Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ

ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދޭން ގޮވައިލާ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ޖާބިރު ވިދާޅުވަނީ ސަރުކާރުގެ ސިޔާސަތުތައް "ދޯހަޅި" ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 23 ޖޫން 2020 | އަންގާރަ 08:08
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖޭގެ ސިނާއަތްތަކުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައްހާސް ބަޔެއްގެ ވަޒީފާ ގެއްލިފައިވާތީ، ވަޒީފާ ގެއްލުނު މީހުންނަށް މިހާރުން ފެށިގެން އެލަވަންސެއް ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. ޖާބިރުގެ މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ ތެރެއިން 27 މެމްބަރުންގެ އަޣްލަބިއްޔަތުން އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަތުމުން ނިންމުމުން، އެ ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

Advertisement - newsAdvertisement

ޖާބިރުގެ ކުއްލި މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެތައްހާސް ބައެއްގެ ވަޒީފާ ގެއްލުފައިވާތީ، އަދި އާމްދަނީއަށް ކުރަމުންދިޔަ މަސައްކަތް ހުއްޓިފައިވާތީ، ދިވެހި އެތައް ހާސް އާއިލާއެއް ބިކަހާލުގައި ޖެހިފައިވާ ކަަމަށެވެ. އެހެންކަމުން ވަޒީފާ ގެއްލުނު މީހުންނަށް މިހާރުން ފެށިގެން އެލަވަންސް ދިނުމަށް ޖާބިރު ވަނީ ގޮވާލައްވާފަ އެވެ.

މި ކުއްލި މައްސަލާގައި ޖާބިރު ވިދާޅުވެފައި ވަނީ، ކޮވިޑް-19 ރޯގާއާ ގުޅިގެން، ރާއްޖޭގެ އިގްތިޞާދު ނިކަމެތި ހާލަތަކަށް ވެއްޓި، އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިގެންދިޔައީ ސަރުކާރުގެ "ދޯހަޅި" ސިޔާސަތުގެ ސަބަބުން ކަމަށެވެ.

ޖާބިރުގެ ކުއްލި މައްސަލާގައި ދެކަމެއް ކުރުމަށް ސަރުކާރަށް ގޮވާލައްވާފައި ވެއެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ޖާބިރު ފާހަގަކުރައްވާފައިވަނީ، ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ލިބެން ފެށުމާ ހަމައަށް އެމީހުންނަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމުގެ އިންތިޒާމު މިހިނދުން މިހިނދަށް ހަމަޖެއްސުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އެކަަމަށްޓަކައި ބިއުރޯއެއް އުފައްދަވާ ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފައްޓަވައި އެކަންކަން ހައްލުކޮށްދިނުމަށެވެ.

ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސެއް ދިނުމަށް ގޮވާލައި ޖާބިރު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވިއިރު، ސަރުކާރުން ދަނީ ވަޒީފާ ގެއްލުނު މީހުންނަށް 5،000ރ ގެ އެލަވަންސެއް ދެމުން ނެވެ. އަދި ކޮވިޑް-19 ރޯގާއާ ގުޅިގެން ވާޒީފާ ގެއްލުނު ފަރާތްތަކާއި، ލިބެމުންދިޔަ އާމްދަނީ ގެއްލުނު ފަރާތްތަކަށް ވެސް ސަރުކާރުން ދަނީ އެހީތެރިކަން ވެދެމުންނެވެ. އެގޮތުން ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ލޯނު ދިނުމާއި ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއިތަކެއް ދީފައި ވެއެވެ.

ކޮވިޑް-19ގެ ރާއްޖޭގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުން ދަނީ އަންނަ ޖުލައި މަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލައި، ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުމުގެ މަސައްކަތް ކުރަމުން ނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު