Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާގެ މައްސަލަ

އައްޑޫގައި ޢުމުރުން ދުވަސްވީ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް 4 ދައުވާއެއް!

26 ޖޫން 2020 | ހުކުރު 04:05

އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ވަނީ އުފުލާފަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2020 | ހުކުރު 04:05
އައްޑޫސިޓީ - ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގުވެސް ވަނީ ނިމިފައި

އައްޑޫސިޓީ - ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތަހުގީގުވެސް ވަނީ ނިމިފައި

އައްޑޫ ސިޓީގައި ޢުމުރުން ދުވަސްވީ މީހަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް 4 ދައުވާއެއް އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އައްޑޫ ސިޓީގައި ޢުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ތުހުމަތު ކުރެވެނީ ސ. މީދޫ، ޕްރިމްރޯސް، މުޙައްމަދު ސިމްހާންގެ މައްޗަށް ކަމަށެވެ. އެގޮތުން ޤާނޫނުލްޢުޤޫބާތުގެ 230 ވަނަ މާއްދާގެ ދަށުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ޖިންސީ ކުށުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ ކުށުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދަޢުވާވެސް ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާކަން ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މިމައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް 2020 މެއި 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިމައްސަލައިގެ ތަހުގީގަށް 30 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މެއި 29 ވަނަ ދުވަހު އެވެ. އަދި އޭނާ 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ތަހުގީގުގައި ފާހަގަކުރެވިފައިވެއެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2017

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
21 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި

21 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަން ކެމިކަލް ޖަހައިފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް