Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި

800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ރިވިއުކުރަން އޭސީސީން ނިންމައިފި

28 ޖޫން 2020 | އާދީއްތަ 02:05

ތެލުގެ ވަގު ވިޔަފާރި ތަހުގީގުކުރުން ހުއްޓުވަން، ގްރާންޑް ތޯންޓަންއަށް 10 މިލިއަން ޑޮލަރު ދެއްކި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 ޖޫން 2020 | އާދީއްތަ 02:05
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވިފައިވޭ، އަދި ބައެއް މައްސަލަތަތައް ދަނީ ތަހުގީގު ކުރަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވިފައިވޭ، އަދި ބައެއް މައްސަލަތަތައް ދަނީ ތަހުގީގު ކުރަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅިވަޑައިގެން 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ހިންގާފައިވާކަމަށް ތުހްމަތުކުރެވޭ މައްސަލަ ރިއުވި ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ނިންމައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ފަދައިން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް ޙަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން އޭސީސީއާ ވަނީ ޙަވާލު ކޮށްފަ ކަމަށެވެ. އެ ލިޔުންތައް މިހާރުވެސް އޭސީސީގައި އެބަހުރިކަމަށް އެކޮމިޝަނުން ބުނެއެވެ.

Advertisement - newsAdvertisement

މިމައްސަލައަކީ 11 މޭ 2011 ވަނަ ދުވަހު އޭސީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ތަޙުޤީޤުކުރަން ފެށި މައްސަލައެއް ކަމަށްވެސް އޭސީސީން ބުނެއެވެ. އަދި، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވޭވަރަށް މަޢުލޫމާތު ނެތްކަމަށް 2018 މޭ 8 ގައި ކަނޑައަޅައި، އޭސީސީން އޭރު އެމައްސަލަ ފައިލްކުރަން ނިންމި ކަމަށްވެސް އޭސީސީ ބުނެއެވެ.

ނަމަވެސް އެމައްސަލަ ކޮމިޝަނުގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާ ކަމަށްވެސް ހޮނިހިރު ދުވަހު އޭސީސީން ވަނީ ބުނެފަ އެވެ. މިމައްސަލަ އޭސީސީން ރިވިއު ކުރަން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށާއި މީޑިއާގައި ތެލުގެ ވަގު ވިޔަފާރީގެ ވާހަކަތައް ދެކެވުމުންދާތީ ކަމަށް އޭސީސީން ބުނެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަމުންދިޔައީ ބޭރުގެ ކުންފުންޏެއް ކަމަށްވާ ގްރާންޑް ތޯންޓަން އެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން ވަނީ، ދައުލަތުގެ ފައިސާއިން 10 މިލިއަން ޑޮލަރު ދެއްކުމަށްފަހު އެމައްސަލަ ބެލުން ހުއްޓުވާފަ އެވެ. މިމައްސަލަވެސް އޭސީސީން މީގެކުރިން ތަހުގީގު ކުރި އެވެ. އޭސީސީން އެމައްސަލަވެސް ފަހުން ވަނީ ފައިލްކޮށްފަ އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި، ޓްރޭޑް މިނިސްޓަރު ކަމުގެ މަގާމާއި، އެސްޓީއޯގެ ޗެއާމަނަކަށް ޔާމީން ހުންނެވި ދުވަސްވަރު ހިންގާފައިވާ ކަމަށް ތުހްމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އޭސީސީގައި ހުއްޓިފައި އޮތީ، ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި، ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނެވި ދުވަސްވަރު އެ ކުންފުނީގެ މުވައްޒަފުންތަކެއް ހިއްސާދާރުންނަށް ހަދައި މޯކަމްގެ ނަމުގައި ސިންގަޕޫރުގައި އުފެއްދި ކުންފުނިން ތެޔޮ ވިއްކީ، އޭރު ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އަސްކަރީ ވެރިކަމެއް ހިންގަމުން ދިޔަ ބަރުމާއަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ނެޝަނަލް އިންކްއަރީ ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް 800 މިލިއަން ޑޮލަރުގެ ތެލުގެ މައްސަލަ ބަލަމުންދިޔަ އެވެ. އެ މައްސަލައިގައި އޭރު މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވި ޔާމީން ވިދާޅުވެފައި ވަނީ ތެލުގެ ވަގު ވިޔަފާރިކުރިކަން އެ މަނިކުފާނުގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ.

މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ތެލުގެ ވަގު ވިޔަފާރި ބެލުން ހުއްޓުވުމަށްޓަކައި ދައުލަތުގެ ފައިސާއިން 10 މިލިއަން ޑޮލަރު ދެއްކި މައްސަލައާއި ގްރާންޑް ތޯންޓަންގެ އެ ރިޕޯޓް އޮތް ތަނަކުން ހޯދައި އެރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ރައްދުކުރުމަށް، މަޖިލީހަށް މައްސަަލައެއްވެސް ހުށަހަޅާފަ އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މިމައްސަލާގައި ބުނެފައިވަނީ، "އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް"އިން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިންގ ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން ބައްލަވައިގަނެ، ފޮރުވާފައިވާތީ، އަދުގެ ސަރުކާރުން އެ ރިޕޯޓް އޮތްތަނަކުން ހޯއްދަވައި، ރައްޔިތުންގެ މަޖިލީހަށް ރައްދުކުރުމަށް އެދި ހުށަހަޅާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސައުތު ކޮރެއާއަށް ތެލުގެ ވަގު ވިޔަފާރި ކުރިކަމުގެ ތުހުމަތުތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާއިރު، މަނީ ލޯންޑަރިންގ މައްސަލަތަކެއްވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައި ވެއެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި

24 ޖެނުއަރީ 2017
ވިސާމާއި ލީވާން 28،800 ރުފިޔާ އިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފި
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް