Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫއެންޑަބްލިއުޓީއޯ ބައްދަލުވުން

ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރު: ޓޫރިޒަމް މިނިސްޓަރު

33 ވަނަ ޔޫއެންޑަބްލިއުޓީއޯގެ ބައްދަލުވުން އޮންނާނީ ލަންކާގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖޫން 2020 | އަންގާރަ 14:16
ޔޫއެންޑަބްލިއުޓީއޯގެ ބައްދަލުވުމުގެ ތެރެއިން

ޔޫއެންޑަބްލިއުޓީއޯގެ ބައްދަލުވުމުގެ ތެރެއިން

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ވާލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) ކޮމިޝަން ފޮރ އީސްޓް އޭޝިއާ އެންޑް ދަ ޕެސިފިކް، އަދި ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 32 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޮރ އީސްޓް އޭޝިއާ އެންޑް ދަ ޕެސިފިކް، އަދި ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 32 ވަނަ ބައްދަލުވުން ބާއްވާނެ ގައުމެއްގެ ގޮތުގައި ސްރީލަންކާ ހޮވާފައިވީ ނަމަވެސް، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން މިބައްދަލުވުން ބާއްވާފައިވަނީ އިންޓަރނެޓްގެ ޒަރީއާއިންނެވެ. އަދި 2021 ވަނަ އަހަރުގެ 33 ވަނަ ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން ފޮރ އީސްޓް އޭޝިއާ އެންޑް ދަޕެސިފިކް، އަދި ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ބައްދަލުވުން ލަންކާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި، އެމީހުންގެ އިތުބާރު ހިފެހެއްޓުމާއި، ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތަކުން އަމަލު ކުރަމުންދާ ސިޔާސަތުތައް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މިސިޔާސަތުތައް އެކުލަވާލުމުގައި ޔޫއެންޑަބްލިއުޓީއޯގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މަޝްރޫއުތަކާއި އެހެނިހެން އެހީތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން ޔޫއެންޑަބްލިއުޓީއޯގެ "ގްލޯބަލް ގައިޑްލައިން ޓު ރީސްޓާޓް ޓޫރިޒަމް" އަށް މެންބަރު ގައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކޮށް ކުރިއަށްދާނެ ގޮތާއިމެދު ވެސް މަޝްވަރާކުރާކުރެވުނެވެ.

މިބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން ގަބޫލުކުރާ ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމާއި ގުޅިގެން އަޑިއަޅާލާފައިވާ ފަތުރުވެރިކަން އަލުން ދިރުވުމުގެ ބިންގަލަކީ ދަތުރުވެރިންގެ އިތުބާރާއި ދަތުރުފަތުރު ކުރުމުގެ ފަސޭހަކަމުގެ ތިލަފަތް ހަމަކުރުން ކަމަށެވެ.

އެންމެން އެކުގައި، އެއް އަޑެއްގައި، އެއް މިންގަނޑުތަކެއް ހިފަހައްޓައިގެން ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ސަރުކާރާއި، ސަރުކާރު ހިއްސާވާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތުން ލިބޭ ކުރިއެރުންތަކާއި ކާމިޔާބީއިން މިއަދުގެ ވިސްނުން ބަދަލުވެފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ވިސްނުމާއިއެކު މުސްތަގުބަލް އުޖާލާ ކުރުމުގެ އައު އުއްމީދަކާއިއެކު ނިއު ނޯރމަލް' އަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު ވާހަކަ ދެއްކެވިއެވެ.

މީގެ އިތުރުން ވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ޖުލައި މަހު ރާއްޖެ ހުޅުވާލާކަން ފާހަގަކުރައްވައި އުންމީދީ މެސެޖްތަކެއް ދެއްވާފައެވެ.

މިނިސްޓަރު އަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ-ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީއާއި މެލޭޝިއާގެ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ސެކްރެޓަރީ-ޖެނެރަލް މުހައްމަދު ޖަމްރީ މަޓްޒައިން އާއި އޭޝިއާ ބައްރުގެ 27 މެންބަރު ގައުމަކުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު