Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނގޮޓި ކޭތަ ހިފުން

''އާދިއްތަ ދުވަހު އަނގޮޓި ކޭތަ ހިފާނެ، ރާއްޖެއަށް ފެންނާނީ ފަޅިކޭތައެއް ގޮތަށް''

19 ޖޫން 2020 | ހުކުރު 17:59

ރާއްޖެއަށް ކޭތަ ހިފަން ފަށާނީ، ހެނދުނު 9:31 ހާއިރު

އަލީ ސަމާޚް
އަލީ ސަމާޚް | 19 ޖޫން 2020 | ހުކުރު 17:59
2010 ވަނަ އަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ފެނުނު އަނގޮޓީ ކޭތައިގެ މަންޒަރު ރައީސް މައުމޫންއާ އަނބިކަނބަލުން ނަސްރީނާ ބައްލަވަނީ

2010 ވަނަ އަހަރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ފެނުނު އަނގޮޓީ ކޭތައިގެ މަންޒަރު ރައީސް މައުމޫންއާ އަނބިކަނބަލުން ނަސްރީނާ ބައްލަވަނީ

އަންނަ އާދީއްތަ ދުވަހު ހިފާ އެނިޔުލަރ އެކްލިޕްސް (އަނގޮޓިކޭތަ) ރާއްޖެއަށް ފެންނާނީ، ފަޅި ކޭތައެއްގެ ގޮތުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ފަލަކީ އިލްމުވެރިންނާ ހަވާލާދީ ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއަށް މި ކޭތަ ހިފަން ފަށާނީ، ހެނދުނު 9:31 ގައި ކަމަށެވެ. އެންމެ ބޮޑަށް ހިފާފައި ހުންނާނީ، 10:51 ގައި ކަމަށާއި ކޭތަ މުޅިން ވީއްލާނީ، މެންދުރު 12:14 ގައި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިރުކޭތަ ތިން ގޮތަކަށް ހުރެއެވެ. އެއް ގޮތަކީ، ޓޯޓްލް އެކްލިޕްސްއެވެ. ފުރިހަމަ ކޭތައެވެ. އެ ކޭތަ ހިފާފައި ހުންނައިރު އިރުގެ އެއްވެސް ތަންކޮޅެއް ފެންނާކަށެއް ނުހުންނާނެއެވެ. ފެންނާނީ، ވަށައިގެން ގަދަ އައްޔެއް ހުރި ކަޅު ބޯޅައެއްގެ ސިފައިގައެވެ. ދެވަނަ ގޮތަކީ، އިރުގެ ފަޅި ކޭތައެވެ. ޕާޝަލް އެކްލިޕްސް އެވެ. މި ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްބައި ފެންނަން ހުންނާނެއެވެ. އަނެއް ބައި ހުންނާނީ ފޮރުވިފައެވެ.

ތިންވަނަ ގޮތަކީ، އެނިޔުލަރ އެކްލިޕްސް އެވެ. ނުވަތަ [އަނގޮޓި] ކޭތައެވެ. މި ކޭތަ ފެންނައިރު ހީވާނީ ބޮޑު ކަޅު ބޯޅައެއްގެ ވަށައިގެން ވަރަށް ހަނި އަލި ބޮޅެއް ހުންނަ ހެންނެވެ. އަނގޮޓިއެއްގެ ސިފައިގައެވެ. މީގެ ކުރިން މިފަދަ އަނގޮޓި ކޭތައެއް ރާއްޖެއަށް 2010 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ދުވަހު ފެނުނު ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.

އަންނަ އާދީއްތަ ދުވަހު ހިފާ އިރުކޭތަ، އަނގޮޓިއެއްގެ ގޮތުގައި އެފްރިކާއާއި އޭޝިޔާގެ ވަރަށް ގިނަ ސަރަޙައްދުތަކަށް ފެންނާނެއެވެ. އޭގެތެރޭގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކޮންގޯ، އިތިއޯޕިޔާ، ޕާކިސްތާނުގެ ދެކުނު ސަރަޙައްދު، އިންޑިޔާގެ އެންމެ އުތުރު ސަރަޙައްދާއި ޗައިނާ ހިމެނެއެވެ.

ފަޅި ކޭތައެއްގެ ގޮތުގައި މި ކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެ އާއި، އުތުރު އަދި އިރުމަތީ އެފްރިކާގެ ގައުމުތަކާއި، ޔޫރަޕްގެ އިރު ދެކުނު ސަރަޙައްދާއި، އޭޝިޔާގެ ގިނަ ޤައުމުތަކާއި، އޮސްޓްރޭލިޔާގެ އުތުރު ސަރަޙައްދު ހިމެނެއެވެ.

އިރާއި ހަނދުގެ ކޭތަތަކަށް ބަލާއިރު، އަހަރަކު ޖުމްލަ ދެ ކޭތައާއި ޖުމްލަ ހަތް ކޭތައާއި ދެމެދުގެ އަދަދަކަށް ކޭތަ ހިފާނެއެވެ. ޖުމްލަ ދެ ކޭތަ ހިފާ އަހަރެއް ނަމަ، އެވާނީ އިރުގެ ދެ ކޭތަ ކަމަށެވެ. ޖުމްލަ ހަތް ކޭތަ ހިފާ އަހަރެއް ނަމަ، ހިފާނީ އިރުގެ ފަސް ކޭތަ އާއި ހަނދުގެ ދެ ކޭތައެވެ. ނުވަތަ އިރުގެ ހަތަރު ކޭތަ އާއި ހަނދުގެ ތިން ކޭތައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް