Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުތައް ހުޅުވުން

ސްކޫލުތައް ހުޅުވުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި

24 ޖޫން 2020 | ބުދަ 03:31

ސްކޫލްތައް ހުޅުވުމަ ބޭނުންވާ ބަޖެޓް ހަމަޔަށް ވަނީ ލިބިފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 ޖޫން 2020 | ބުދަ 03:31
އިމާދުއްދީން ސްކޫލް

އިމާދުއްދީން ސްކޫލް

ސްކޫލުތައް ހުޅުވުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި ސްކޫލުތައް ހުޅުވުމަށް ނިންމާފައިވާއިރު، މިކަމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް އެޑިއުކޭޝަނުން ބުނެފައިވަނީ، ސްކޫލުތައް ހުޅުވުމަށް ބޭނުންވާ ބަޖެޓް ހަމަޔަށް ލިބިފައިވާ ކަމަށެވެ. އެގޮތުން، ސްކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި(ސެނިޓައިޒަރ، ޑިސްއިންފެކްޓް ކުރުމަށް ބޭނުންވާ ތަކެތި، އަތްދޮވުމަށް ސައިބޯނި) ހޯދައި ސްކޫލުތަކަށް ފޮނުވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ގިނަ ސްކޫލުތަކަށް މިހާރު ތަކެތި ފޮނުވާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ މީގެތެރެއިން އަތް ދޮންނަ ސައިބޯނި ހޯދާފައިވަނީ ޔުނިސެފް ގެ އެހީތެރިކަމާއެކު ކަމަށާއި އެހެން ހުރިހައި ތަކެތި ގަނެފައި ވަނީ މިނިސްޓްރީގެ ބަޖެޓުން ކަމަށެވެ. ސްކޫލުތަކުގައި ގާއިމްކުރަން ޖެހޭ ހޭންޑްވޮޝިން ސްޓޭޝަންތައް މިހާރު ދަނީ ހަދަމުންދާއިރު ސްކޫލު ހުޅުވޭއިރު ހުރިހައި ސްކޫލެއްގައި ގާއިމުކޮށް ނިންމޭނެކަމަށް ވެސް އެޑިއުކޭޝަނުން ބުނެއެވެ.

އިތުރު މައުލޫމާތު ދެމުން އެޑިއުކޭޝަނުން ބުނެފައިވަނީ، ހުރިހާ ސްކޫލަކަށް ހުން ބަލަން މީޓަރ ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ސްކޫލު ހުޅުވޭއިރު ހުރިހައި ސްކޫލެއްގައި ކުރަންޖެހޭ މަރާމާތުތައްކޮށް ނިންމޭނެ ކަމަށާއި މި މަސައްކަތްތަކުގައި ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން ހިލޭ އެހީ ލިބޭ ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މިފަދަ ބަލިމަޑުކަމަކަށްފަހު ގިނަ ދުވަސްތަކެއް ސްކޫލާއި ދުރުގައި ތިބުމަށްފަހު ދަރިވަރުން އެނބުރި ސްކޫލަށް އަންނައިރު ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ 11000 މުދައްރިސުންނަށް ބޭސިކް ސައިކޮސޯޝަލް ސަޕޯރޓާއި ސައިކޮލޮޖިކަލް ފަސްޓްއެއިޑްގެ ޓްރެއިނިންގް އެޑިއުކޭޝަނުން ވަނީ ފަށާފައެވެ. މީގެ އިތުރުން ސްކޫލުތަކުގެ ސަޕޯރޓް ސްޓާފުންނަށް ސެނިޓައިޒް އާއި ޑިސްއިންފެކްޓް ކުރާނެ ގޮތުގެ ތަމްރީނުތަކެއް ވެސް ދަނީ ހިންގަމުންނެވެ.

ސްކޫލު ހުޅުވުމުގެ މަސައްކަތް ކުރަމުންދަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ތައްޔާރު ކޮށްފައިވާ، ތިން ބަޔަކަށް ބަހާލެވިފައިވާ 3 އަހަރު ދުވަހުގެ އެޑިއުކޭޝަން ރެސްޕޮންސް ޕްލޭނަކާ އެކުގައެވެ. މި ޕްލޭންގައި ސްކޫލުތައް ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ސްކޫލުތައް ހުޅުވޭ މަރުހަލާގައި ކުރަން ޖެހޭ ކަންތަކާއި ސްކޫލުތައް ހުޅުވުމަށް ފަހު ކުރަންޖެހޭ ކަންތައް ހިމެނެއެވެ. އަދި ސްކޫލުތައް ހުޅުވަން ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފް އާއި ޑަބްލިޔު.އެޗް.އޯ ގެ ދީލަތި އެހީތެރިކަމާއެކުގައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް