ހުންނަން ވާނީ އެޗްޕީއޭގެ ގައިޑްލައިން އޮން ވޯކްޕްލޭސް ސޭފްޓީ އާއި އެއްގޮތަށް ކަމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2017

އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
އެމްއެމްއޭއިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
05 ޖުލައި 2017

ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ

05 ޖުލައި 2017
ބޮޑެތި އިނާމްތަކާއި އެކު "ވެކޭޝަންސް އެކްސްޕޯ 2017" މާދަމާ ހުޅުވާނެ
27 ޖޫން 2017

މާދަމާ ބޭންކްތައް ހުޅުވޭނެ

27 ޖޫން 2017
މާދަމާ ބޭންކްތައް ހުޅުވޭނެ
01 މެއި 2017

މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ

01 މެއި 2017
މާދަމާއިން ފެށިގެން މެގަ މޯލްޑިސްގެ ދަދުރުތައް ވަގުތީ ގޮތުން ހުޓާލަނީ
22 އެޕްރީލު 2017

އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ

22 އެޕްރީލު 2017
އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު