Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ ކުއްލި މައްސަލަ

އެފްއޭއެމަށް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިންތިޚާބުކޮށްފައިވާ އެފްއޭއެމްގެ ހިންގާ ކޮމިޓީން އެފްއޭއެމް ހިންގަމުން ގެންދަނީ ޤާނޫނާ ޚިލާފަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 ޖޫން 2020 | އަންގާރަ 07:06
މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް ކުއްލި މައްސަލަ ހުށަހަޅުއްވަނީ

މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމް ކުއްލި މައްސަލަ ހުށަހަޅުއްވަނީ

ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާ އެމައްސަލައަށް ބަހުސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް މިމައްސަލަ ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މިމައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަން އަދި ފެޑެރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި، ކުޅިވަރާއި ބެހޭ ޤާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ޤާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެފަރާތްތަކުގެ ޤާނޫނީ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރަމުން ނުގެންދާތީ މިހާރަށްވުރެ ބޮޑަށް ދައުލަތުން އެފަރާތްތަކަށް ސަމާލުކަން ދިނުމަށް އެދި ހުށަހަޅާ މައްސަލަ އެއް ކަމަށެވެ.

އަދި ދައުލަތުގެ ފެންވަރުގައި ރާއްޖޭގައި ވާދަވެރިކޮށް ކުޅޭ އެންމެހާ ކުޅިވަރުތައް ބައިނަލްއަގުވާމީ، ގައުމީ އަދި ރަށު ފެންވަރުގައި ކުރިއެރުވުމަށް ހިންގޭ ހަރަކާތްތައް އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ މީހުންނަށް ބައިވެރިވެވޭ ކުޅިވަރު ހަރަކާތްތަކެއްކަން ކަށަވަރު ކޮށްދިނުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެދި ހުށަހަޅާ މައްސަލައެއް ކަމަށެވެ.

މައްސަލަ ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިންތިޚާބު ކޮށްފައިވާ އެފްއޭއެމްގެ ހިންގާ ކޮމިޓީން އެފްއޭއެމް ހިންގަމުން ގެންދަނީ އެއެސޯސިއޭޝަންގެ ހިންގާ ގަވާއިދާއި ކުޅިވަރުގެ ޤާނޫނު އަދި އެޤާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާ ޚިލާފަށް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ށ ގައި ދިވެހިރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅޭ އެންމެހާ ކުޅިވަރެއްގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާ އަދި އެސޯސިއޭޝަން ފަދަ ތަންތަން ރަޖިސްޓްރީ ކުރުމަށާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާއި މެދު ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އޮތް ހިނދު، ހަމަ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 34 ވަނަ މާއްދާގައި ބުނާ އަދަދަށް ކޮންމެ މަހަކު އެއްފަހަރު ހިންގާ ކޮމިޓީ ބައްދަލުވުން ބާއްވާފައިނުވުމާއި އަދި 83 ވަނަ މާއްދާގައި ބުނާ އެސޯސިއޭޝަންތައް އުފައްދާފައި ނެތުމުން ކްލަބު ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 39 ވަނަ މާއްދާގެ ހ ގައި ޖަމިއްޔާ ރަޖިސްޓްރީކުރާ ތާރީޚުން ފެށިގެން ދެ އަހަރު ވާއިރު، ޖަމިއްޔާއަކުން ކުރަން ކަނޑައެޅިފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ނުކުރާނަމަ ނުވަތަ އެއިން އެއްވެސް ކަމެއް ނުކޮށް ވިދިގެން ދެ އަހަރު ވެފައިވާނަމަ އެއެސޯސިއޭޝަންގެ ރަޖިސްޓްރޭޝަން ބާތިލްކުރެވުމުގެ ބާރު ސްޕޯޓްސް ކޮމިޝަނަރަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން އެފްއޭއެމްގެ ހިންގާ ގަވާއިދު އަދި ކުޅިވަރުގެ ޤާނޫނާއި އަދި ފުޓްބޯޅަގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށާއި އަދި މިއެންމެހާ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިޚާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެދި މައްސަލަ ހުށަހަޅުއްވާކަމަށް އާޒިމް ވިދާޅުވިއެވެ.

މިމައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި 31 މެމްބަރުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވިއިރު، މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ. އެއީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!

ނިއުކާސަލް މެޗުގައި ހުތުރު ބަހުން ވާހަކަ ދެއްކުމުން މޮރީނިއޯއަށް ފިޔަވަޅު އަޅަނީ!

16 އޮކްޓޯބަރު 2018
ކުލަބުން މުސާރަ ނުދޭތީ އިންމަ އެފްއޭއެމަށް

ކުލަބުން މުސާރަ ނުދޭތީ އިންމަ އެފްއޭއެމަށް

06 އޮކްޓޯބަރު 2018
އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި

އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި

28 އެޕްރީލު 2018
ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ

ގާޑިއޯލާ އަދި ލިވަޕޫލާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަނީ

12 އެޕްރީލު 2018
ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާއި އެއް ފިޔަވަޅު ގާތަށް ސިޓީ ޖެހިލައިފި

ޕްރިމިއާ ލީގު: ތަށި ކާމިޔާބުކުރުމާއި އެއް ފިޔަވަޅު ގާތަށް ސިޓީ ޖެހިލައިފި

01 އެޕްރީލު 2018

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު