Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާންލީ ސަޕޯޓަރުން އުދުއްސި ބެނާގެ މައްސަލަ

ބާންލީ ސަޕޯޓަރުންގެ މައްސަލަ ބަލަނީ

ސަޕޯޓަރުންގެ ބަޔަކު ދަނޑުގެ މަތިން އެއާކްރާފެއްޓެއްގައި ހަރުކޮށްގެން ދުއްވި ބެނާގައި ޖަހާފައިވަނީ "ވައިޓް ލައިވްސް މެޓާ ބާންލީ" މިހެން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ޖޫން 2020 | ބުދަ 13:00
ބާންލީ ސަޕޯޓަރުން އުދުއްސި ބެނާ: ބެނާގައި ޖަހާފައިވަނީ \"ވައިޓް ލައިވްސް މެޓާ ބާންލީ\" މިހެން

ބާންލީ ސަޕޯޓަރުން އުދުއްސި ބެނާ: ބެނާގައި ޖަހާފައިވަނީ \"ވައިޓް ލައިވްސް މެޓާ ބާންލީ\" މިހެން

ބާންލީ ސަޕޯޓަރުން ދަނޑުގެ މަތިން އެއަރކްރާފެއްޓެއްގައި ބެނާއެއް ހަރުކޮށްގެން ދުއްވި މައްސަލަ ބަލައި، އެ ސަޕޯޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބާންލީގެ ޝީފް އެގްޒެކުޓިވް ނެއިލް ހާޓް ވިދާޅުވެއްޖެއެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ހޯމަ ދުވަހުގެ ރޭ ސިޓި އާއި ބާންލީ ބައްދަލުކުރި މެޗް ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ބާންލީގެ ސަޕޯޓަރުން ދަނޑު މަތިން ބެނާއެއްގެ އުދުއްސި މައްސަލަ ވަނީ ހޫނުވެފައެވެ. ސަޕޯޓަރުންގެ ބަޔަކު ދަނޑުގެ މަތިން އެއަރކްރާފެއްޓެއްގައި ހަރުކޮށްގެން ދުއްވި ބެނާގައި ޖަހާފައިވަނީ "ވައިޓް ލައިވްސް މެޓާ ބާންލީ" މިހެނެވެ.

ބާންލީ ސަޕޯޓަރުން ވައިޓް ލައިވްސް މެޓާ ބާންލީ ޖަހައިގެން އެއަރކްރާފެއްޓެއް ދުއްވިއިރު، ސިޓީ އާއި ބާންލީ ކުޅުންތެރިން ވަނީ މެޗު ފެށުމުގެ ކުރިން "ބްލެކް ލައިވްސް މެޓާ" ކެމްޕެއިންގައި ބައިވެރިވުމުގެ ގޮތުން ކަކޫ މައްޗަށް ތިރިވެ އިސް ދަށަށް ޖަހާފައެވެ.

މި މައްސަލައިގައި ބާންލީގެ ޝީފް އެގްޒެކުޓިވް ނެއިލް ހާޓް ވިދާޅުވީ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި ބާންލީގެ ކުޅުންތެރިންނާއި ބޯޑު މެމްބަރުންގެ އިތުރުން ކޯޗިންގ ސްޓާފުން އެއްވެ މިތިބީ ނަސްލީ ތަފާތުކުރުން ނައްތައިލުމަށް ކަމަށާއި، ނަސްލީ ތަފާތު ކުރުމަކީ ދުނިޔެއިން ފުހެލަންވެއްޖެ ކަމެއް ކަމަށެވެ.

ހާޓް އިތުރަށް ވިދާޅުވީ މި މައްސަލަ ބެލުމަށްފަހު އެކަން ކުރި ސަޕޯޓަރުން ބާންލީގެ މެޗުތައް ބަލަން ނުވައްދަން ނިންމައިފައިވާ ކަމަށާއި މި ސަސްޕެންޝަނަކީ އުމުރު ދުވަހަށް ދިގު ދެމިގެންދާނެ ސަސްޕެންޝަނެއް ކަމަށެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ގެ މެޗަށްފަހު ބާންލީގެ ކެޕްޓަން ބެން މީ ބުނީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެފަދަ ކަމެއް ސަޕޯޓަރުންގެ ފަރާތުން ފެނުނީތީ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ލަދުގަތް ކަމަށެވެ.

މި ކަމުގައި ބައިވެރިވި ސަޕޯޓަރުން ހޯދައި ހަރުކަށި އަދަބު ދޭނެ ކަމަށް ބާންލީން ބުނިއިރު، މި މައްސަލަ ބާންލީގެ ފުލުހުން ވެސް އަންނަނީ ތަހުޤީޤު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
26 އެޕްރީލު 2017

ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި

26 އެޕްރީލު 2017
ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި
04 އެޕްރީލު 2017

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު