Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިއުޓީ މައާފްކުރުން

ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ މައާފްކޮށްދީފި

23 ޖޫން 2020 | އަންގާރަ 18:22

އެންމެ ގިނައިން ޑިއުޓީ މައާފް ކޮށްދެވުނީ ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ އާލާތްތަކުން

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖޫން 2020 | އަންގާރަ 18:22
ފަލަސުރުހީ ޕްރޮގްރާމްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވާހަކަދައްކަވަނީ

ކޮވިޑް-19އާ ގުޅިގެން ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން މިހާތަނަށް 20 މިލިއަން ރުފިޔާ މައާފްކޮށްދީފައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެފަހަރެއްގެ މަތިން ޑިއުޓީ މައާފް ކޮށްދެއްދެއްވި ކަމަށެވެ. އެގޮތުން ޚާއްސަ ގޮތެއްގައި ޑިއުޓީ މައާފްކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ޑިސްއިންފެކްޓް ކުރަން ބޭނުންކުރާ އާލާތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ ޕްރޮޓެކްޓިވް އެކިއުޕްމެންޓްގެ އިތުރުން ޑިއުޓީ މައާފްކުރި ތަކެތީގެ ތެރޭގައި އަތްދޮންނަ ސާމާނު ފަދަ އާލާތްތައް ހިމެނޭ ކަމަށެވެ. އެގޮތުން މިހާތަނަށް މިހާތަނަށް 20 މިލިއަން ރުފިޔާގެ ޑިއުޓީ މައާފް ކޮށްދީފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ލޮކްޑައުންއާ ގުޅިގެންވެސް އިތުރު އާލާތްތަކުން ޑިއުޓީ ފްރީ ކުރުމަށް މިިނިސްޓްރީ އޮފް އިކޮނޮމިން ޑެވެލޮޕްމެންޓްއާއެކު މަޝްވަރާތައް ކުރެވިގެން ދިޔަ ކަމަށެވެ.

ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއިން އެންމެ ފުރަތަމަ ނެރުނު ގައިޑްލައިންއަށް އަލިއަޅުއްވާލައްވާ ޝަރީފް ވިދާޅުވީ ކޮވިޑް-19 އާ ގުޅުން ހުރި މުދާތައް ކްލިއަރ ކުރުމުގައި އަމަލުކުރީ އެއުސޫލާ އެއްގޮތަށް ކަމަށެވެ.

މުދާތައް އެއްގައުމުން އަނެއް ގައުމުގެ ބޯޑަރަށް މޫވް ކުރުމުގައި ވީހާ ވެސް ރިސްކް މެނޭޖްކޮށްގެން އެގައުމުން އަނެއް ގައުމަށް ފޯރުކޮށްދޭނެ ނިޒާމެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. ޚާއްސަކޮށް އެދުވަސްވަރު ވަރަށް ގިނަ މީހުންގެ ބޭސްތައް ވެސް ވަކިވަކިން އައި ކަމަށާއި، މަސައްކަތްތައް ކުރިއަށް ގެންދިޔައީ ފަސޭހަ ނިޒާމެއްގެ ތެރެއިން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ސިއްހީ ދާއިރާގެ ބޭނުމަށް އިމްޕޯޓުކުރެވޭ ގޮގުލްސް، ޕްރޮޓެކްޓިވް ފައުންސް އަދި ކަވަރއޯލް، ހަޒްމަޓް ސޫޓްސް، ސަރޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިންގ ފީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މައާފުކޮށްދެއްވާފައެވެ. އަދި ރައްކާތެރި ކަމުގެ ގޮތުން ބޭނުން ކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް، އަދި ސައިބޯންޏާއި ސެނިޓައިޒަރ ފަދަ ގިނަ ބާވަތްތަކެއްގެ މުދަލުގެ ޑިއުޓީ ވަނީ މައާފުކޮށްދެއްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ

09 މާރިޗު 2017
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ޕާޓިން ބޭރުކުރާނަން: އެމްޑީއޭ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް