Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ

އެމްއެމްޕީއާރްސީގެ ކުދި "ކްލަސްޓަރ ތަކުގެ" ތެރޭގައި އަދީބާ ގުޅުންހުރި ފުލުހުންތަކެއް ހިމެނޭ

ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގިނަ ފަރާތްތަކެއްގެ މައްސަލަތަކެއްވެސް ބަލަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖޫން 2020 | ހުކުރު 04:13
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމަށް މައުލޫމާތު ދެއްވަނީ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމަށް މައުލޫމާތު ދެއްވަނީ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ "ކުދި ކްލަސްޓަރ" ތަކުގެ ތެރޭގައި ކުރީގެ ނައިބްރައީސް އަހުމަދު އަދީބާ ގުޅުންހުރި ފުލުހުންތަކެއް ހިމެނޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ، އެމްއެމްޕީއާރްސީ ޙިޔާނާތުގައި ރާވާ އިސްކޮށް އުޅުއްވި ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ ހައެއްކަ ފަރާތެއް ކަމަށެވެ. އަދި އެއީ މި ޙިޔާނާތުގައި ހިމެނޭ "ބޮޑެތި ކްލަސްޓަރ" ތަކުގެ ގޮތުގައި ޝަމީމް ވަނީ ސިފަ ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ކުރިއަށްދާކަން ޝަމީމް ފާހަގަކުރެއްވިއެވެ.

އެއާ ގުޅިގެން ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގިނަ ފަރާތްތަކެއްގެ މައްސަލަތަކެއްވެސް ބަލަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވި ގިނަ ފަރާތްތަކެއްވެސް ހިމެނޭ ކަމަށާއި، ސިިފައިންގެ އޮފިސަރުންތަކެއްގެ އިތުރުން، ފަނޑިޔާރުންތަކެއްގެ މައްސަލަތަކެއްވެސް ތަހުޤީޤު ކުރެވެމުންދާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ، މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އޭރުގެ މެމްބަރުންގެ އިހުމާލެއް ނުވަތަ ފަރުވާކުޑަ ކުރުމެއް ފާޅުގައި ފެންނަން އޮތް ކަމަށެވެ. އަދި އެކަމުގެ ތަހުޤީޤުތައްވެސް ކުރިއަށްދާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އޭސީސީގެ އޭރުގެ މެމްބަރުންނާއި، ކުރީގެ ނައިބްރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮތް ފުލުހުންގެ އިތުރުން، 3 ފަނޑިޔާރެއްގެ މައްސަލަ މިހާރުވެސް ބަލަމުންދާ ކަމަށެވެ.

އެ މައްސަލަތައް ވަރަށް އަވަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، އޭރުގެ ސިޔާސީ ވެރިންގެ މައްސަލަތަކެއްވެސް ބަލަމުންދާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އޭރު ދައުލަތުގެ މުހިއްމު މަޤާމުތަކުގައި ތިއްބަވައި، އެއްވެސް ފިޔަވަޅެއް ނާޅުއްވައި ތިއްބެވި ފަރާތްތަކާއި، ކުރީގެ މަޖިލިސް މެމްބަރުންނާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތައްވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި ކިތަންމެ ގިނަ ދުވަސްތަކެއް ވެގެން ދިޔަ ނަމަވެސް، ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް "ކޮޅެއްގައި ޖެހެންދެން" މައްސަލަތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ޕީޖީ ޝަމީމް ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އެކި ފެންވަރުގެ 260 އެއްހާ މީހުން ހިމެނޭއިރު، ތަހުޤީޤު ނިމި، އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބެމުންދާ ވަރަކަށް މައްސަލަތަކުގައި ދައުވާ ކުރައްވަމުން ގެންދަވާނެކަން ޕީޖީ ވަނީ މީގެ ކުރިންވެސް ފާހަގަ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު