Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ޚިދުމަތުގެ ބިލު

ޖިނާޢީ ކުށެއްގެ އަދަބު މާފު ކުރިތާ 10 އަހަރު ވެފައިވާނަމަ ފުލުހުންގެ ވަޒީފާއަށް ކުރިމަތިލެވޭ ގޮތަށް ހުށައަޅައިފި

އޭޖީ އޮފީހުން ވަނީ ހުށައަޅަންޖެހޭ އިސްލާޙުތައް ކޮމިޓީއާ ހިއްސާކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ޖޫން 2020 | އާދީއްތަ 08:16
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ސަބް ކޮމިޓީން އެޓަރނީ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ސަބް ކޮމިޓީން އެޓަރނީ ޖެނެރަލް އޮފީހުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވަނީ

ފުލުހުންގެ ޚިދުމަތުގެ ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު މަޖިލިސް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލް އޮފީހުގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ އުސްތާޛާ އާއިޝަތު ނައީމްއާއި، އުސްތާޛާ އާއިޝަތު މުހައްމަދުއެވެ.

ކޮމިޓީގައި އޭޖީ އޮފީހުގެ ފަރާތުން ވަނީ ފުލުހުންގެ ޚިދުމަތުގެ ބިލާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި ހުށައަޅަންޖެހޭ އިސްލާޙުތައް ކޮމިޓީއާ ހިއްސާކޮށްފައެވެ. އެގޮތުން އޭޖީ އޮފީހުން ހުށައެޅި ބައެއް އިސްލާޙުތަކުގެ ތެރޭގައި، ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގެ އިހުތިޔާރު ޕޮލިސް ކޮމިޝަނަރަށް ދިނުމުގެ ބަދަލުގައި، ކޮމިޝަނަރުގެ ލަފަޔާއެކު މިނިސްޓަރ ޤަވާއިދު އެކުލަވާލާ ގޮތަށް އިސްލާޙު ހުށައަޅާފައިވެއެވެ.

އޭގެ އިތުރުން، ލާމަރުކަޒުކޮށް ޚިދުމަތް ދިނުމާގުޅޭ ދާއިރާތައްވެސް ކޮމިޝަނަރުގެ ލަފަޔާއެކު މިނިސްޓަރ ކަނޑައަޅުއްވާ ގޮތަށް އޭޖީ އޮފީހުން ހުށައެޅި އިސްލާޙުގައި ބަޔާން ކޮށްފައިވެއެވެ.

ރެކްރޫޓު ކުރެވޭ ފުލުހުންގެ އާންމު ޝަރުތުތަކަށްވެސް އިސްލާޙުތަކެއް ގެނައުމަށް ވަނީ ހުށައަޅާފައެވެ. އެގޮތުން ޖިނާއީ ކުށެއް ސާބިތުވެ، ޙުކުމްކޮށް ނިމުނުތާ 10 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެކަމަށް ބަޔާންކުރާ މާއްދާއަށް ޢަދަބު މާފުކުރިތާ 10 އަހަރުވެފައި ވުންވެސް އިތުރު ކުރުމަށް ވަނީ ހުށައަޅާފައެވެ.

އޭގެ އިތުރުން، އައު މާއްދާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތުން ވަކިވެ އަލުން ވަޒީފާއާ ގުޅޭ ފަރާތްތަކާ ގުޅޭ މާއްދާއެއް ވަނީ ހިމަނާފައެވެ. އެގޮތުން ވަޒީފާއިން ވަކިވުމަށްފަހު، އަލުން ވަނުމާމެދު 5 އަހަރު ނުވާނަމަ އަލުން އަސާސީ ތަމްރީނު ފުރިހަމަ ކުރަން ނުޖެހޭ ގޮތަށް ވަނީ ހުށައަޅާފައެވެ. އެހެން ނަމަވެސް އެފަދަ ފުލުހުންވެސް އަލުން ހުވާ ކުރަން ޖެހޭނެއެވެ.

އޭޖީ އޮފީހުން ބުނީ، ފުލުހުންގެ ރޭންކް ތަކުގެ ތެރޭގައި ހިމެނޭ "ކޮންސްޓެބަލްސް" ގެ ރޭންކް އުނިކޮށް، ކޮންސްޓެބަލުން "ނޮން-ކޮމިޝަންޑް" އޮފިސަރުންގެ ރޭންކުގައި ހިމެނުމަށް ހުށައަޅާފައިވާ ކަމަށެވެ. އަދި "ޕޮލިސް ކޯޕްރަލް" ގެ މަޤާމުވެސް އުނިކޮށް، އަލުން ދަރަޖަތައް ތަރުތީބު ކުރުމަށް ވަނީ ހުށައަޅާފައެވެ.

އޭޖީ އޮފީހުން ގިނަ އިސްލާޙުތަކެއް ހުށައަޅާފައިވާއިރު، އެކަންކަމަށް ކޮމިޓީން އިތުރަށް ދިރާސާކޮށް މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް

22 އެޕްރީލު 2017
މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް
20 އެޕްރީލު 2017

މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2017
މާފުށީ ކައުންސިލްގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
15 އެޕްރީލު 2017

މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި

15 އެޕްރީލު 2017
މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި
30 މާރިޗު 2017

ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!

30 މާރިޗު 2017
ނާޒިމް ގެންދިޔައީ މާފުށީ ޖަލަށް، އައްސޭރި ޖަލުގެ މަރާމާތު އަދިވެސް ނުނިމޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު