Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލުން މައުލޫމާތު ހޯދަން ނޭދެވޭ އަސަރުތަކެއް ކުރާނެ: ޓްރަންސްޕޭރެންސީ

18 ޖޫން 2020 | ބުރާސްފަތި 14:25

ހާލަތުގައިވެސް، މައުލޫމާތު އެއްކޮށް އެ މައުލޫމާތު އާއްމުންނަށް ފޯރުކޮށް ދެވެންވާނެ: ޓްރާންސްޕޭރެންސީ

އަލީ ސަމާޚް
އަލީ ސަމާޚް | 18 ޖޫން 2020 | ބުރާސްފަތި 14:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅައި މިހާރު ބަހުސްކުރެވެމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބިލުގެ ސަބަބުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ނޭދެވޭ އަސަރުތަކެއް ކުރާތީވެ ޓްރަންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020 އަކީ ޖުމްލަ ގޮތެއްގައި ރަނގަޅަށް ފަރުމާކޮށްފައިވާ ބިލެއްކަން އެ ޖަމިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ބިލުގެ 41 ވަނަ މާއްދާގައިވާ ގޮތުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ޓްރާންސޕޭރިންސީން ބުންޏެވެ. އެހެންކަމުން ޓްރާންސްޕޭރެންސީ ވަނީ އެކަން މީޑިއާގެ ސަމާލުކަމަށް ގެނެސްފައެވެ.

Advertisement - newsAdvertisement

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020ގެ 41 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، "މިގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ނުވަތަ ތާރީހެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެ ގާނޫނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީހު ދިމާވަނީ، ގާނޫނުގެ ތިންވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ކަމުގައިވާނަމަ، އެކަންކުރުމަށް އެ ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރާކަން، ގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ."

އެ މާއްދާ އަށް ރިޔާއަތްކޮށް ޓްރާންސްޕޭރެންސީ ބުނީ، އެ މާއްދާގެ ނަތީޖާއެއްގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ދަށުން ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭން ޖެހޭ އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތަު އިއުލާންކުރެވިފައިވާ މުއްދަތުގައާއި އެހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހާ ހަމަޔަށް މެދުކެނޑުން ކަމަށެވެ. އެހެންވެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު މުއްދަތުގައި ދިވެހިރާއްޖޭ ހުއްޓި ރައްޔިތުންގެ ހައްގަށް ވަރަށް ބޮޑެތި އަސަރުކުރާނެތީ އެކަމާ ކަންބޮޑުވުން ފާޅުކުރާކަމަށެވެ.

އެ ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި ދައުލަތުގެ މުވައްޒަފުން މަދުވަގުތުކޮޅެއްގައި ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރަންޖެހުނު ނަމަވެސް، އާއްމުންނަށް މައުލޫމާތު ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ދިޔައީ ކަމަކަށް ނުބެލެވޭ ކަމަށެވެ. އަދި މިހާރުގެ ހާލަތުގައިވެސް، މައުލޫމާތު އެއްކޮށް އެ މައުލޫމާތު އާއްމުންނަށް ފޯރުކޮށް ދެވެންވާނެ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

މީގެ އިތުރުން، ކޮވިޑް-19 އާ ސީދާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާ ނުވަތަ ޒަރޫރީހިދުމަތްތައް ދެމުންދާ ދައުލަތުގެ އިދާރާތައް މިވަގުތުވެސް ތިބޭނީ އެއިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ހާލަތެއްގައި ކަމަށްވެސް ގަބޫލޫކުރެވޭ ކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ 21 ދުވަހުގެ ތެރޭގައި، ދައުލަތުގެ މުވައްޒިފަކަށް އެމައުލޫމާތު ދޭންދަތިވެއްޖެނަމަ، މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެ ގާނޫނުގެ ދަށުން އިތުރު 14 ދުވަސް އެ ފަރާތަކަށް ނެގުމުގެ ފުރުސަތުވެސް ލިބެއެވެ. އެހެންކަމުން، ވަކި މުއްދަތެއްގައި ކުރުން ލާޒިމުކުރާ ހުރިހާ ކަމެއް ހިމެނޭހެން އެކަންކަން ފަސްކުރަން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020ގައި އޮތުން މުހިއްމުކަމަށް ނުފެންނަ ކަމަށް ޓްރާންސްޕެރެންސީން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނިގޮތުގައި މިހާލަތުގައި މަދު ވަސީލަތްތަކާ އެކު އަދި މަދު ވަގުތުތަކެއްގައި ދައުލަތުގެ އިދާރާތަކުން މަސައްކަތްކުރަމުން ދިޔަނަމަވެސް، ރައްޔިތުން، އަދި ޚާއްސަކޮށް ނޫސްވެރިން، އެދޭ މައުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް އިސްކަމެއް ދޭން ޖެހޭނެއެވެ. އަދި ވަކިން ހާއްސަކޮށް ކުއްލި ހާލަތްތަކުގައިހޯދުމަށް އެދޭ މައުލޫމާތު ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދޭން ޖެހޭނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް