Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނދާން ނެތުމުގެ މައްސަލަ

ހަނދާން ނެތޭތަ؟

ހަނދާން ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖޫން 2020 | އާދީއްތަ 20:02
ކޮންމެ ދުވަހަކު ރެގިއުލާ ކަސްރަތު ނުކުރާ މީހުން ހަނދާން ބަލި ކަމަށް ދިރާސާތަކުން ދައްކާ

ކޮންމެ ދުވަހަކު ރެގިއުލާ ކަސްރަތު ނުކުރާ މީހުން ހަނދާން ބަލި ކަމަށް ދިރާސާތަކުން ދައްކާ

އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ދިރިއުޅުމުގައި ހަނދާން ނެތުމުގެ މައްސަލަ ދިމާވެއެވެ. ވަރަށް ކުދި ކުދި ކަންކަމުގައި ވެސް މެއެވެ. ތަޅުދަނޑި، ވޮލެޓް، އައިނު އަދި މިހާރުގެ ހާލަތަށް ބަލާނަމަ ހަނދާން ނެތިގެން މާކްސް ނާޅާ މަގުމައްޗަށް ނުކުމެވޭ ފަހަރު ވަކި މަދެއް ނުވާނެއެވެ. ނަމަވެސް މާގިނައިން ހަނދާން ނެތޭ ކަމަށް ވާނަމަ އެއީ މައްސަލައެކެވެ. އެހިސާބުން ތިމާ ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލުތައް އެބަ ގެންނަން ޖެހޭކަމަށް ކަމާ ބެހޭ ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހަނދާން ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމެއްގެ ގޮތުގައި ސިފަކޮށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވީ ދިރިއުޅުމުގެ އާދައަށް ގެންނަ ކުޑަކުޑަ ބަދަލަކުން ބޮޑު ތަފާތު ފެންނާނެ ކަމަށެވެ.

ހަނދާން ނެތުމަށް މެދުވެރިވާ މައިގަނޑު އެއްސަބަބަކީ ކަސްރަތު ނުކުރުމެއެވެ. އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅޭ ކަމަށްވާނަމަ ހަނދާންނެތުގެ ބައި އެހެން މީހުންނާ ހިލާފަށް ބޮޑުވާނެއެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮންމެ ދުވަހަކު ކަސްރަތު ކުރުމުން ހަނދާން ނެތުމުގެ ބަލިން ސިކުނޑި ރައްކާތެރި ކޮށްދެއެވެ. ހަނދާން ނެތުން ނުވަތަ އަލްޒައިމާސް ޑިސީސް ބެހޭ ގޮތުން ހަދާފައިވާ ރީސާޗްގައި ބުނެފައިވާ ގޮތުގައި ބަލި ޖެހުމުގެ ޖެނެޓިކް ރިސްކް ހުންނަ މީހުން ގަވާއިދުން ކަސްރަތު ކުރުމުން ސިކުޑިއަށް ލިބޭ ފައިދާ ބޮޑެވެ. އަދި ޖެނެޓިކް ރިސްކް ނުހުންނަ މީހުންނަށްވުރެ ހުންނަ މީހުން ކަސްރަތު ކުރުމުން ލިބޭ ފައިދާ މާބޮޑު ކަމަށް މިރިސާޗުން ދައްކައެވެ.

ހައި ރިސްކް ޖީން ހުންނަ މީހުންނާއި، ހައިރިސްކް ޖީން ނެތް މީހުން ބައިވެރިކޮށްގެން މިރީސާޗް ހަދާފައިވާއިރު، އެމީހުންގެ ސިކުޑީގެ އެމްއާރްއައި ހެދިއެވެ. އަދި އެމްއާރްއައި ހަދަމުންދިޔައިރު ޑޮކްޓަރުން ދިޔައީ އެމީހުންގެ ސިކުޑިތަކަށް އަންނަ ބަދަލުތައް ފާހަގަކުރަމުންނެވެ.

މިޓެސްޓުތައް ހަދަމުންދިޔަ އިރު ޑޮކްޓަރުންގެ ޓީމުންވަނީ ސިކުޑީގެ 15 ދިމާލެއް ބަލާފަ އެވެ. އަދި ހަނދާންތަކާ ގުޅޭ ބައިގެ މަސައްކަތްތަކަށް އަންނަ ބަދަލުތައް ދިރާސާކުރިއެވެ.

އެގޮތުން ރަނގަޅަށް ކަސްރަތުކޮށް އުޅޭ މީހުން ހަނދާނާ ގުޅޭ ބައިތައް ރަނގަޅަށް މަސައްކަތް ކުރިއިރު އެއްވެސް ގޮތަކަށް ހެލިފެލިވެ ނޫޅޭ މީހުންގެ ހަނދާން މަސައްކަތް ކުރި މިންވަރު ދަށެވެ. ސިއްހީ ގިނަ ދިރާސާތަކުން ދައްކާ ގޮތުން މީހާގެ ހަނދާނާ ކަސްރަތާ ވަރަށް ބޮޑު ގުޅުމެއްވެއެވެ.

ކަސްރަތާ މިހާގެ ވިސްނުމާ ގުޅިފައިވާ ފަދައިން މީހާ ދުޅަހެޔޮ ހަށިހެޔޮކޮށް ހުރުމަށް ވެސް ކަސްރަތު ވަރަށް މުހިންމެވެ. ކަސްރަތާއެކު ގައިގައި ހަކަތަ އަބަދު ވެސް ރަނގަޅު މިންވަރަށް ހުންނައިރު، ބަލިތަކުން ވެސް ރައްކާތެރިކޮށްދެއެވެ. ރަނގަޅު މޫޑެއްގައި ހުރުމަށް ވެސް ކަސްރަތު މުހިންމު ރޯލެއް އަދާކުރެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ!

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

ފަނޑިޔާރުންގެ އަހުލާގު ބަޔާން ކުރި ހުކުމް ހަނދާންކޮށްލަމާ!

14 މެއި 2019
ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

ހުސެއިން ޝިހާބްގެ ހިތް އަދު ރޮނީއޭ ނުދާށޭ: ހަނދާންނުން ފިލުވާލަން އުނދަގޫ ލަވަޔަކަށް

11 މެއި 2019
ފެބްރުއަރީ ހަތެއްގެ ހަނދާންތައް!

ފެބްރުއަރީ ހަތެއްގެ ހަނދާންތައް!

07 ފެބުރުއަރީ 2019
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު