Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ސެޓިއެން ވަކިކުރުން

ބާސާގެ ކޯޗުގެ މަގާމުން ސެޓިއެން ދުރުކުރަނީ

ބާސާގެ ކޯޗުކަމާ ސެޓިއެން ހަވާލުވީ ޖެނުއަރީ މަހުގެ ތެރޭގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ޖޫން 2020 | ހޯމަ 12:11
ބާސެލޯނާގެ ކޯޗު ކިކޭ ސެޓިއެން: މަގާމުން ދުރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުން

ބާސެލޯނާގެ ކޯޗު ކިކޭ ސެޓިއެން: މަގާމުން ދުރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުން

ބާސެލޯނާގެ ކޯޗުގެ މަގާމާ މި ސީޒަނުގެ މެދުތެރެއިން ހަވާލުވި ކިކޭ ސެޓިއެން، މި ސީޒަން ނިމުމުން މަގާމުން ދުރުކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސާގެ ކޯޗުކަމާ ސެޓިއެން ހަވާލުވީ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި ފަހަކަށް އައިސް ބާސާގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ސެޓިއެންގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ސީޒަނުގައި ކުރިއަށް ހުރި މެޗުތަކުގައި ބާސާގެ މެނޭޖްމަންޓުން ބޭނުންވާ ފަދަ ކުޅުމެއް އެޓީމުގެ ފަރާތުން ނުފެނިއްޖެ ނަމަ، ސެޓިއެން މަގާމުން ވަކި ކުރުމަށް ވަނީ ނިންމާފައެވެ.

އެކަމަކު ދާދި ފަހުން ސެޓިއެން ބުނީ މަގާމާ ހަވާލުވި ފަހުން މިހާތަނަށް ކުރެވުނު މަސައްކަތާ އެކު އަދިވެސް މި ޓީމުގައި އޭނާއަށް އުޖާލާ ކުރިމަގެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ބާސާގެ ކޯޗުގެ މަގާމާ ސެޓިއެން ހަވާލުވީ އެޓީމުގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެމަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. ކޯޗުގެ މަގާމާ ސެޓިއެން ހަވާލުވިއިރުވެސް، އެ މަގާމަށް ސެޓިއެން ކުފޫ ހަމަނުވާ ކަމަށް ގިނަ ބަޔަކު އައީ ބުނަމުންނެވެ. އެގޮތުން ސެޓިއެންއަކީ މިހާތަނަށް އެއްވެސް މުބާރާތެއްގެ ތައްޓެއް ހޯދިފައިވާ ކޯޗެއް ނޫން ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

އެކަމަކު ބާސާއިން ސެޓިއެންއާ މަގާމު ހަވާލުކުރީ އޭނާ އަކީ ޒަމާނުއްސުރެ ބާސާ ކުޅެމުން އަންނަ ސްޓައިލް ދަންނަ ކޯޗަކަށް ވުމުންނެވެ.

ބާސާއާ ސެޓިއެން ހަވާލުވިއިރު، އޭގެ ކުރިން ބާސާގެ ކޯޗުކަމާ ހަވާލުވާން އެ ކްލަބުގެ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒްއަށް ވެސް ހުށެހުޅި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ ފަހަރު އެ ހުށަހެޅުމަށް ނޫނެކޭ ބުނި ނަމަވެސް، ދާދި ފަހުން ޒަވީ ވަނީ ބާސާގެ ކޯޗުގެ މަގާމާ ހަވާލުވާން އޭނާ ހުރީ ތައްޔާރަށް ކަމަށް ބުނެފައެވެ.

ސްޕެނިޝް ލީގުގައި މި ސީޒަނުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އެންމެ ފަހުގެ ޗެމްޕިއަނުން އޮތީ ތާވަލުގެ ދެވަނައިގައި 32 މެޗުން 69 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 32 މެޗުން ވަނީ 71 ޕޮއިންޓު ލިބިފައެވެ.

އިތުރަށް ކިޔާލަން

23 ޖުލައި 2017

އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި

23 ޖުލައި 2017
އެފްއޭއެމްގެ އެކްސްކޯގެ ތިން މެމްބަރަކު މަގާމުން ދުރުކޮށްފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
20 ޖޫން 2017

ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި

20 ޖޫން 2017
ބާސާގެ އިނިއެސްޓާއަށް އިންޓަ މިލާނުން ފާރަލާން ފަށައިފި
30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
28 މެއި 2017

ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ

28 މެއި 2017
ސްޕެނިޝް ކަޕުގެ ތައްޓާއި އެކު އެންރީކޭ ބާސާގެ ކޯޗުކަމުން ވަކިވެއްޖެ
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް