Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮންލައިން ރާޒުވާ މުބާރާތް

ކޮވިޑުގެ ހާލަތާއެކު އޮންލައިން ރާޒުވާ މުބާރާތެއް ފަށައިފި

އޮންލައިން ޗެސް ޗެމްޕިއަންޝިޕް 2020 ގައި 18 ކުޅުންތެރިން ބައިވެރިވޭ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 24 ޖޫން 2020 | ބުދަ 12:54
ޗެސް އެސޯސިއޭޝަނުގެ މުބާރާތެއް ކުޅިވަރާ ބެހޭ ވަޒީރު ބައްލަވާލައްވަނީ: ކޮވިޑާއި ގުޅިގެން އޮންލައިން މުބާރާތްތަކެއް ޗެސް އެސޯސިއޭޝަނުން ވަނީ ފަށާފައި

ޗެސް އެސޯސިއޭޝަނުގެ މުބާރާތެއް ކުޅިވަރާ ބެހޭ ވަޒީރު ބައްލަވާލައްވަނީ: ކޮވިޑާއި ގުޅިގެން އޮންލައިން މުބާރާތްތަކެއް ޗެސް އެސޯސިއޭޝަނުން ވަނީ ފަށާފައި

ޓެކްނޮލޮޖީގެ އެހީއާއެކު މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އޮންލައިން ރާޒުވާ މުބާރާތެއް ފަށައިފިއެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ އަސަރު ރާއްޖެއަށް ވެސް ކޮށްފައިވާއިރު، ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތައް ވަނީ ހުއްޓިފައެވެ. އެހެންކަމުން ޗެސް އެސޯސިއޭޝަނުން ހުޅުވާލި އޮންލައިން ރާޒުވާ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި މުބާރާތުގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ބައިވެރިވާއިރު، މުބާރާތް ބަހާލާފައި ވަނީ ތިން އުމުރު ފުރައަކަށެވެ.

އޮންލައިން ޗެސް ޗެމްޕިއަންޝިޕް 2020 ގައި 18 ކުޅުންތެރިން ބައިވެރިވާއިރު، ކުޅުންތެރިން ވާދަކުރާ އުމުރު ފުރާތަކަކީ 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރެވެ. މި މަހުގެ 19 ވަނަ ދުވަހު ފެށި މި މުބާރާތުގައި ބައިވެރިވި ކުޅުންތެރިން ކުޅުމަށް ހަމަޖެހިފައިވަނީ އެ ކުޅުންތެރިއެއްގެ ގޭގައި ތިބެގެން "ޗެސް.ކޮމް" ގެ އެހީއާއެކުއެވެ.

މޯލްޑިވްސް ޗެސް އެސޯސިއޭޝަން ކުރިއަށްގެންދާ މި މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ އޮންލައިން މުބާރަތެވެ. ފުރަބަންދުވެ ސްކޫލަށް ނުދެވި ކުދިން ތިބި ހާލަތެއްގައި މިފަދަ މުބާރަތަކީ ގޭގައި ތިބެގެން ކުޅުންތެރިންނަށް އެކުދިންގެ ހުނަރު ކުރިއަރުވައި، މުޅިން އައު ތަޖުރިބާއެއް ލިބިގެންދާނެފަދަ މުބާރާތަކަށް ވެގެންދާނެ ކަމަށް ޗެސް އެސޯސިއޭޝަނުން ބުނެއެވެ.

މި މުބަރާތުގެ އެންމެ ފަހު ރައުންޑް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވާ ހުކުރު ދުވަހުއެވެ. މި މުބާރާތުގެ ހަނދާނީ ލިޔުން ދިނުމަށް ހަމަޖެހިފައިވަނީ މެއިލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް ވެސް މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކެއް ލުއިތަކެއް ދޭން ފަށާފައިވާއިރު، ކުޅިވަރުގެ ހަރަކާތްތައް ފެށުމަށް މިހާރު ވަނީ ފުރުސަތުތަކެއް ދީފައެވެ. އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ގައުމީ ޓީމުތަކުގެ ފަރިތަކުންތައް ފެށުމަށް ފުރުސަތު ދިނުމާއެކު، ބައެއް އެސޯސިއޭޝަންތަކުގެ ގައުމީ ޓީމުތައް މިހާރު ވަނީ ފަރިތަކުންތަކަށް ނުކުމެފައެވެ. އަދި ބައެއް އެސޯސިއޭޝަންތަކުން މިހާރު ދަނީ މުބާރާތްތައް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެ ދާއިރާއަކަށް ވެގެންދާނީ ކުޅިވަރުގެ ދާއިރާ ކަމަށާއި އެ ގޮންޖެހުމުން އަރައިގަތުމަށް ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮޅުދޫ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން އޮފީސްތަކުގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފި

ހޮޅުދޫ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން އޮފީސްތަކުގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފި

21 އޯގަސްޓު 2017
ލ.ގަމުގައި އަލްހާ އީދަށް އަމާޒުކޮށްގެން ބައިބަލާ މުބާރާތެއް ބާއްވަނީ!

ލ.ގަމުގައި އަލްހާ އީދަށް އަމާޒުކޮށްގެން ބައިބަލާ މުބާރާތެއް ބާއްވަނީ!

07 އޯގަސްޓު 2017
ރާއްޖޭގައި ބަބްލް ބޭޝް ފުޓުބޯޅަ މުބާރާތެއް ފަށައިފި

ރާއްޖޭގައި ބަބްލް ބޭޝް ފުޓުބޯޅަ މުބާރާތެއް ފަށައިފި

01 ޖުލައި 2017
ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

20 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު