Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކަޅު ނަސްލުގެ މީހުންނަށް ފުރައްސާރަ ކުރުން

"ފެއަރ އެންޑް ލަވްލީ" ކްރީމްގެ ނަން ރީބްރޭންޑްކޮށް، "ފެއަރ" ކަނޑާލަނީ

އިޝްތިހާރު ކުރުމަށް "ވައިޓްނިންގ"، ފަދަ ބަސްތައްވެސް ބޭނުން ނުކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖޫން 2020 | ބުރާސްފަތި 22:29
\"ފެއަރ އެންޑް ލަވްލީ\" ކްރީމް- މިއީ މޫނުގައި އުނގުޅާ ކްރީމެއް، މި ޕްރޮޑަކްޓް އިޝްތިހާރުކުރާ ގޮތްވެސް ބަދަލު ކުރުމަށް ވަނީ ނިންމާފައި

\"ފެއަރ އެންޑް ލަވްލީ\" ކްރީމް- މިއީ މޫނުގައި އުނގުޅާ ކްރީމެއް، މި ޕްރޮޑަކްޓް އިޝްތިހާރުކުރާ ގޮތްވެސް ބަދަލު ކުރުމަށް ވަނީ ނިންމާފައި

އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ޔުނިލެވަރގެ ބިއުޓީ ޕްރޮޑަކްޓެއް ކަމަށްވާ "ފެއަރ އެންޑް ލަވްލީ" ކްރީމްގެ ނަން ރީބްރޭންޑްކޮށް، ނަމުގެ ކުރީގައިވާ "ފެއަރ" ކަނޑާލުމަށް ނިންމައިފިއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޔުނިލެވަރގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ހިންދުސްތާން ޔުނިލެވަރ" އިން މިހެން ނިންމީ ނަސްލީ ތަފާތު ކުރުންތަކުގެ ތެރެއިން، ޚާއްސަކޮށް ކަޅު ނަސްލުގެ މީހުންނަށް ނިސްބަތްކޮށް ދެމުންދާ އަނިޔާއާއި ފުރައްސާރައަށް ދެކޮޅުވުމުގެ މަޤްސަދުގައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމަށް "ވައިޓްނިންގ"، ފަދަ ބަސްތައްވެސް ބޭނުން ނުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ޔުނިލެވަރ އިން މިހެން ނިންމާފައިވަނީ އެ ކުންފުނީގެ ރީތިވާ ޕްރޮޑަކްޓްތައް ބޭނުން ނުކުރުމަށް ގޮވާލައި ފާއިތުވި ދުވަސްތަކުގައި ޕެޓިޝަނެއްވެސް ހުށައަޅާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މި ޕެޓިޝަންގައި 18000ށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ބީބީސީގައި ރިޕޯޓްކޮށްފައިވެއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔުނިލެވަރގެ ބިއުޓީ އެންޑް ޕަރސަނަލް ކެއަރ ގެ އިސްކޮށް ހުންނަވާ ސަނީ ޖެއިން ވިދާޅުވީ، ޕްރޮޑަކްޓް އިޝްތިހާރު ކުރާއިރު، އެފަދަ ކްރީމް ބޭނުން ކުރުމަކީ ދޮން ވާނެ ކަމެއް ކަމަށް ބުނެ އިޝްތިހާރު ކުރުމަކީ ރީތިކަމުގެ ވަކި ގިންތިތަކެއް ކަނޑައެޅިގެންދާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ރީއްޗަކީ ވަކި ކުލައެއްގެ މައްޗަށް ބަރޯސާވާ ކަމެއްގެ ގޮތުގައި ދައްކަން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑުގެ މަރަށްފަހު، ކަޅު ނަސްލުގެ މީހުންނަށް ކުރާ ފުރައްސާރައާ ދެކޮޅަށް އެކި ފެންވަރުގައި ޤައުމުތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ފްލޮއިޑުގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެކި ކަންކޮޅުތަކުގައި މުޒާހަރާތައްވެސް ކުރަމުންދެއެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
10 އެޕްރީލު 2017

ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

10 އެޕްރީލު 2017
ރިޔާދް ޓްރެވެލް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު