Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލްގެ އެއްބަސްވުން ލުއިޒް އާކުރުން

އާސެނަލްގެ އެއްބަސްވުން އިތުރު އެއް އަހަރަށް ލުއިޒް އާކޮށްފި

24 ޖޫން 2020 | ބުދަ 12:56

ލުއިޒް އާސެނަލަށް ބަދަލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޖޫން 2020 | ބުދަ 12:56
އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް: އިތުރު އެއް އަހަރަށް އޭނާ އާސެނަލްގައި މަޑުކުރާނެ

އާސެނަލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް: އިތުރު އެއް އަހަރަށް އޭނާ އާސެނަލްގައި މަޑުކުރާނެ

އާސެނަލާއެކު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފިއެވެ.

ޗެލްސީ ދޫކޮށް ލުއިޒް އާސެނަލަށް ބަދަލުވީ 8 މިލިއަން ޕައުންޑުގެ އަގަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭރު މީޑިއާތަކުން ވަނީ ލުއިޒް އާސެނަލަށް ބަދަލުވީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުކޮށްފައެވެ. އެކަމަކު ސްކައި ސްޕޯޓްސްއިން ވަނީ ލުއިޒް އާސެނަލާއެކު ހެދީ އެއް އަހަރުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓުކޮށްފައެވެ.

އޮގަސްޓް މަހު ލުއިޒްގެ އެއްބަސްވުމުގެ މުއްދަތު ހަމަވަން އޮތް ނަމަވެސް، ދާދި ފަހުން ލުއިޒް ވަނީ އާސެނަލްގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ.

އާސެނަލްގެ އެއްބަސްވުން ލުއިޒް އާކުރި ނަމަވެސް، މީގެ ކުރިން މީޑިއާތަކުން ވަނީ އާސެނަލުން ލުއިޒް ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އާސެނަލްގެ އެއްބަސްވުން އިތުރު އެއް އަހަރަށް ލުއިޒް އާކުރިއިރު، އޭނާ މިހާތަނަށް ވަނީ އާސެނަލަށް 33 މެޗު ކުޅެދީފައެވެ. އެކަމަކު އޭނާގެ ފަރާތުން މި ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

މީގެ ކުރިން ޗެލްސީއަށް ވެސް ދެ ފަހަރެއްގެ މަތިން ކުޅެފައިވާ ލުއިޒް ވަނީ އޭނާގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ލުއިޒްގެ ކާމިޔާބީތަކަށް ބަލާލާއިރު އޭނާ ވަނީ 2016-2017 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިތުރުން 2011-2012 ވަނަ އަހަރުގެ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގު ޗެލްސީ އާއެކު ކާމިޔާބުކޮށްފައެވެ. އަދި ޕީއެސްޖީ އާއެކު ފްރެންޗު ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމާއެކު 2013 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކޮށްފައިވާ ލުއިޒް ވަނީ އެ ޓީމަށް މިހާތަނަށް 57 މެޗު ކުޅެދީފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް