ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަނީ
18 ޖޫން 2020 | ބުރާސްފަތި 17:24މައްސަލަ ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި

އަމްނާ އިމާދު | 18 ޖޫން 2020 | ބުރާސްފަތި 17:24

ފ. ފިލިތެޔޮ އައިލެންޑް ރިސޯޓު
ފ. ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ކަރަންޓީންގައި ހުރި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.
ފުލުހުން ބުނީ ފިލިތެޔޮ އައިލެންޑް ރިސޯޓުގައި ހުރި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ހުށަހެޅި މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވެއެވެ.





