Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)

ސިވިލް ކޯޓުގެ އިސްގާޒީ ޢަބްދުﷲ އަލީއާއި އިތުރު 3 މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބަލަނީ

17 ޖޫން 2020 | ބުދަ 15:45

ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓްގެ މައްސަލައެއް ބަލަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖޫން 2020 | ބުދަ 15:45
ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު ޢަބްދުﷲ އަލީ- ކޯޓަށް ޙާޟިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާތިލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުން

ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު ޢަބްދުﷲ އަލީ- ކޯޓަށް ޙާޟިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާތިލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުން

ސިވިލް ކޯޓުގެ އިސްގާޒީ އަލްއުސްތާޛު ޢަބްދުﷲ އަލީއާއި އިތުރު 3 މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުޤީޤު ކުރަން ނިންމައިފިއެވެ.

ބުދަ ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދު ﷲ ޢަލީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަނު ކޮށްފައިވާ ފަރާތް ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާތިލު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ތަހުޤީޤު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، 3 މެޖިސްޓްރޭޓެއްގެ މައްސަލަ ތަހުޤީޤު ކުރަމުންދާއިރު، ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް މުޙައްމަދު އިބްރާހީމް، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގައި ބަޔާން ކުރާފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް، އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެއްސުމުގައި އިހުމާލުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްވެސް ހިމެނެއެވެ.

ޖޭއެސްސީން ބުނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުލްޙާ ޢަލީގެ މައްޗަށްވެސް ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝާމިލްވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި، ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދު މުއްދަތު ޖަހާފައި ވަނިކޮށް އެ ބަންދު އަމުރު މުރާޖަޢާކޮށް ގޮތް ނިންމިކަމަށް ބުނެވޭ މައްސަލައަކާއި، އާއިލީ ވިޔަފާރީގައި ޢަމަލީ ގޮތުން ބައިވެރިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާއި، ފުލުހުންގެ އިދާރާއިން ހިންގި ތަހުޤީޤަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ ޢަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަށް ޢަމަލު ކުރިކަމަށް ބުނާ މައްސަލައެއް ހުށައެޅިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އޭގެ އިތުރުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު، މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމިއިރު، ހަޤީޤަތާ ޚިލާފަށް އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި ލިބިފައިވާ މައުލޫމާތު އޮޅޭގޮތަށް ޢަމަލުކުރި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައެއްވެސް ތަހުޤީޤު ކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ، މި މައްސަލަތައް ތަޙުޤީޤު ކުރާނެ ކޮމިޓީތައް ބުދަ ދުވަހު ބޭއްވުނު ކޮމިޝަނުގެ މި އަހަރުގެ 42 ވަނަ ބައްދަލުވުމުގައި ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ކޮމިޝަންގެ 7 މެމްބަރުންވެސް ބައިވެވަޑައިގެންނެވި ކަމަށް ޖޭއެސްސީން ބުނެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
31 ޖެނުއަރީ 2017

މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ

31 ޖެނުއަރީ 2017
މިހާތަނަށް ބޭއްވި ސިވިލް ސަރވިސް އެންޓްރޭންސް އެގްޒާމްގައި 352 ބައިވެރިވެފައިވޭ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް