Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އެޓަލާންޓާއިން ލާޒިއޯ ބަލިކޮށްފި

ލާޒިއޯ އަތުން އެޓަލާންޓާ މޮޅުވީ 3-2 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖޫން 2020 | ބުރާސްފަތި 08:00
އެޓަލާންޓާ އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެޓަލާންޓާ މޮޅުވީ 3-2 ން

އެޓަލާންޓާ އާއި ލާޒިއޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެޓަލާންޓާ މޮޅުވީ 3-2 ން

އެޓަލާންޓާއިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ ލާޒިއޯ ބަލިކޮށްފިއެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ލާޒިއޯގެ މައްޗަށް އެޓަލާންޓާ ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ނުވަ މަސް ދުވަހަށް ފަހު، ފުރަތަމަ ފަހަރަށް ލީގުގައި ލާޒިއޯ ބަލިވި މެޗެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ލާޒިއޯއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ލާޒިއޯއިން ލީޑު ނެގީ އެޓަލާންޓާގެ މާޓިން ޑި ރޫން އަތުން ބައި ކޮޅަށް ވަން ލަނޑާއެކުއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ސާޖެއީ މިލިންކޮވިޗް-ސަވިޗް ވަނީ ލާޒިއޯއަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި އެޓަލާންޓާއިން ފަރަގު ކުޑަކުރީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބިން ގޮސެންސްއެވެ. އަދި މެޗުގެ 66 ވަނަ މިނެޓުގައި ރުސްލަން މަލިނޮވްސްކީ ވަނީ އެޓަލާންޓާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން އެޓަލާންޓާ މޮޅުވީ 80 ވަނަ މިނެޓުގައި ހޯސޭ ލުއިސް ޕަލޮމިނޯ ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުން ބަލިވުމުން ލާޒިއޯއަށް ވަނީ އެއްވަނައިގައި އޮތް ޔުވެންޓަސްގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފައެވެ. މި ހަފުތާގައި ކުޅުނު މެޗުން ޔުވެންޓަސް ވަނީ ބޮލޯނިއާ އަތުން 2-0 އިން މޮޅުވެ، އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ޔުވެންޓަސްއަށް 27 މެޗުން 66 ޕޮއިންޓު ލިބިފައިވާއިރި، ލާޒިއޯ ދެވަނައިގައި އޮތީ 27 މެޗުން 62 ޕޮއިންޓާއެކުއެވެ. އެ ދެ ޓީމާ ދެން ވާދަކުރާ އިންޓަ މިލާން ބުދަ ދުވަހުގެރޭ ސައުސޮލޯއާ 3-3 އިން އެއްވަރުވިއިރު، އެ ޓީމު އޮތީ 27 މެޗުން 58 ޕޮއިންޓާއެކު ތިންވަނައިގައެވެ. ލާޒިއޯ އަތުން ބުދަ ދުވަހުގެރޭ މޮޅުވި އެޓަލާންޓާ އޮތީ 27 މެޗުން 54 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި

06 ޖޫން 2017
އެޗްޑީސީ އިން ރިވާސް ބާބާ ބަލިކުރިއިރު ޝުގަރ ކޯންއިން އަކުންބަކުން ބަލިކޮށްފި
18 މެއި 2017

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު