Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 އެމެރިކާގެ ހާލަތު

އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 2.5 މިލިއަނަށް

އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ ފަސް ސްޓޭޓަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 ޖޫން 2020 | އާދީއްތަ 02:15
ޗިކާގޯގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ބަލި މީހަކަށް ފަރުވާދެނީ

ޗިކާގޯގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 ބަލި މީހަކަށް ފަރުވާދެނީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެއް ގައުމަކުން އެންމެ ގިނަ އަދަދެއްގެ މީހުންނަށް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ އެމެރިކާ އެވެ. ދުނިޔޭގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދުވަނީ 10 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ. އޭގެތެރެއިން ހަމައެކަނި އެމެރިކާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 2.5 މިލިއަނަށް އަރާފައެވެ.

ހޮނިހިރު ދުވަހު އެމެރިކާގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 2,593,641 ( ދެ މިލިއަން ފަސް ލައްކަ ނުވަދިހަ ތިން ހާސް ހަސަތޭކަ ސާޅީސް އެކެއް) ށް އަރާފަ އެވެ. އެމެރިކާއަކީ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިފައިވާ ގައުމުގެ އިތުރުން އެންމެ ގިނަ އަދަދެއްގެ މީހުން މިވައިރަސް ޖެހިގެން މަރުވަމުންދަނީވެސް އެމެރިކާއިންނެވެ. އެގޮތުން ހޮނިހިރު ދުވަހާ ހަމައަށް އައިއިރު 128,132 (އެއްލައްކަ އަށާވީސް ހާސް ސަތޭކަ ތިރީސް ދެ) މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

އެމެރިކާގެ މިވަގުތުގެ ހާލަތަށް ބަލާއިރު އެގައުމުގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ ފަސް ސްޓޭޓަކުންނެވެ. އެއީ ފްލޮރިޑާ ހިމެނޭ ގޮތަށް އެމެރިކާގެ ހުޅަނގު އަދި ދެކުނު ސްޓޭޓްތަކެވެ. އެއާއެކު ސްޓޭޓްތައް އިތުރަށް ހުޅުވާލުމާމެދު އޮފިޝަލުންނަށް ވަނީ ދެވަނަ ވިސްނުމަކަށް ދާންޖެހިފަ އެވެ.

ހޮނިހިރު ދުވަހު އެކަނިވެސް ފްލޮރިޑާއިން 9585 މީހުންނަށް ވަނީ އަލަށް ވައިރަސް ޖެހިފަ އެވެ. އެއީ 24 ގަޑިއިރުތެރޭގައި އެސްޓޭޓުން ގިނަ އަދަދެއްގެ ބަޔަކަށް ރިކޯޑް އަދަދަކަށް ވައިރަސް ޖެހިގެން ރިޕޯޓްކުރި ދެވަނަ ދުވަހެވެ. އެރިޒޯނާއިންވެސް ވަނީ އަލަށް 3591 މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. ނެވަޑާއިން 1099 މީހުންނަށް އަލަށް ވައިރަސް ޖެހިގެން ހޮނިހިރު ދުވަހު ރިޕޯޓްކުރިއިރު އެއީ އޭގެކުރީ ދުވަހާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. ސައުތު ކެރޮލީނާ އިން ހޮނިހިރު ދުވަހު 1604 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ޖޯރޖިއާއިން 1990 މީހުންނަށް ވަނީ އަލަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. މިއީވެސް އެއްދުވަހާ އެ ދެ ސްޓޭޓުން މިހާތަނަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދެވެ.

ސަރޖެއް އައިސްގެން ރިޕޯޓްކުރަމުންދާ ސްޓޭޓްތަކަކީ މީގެކުރިން ހުޅުވާލާފައިވާ ސްޓޭޓްތަކެވެ. އަދި ކުރިން ހުޅުވާލައިފިނަމަ ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިދާނެ ކަމުގެ އިންޒާރު ދީފައިވާ ސްޓޭޓްތަކެވެ.

ހުކުރު ދުވަހު އެމެރިކާގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރުމާއެކު އެގައުމުގެ އިންފެކްޝިއަސް ޑިޒީސްގެ އެކްސްޕާޓް ޑރ އެންތަނީ ފައުޗީ ވިދާޅުވެފައިވަނީ ވައިރަސް ޖެހިފައިވާ މީހުން ހޯދުމާއި އެމީހުން އެކަހެރި ކުރުމުގައި ސަރުކާރުން މިހާރު ގެންގުޅެމުންދާ އުސޫލުތައް އެދެވޭގޮތެއްގައި މަސައްކަތްނުކުރަނީ ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ ނިޝާނެއް ނުފެނި ވައިރަސް ފެތުރެމުންދާތީ ކަމަށެވެ. އެއީ އޭގެ އެއް ސަބަބު ކަމަށް އެންތަނީ ވިދާޅުވި އެވެ.

އެމެރިކާގައި މީގެކުރިން ވައިރަސް އެންމެ ހަލުވިމިނުގައި ފެތުރެމުންދިޔަ ނިއު ޔޯކާއި އެ ސްޓޭޓާ ގުޅިފައިވާ އެހެން ސްޓޭޓްތަކުގައި ވައިރަސް ފެތުރޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފަ އެވެ. އަދި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ދަށަށްދާން ފަށާފައިވާއިރު އެ ސްޓޭޓްތައް ހުޅުވާލުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ޔުނިވަރސިޓީ އޮފް ސައުތު ފްލޮރިޑާގެ ޑިރެކްޓަރ އޮފް ދަ ޑިވިޝަން އޮފް އިންފެކްޝަސް ޑިޒީސް އެންޑް އިންޓަރނޭޝަނަލް މެޑިސިން ކެމީ ކިމް ވިދާޅުވީ ފްލޮރިޑާގެ ސްޓޭޓް ލީޑަރުން މާ އަވަހަށް ކާމިޔާބީ ފާހަގަކޮށް ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނީ ކަމަށެވެ. މެއި މަހުގެ ކުރީކޮޅު ފްލޮރިޑާގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭންފެށިއިރު މާސްކު އެޅުންފަދަ މުހިންމު މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުން ދިޔައީ އޭގެ މުހިންމުކަން އިހުސާސް ނުކުރެވޭގޮތަށް ކަމަށް ކިމް ވިދާޅުވި އެވެ.

ވައިރަސް ފެތުރޭ މިންވަރު ބައެއް ސްޓޭޓްތަކުގައި އިތުރުވަމުން ދިޔުމާއެކު ޓެކްސަސްގެ ގަވަރނަރު ގްރެގް އެބޮޓް ހުކުރު ދުވަހު ވަނީ އެސްޓޭޓްގެ ބަރ ތައް ބަންދުކޮށް ކޮންމެހެން ހުޅުވާފައި ބަހައްޓަންޖެހޭ ރެސްޓޯރެންޓެއް ނޫނީ ނުހުޅުވުމަށް އަންގާފަ އެވެ. އަދި ބަރ ތައް ހުޅުވާލުމަށް ހުއްދަދެވުނީ މާއަވަހަށް ކަމަށް ގަވަރުނަރު ވަނީ ގަބޫލުފުޅު ކުރައްވާފަ އެވެ.

މިހަފްތާގެ ކުރީކޮޅު ނިއުޔޯކް އަދި ނިއު ޖަރޒީން ވަނީ މިވަގުތު ކޮވިޑް-19 އެންމެ ހަލުވިމިނުގައި ފެތުރެމުންދާ ސްޓޭޓްތަކުން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން

އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން

25 ނޮވެމްބަރު 2018
ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

11 އޮކްޓޯބަރު 2018
ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

10 ސެޕްޓެމްބަރު 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު