Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭސްފަރުވާއަށް އިންޑިއާއަށް މީހުންފޮނުވުން

އިންޑިއާއަށް ފުރުވާލި ބަލި މީހުންގެ އެހީތެރިން ކަރަންޓީން އުސޫލާ ހިލާފުވެއްޖެ

އެމީހުން ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހޮސްޕިޓަލްގެ ސެމީ ޕްރައިވެޓް ކޮޓަރިތަކެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖޫން 2020 | އަންގާރަ 18:15
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވާހަކަދައްކަވަނީ

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވާހަކަދައްކަވަނީ

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރުވި 28 މީހުންނާއެކު ދިޔަ ބައެއް އެހީތެރިން ގަވާއިދާ ހިލާފަށް ބޭރަށް ނުކުމެ އުޅޭކަމުގެ ޝަކުވާ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވީ އެ ފްލައިޓުން ދަތުރު ކުރަން އޮތީ 37 ބަލި މީހަކާއި އެބަލި މީހުންގެ އެހީތެރިން ކަމަށެވެ. ނަމަވެސް އެފްލައިޓުން ދަތުރުކޮށްފައިވަނީ 28 ބަލި މީހަކާއި އެމީހުންގެ އެހީތެރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނުވަ މީހަކު އެކިއެކި ސަބަބުތަކާ ހުރެ ފަހު ވަގުތު މި ފްލައިޓްއަށް ނާރުވައި ކެންސަލް ކުރީ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އިންޑިއާއަށް ބޭސްފަރުވާ ގެންދެވުނު ބަލި މީހުންނާއި، އެމީހުން އެހީތެރިން ޓްރާންސްފަރ ކުރީ އަމްރިތާ ހޮސްޕިޓަލަށް ކަމަށާއި، އެމީހުން ތިބުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހޮސްޕިޓަލްގެ ސެމީ ޕްރައިވެޓް ކޮޓަރިތަކެއްގައި ކަމަށެވެ.

ނަމަވެސް ބަލި މީހުންނާއެކު ދިޔަ ބައެއް އެހީތެރިން ހޮސްޕިޓަލްގައި ބަލި ފެތުރުން މަދު ކުރުމަށް ނިންމަވާފައިވާ ގައިޑްލައިންތަކާ ހިލާފަށް ބޭރަށް ނުކުމެ އުޅޭކަމުގެ ޝަކުވާ އަމްރިތާ ހޮސްޕިޓަލުން އާސަންދައަށް ފޮނުވާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރިއަށްދާނަމަ އެބަލި މީހުން ވަކިން ކަރަންޓީން ކުރަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ފްލައިޓް އަނބުރާ ރާއްޖެއަށް އައިސްފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިފްލައިޓްގައި ފަސް ނަރުހުންނާއި ޑޮކްޓަރުން އަބުރާ ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން ހަތް މުވައްޒަފަކު،ޓްރިވެންޑްރަމްގައި ތިބި24 ދިވެހިންނާއި ކޮޗިންގައި ތިބި 61 ދިވެހިން މިފްލައިޓުން ރާއްޖެ އަށް ގެންނެސްދީފައިވާއިރު، އާސަންދައިގެ ހަތް ޕޭޝަންޓަކު ވެސް ރާއްޖެއަށް ގެނެސްދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައެވެ. މީގެ ތެރެއިން ވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އާސަންދައިން މިހާރުވެސްދަނީ ކުރަމުންނެވެ.

ބަލި މީހުން އިންޑިއާއަށް ފޮނުވުމަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށާ ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް އާސަންދައިގެ ފަރާތުން ވަނީ ޝުކުރުއަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު