Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން އަލުން ފެށުން

ފަތުރުވެރިންގެ އަތުން ކޮވިޑް ޓެސްޓްގެ ގޮތުގައި 8 ޑޮލަރު ނެގުމަށް ކޮމެޓީން ހުށަހަޅައިފި

ފަތުރުވެރިޔާ ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް 8 ޑޮލަރު ނެގުމަށް ކޮމެޓީން ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 08:43
ރާއްޖޭގެ ރިސޯޓެއް: ފަތުރުވެރިޔާ ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް 8 ޑޮލަރު ނެގުމަށް ކޮމެޓީން ނިންމާފައިވޭ

ރާއްޖޭގެ ރިސޯޓެއް: ފަތުރުވެރިޔާ ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް 8 ޑޮލަރު ނެގުމަށް ކޮމެޓީން ނިންމާފައިވޭ

ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކު އަތުން، އެ ފަތުރުވެރިޔާ ރާއްޖޭގައި ހޭދުކުރާ ކޮންމެ ރެއަކަށް، ކޮވިޑް ޓެސްޓްގެ ގޮތުގައި 8 ޑޮލަރު ނެގުމަށް އިގްތިޞާދީ ކޮމެޓީން ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ތައްޔާރުކޮށްފައިވާ، "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން (އެމްއެސްޓީޖީ)"ގެ ފުރަތަމަ ދެލިކޮޕީ ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެގައިޑްލައިން ފައިނަލްވެގެންދާއިރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ބޮލަކަށް ކޮންމެ ބެޑް ނައިޓްއަކަށް ޓޫރިޒަމް ކޮވިޑް ޓެކްސްގެ ގޮތުގައި، ކަމާގުޅޭ ޤާނޫނުގެ ދަށުން، 8 އެމެރިކާ ޑޮލަރު ނެގުމަށް ސަރުކާރަށް ހުށަހެޅުމަށް ވަނީ ކޮމެޓީން ފާސްކޮށްފަ އެވެ.

Advertisement - newsAdvertisement

މީގެއިތުރުން ވެސް އެގައިޑްލައިނާ ގުޅޭގޮތުން ކޮމެޓީ ރިޕޯޓްގައި ބުނެފައިވަނީ، ޓޫރުޒަމް މިނިސްޓްރީން އެކުލަވާލި "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" (އެމްއެސްޓީޖީ)ގެ ފުރަތަމަ ދެލިކޮޕީގެ ބަދަލުގައި މިހާރު މަޝްވަރާ ކުރެވެމުންދަނީ ތިންވަނަ ދެލިކޮޕީއާމެދު ކަމަށް ޓޫރިޒަމް މިނިސްޓްރީބް މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޮތުން، ކޮމެޓީން ފާސްކޮށްފައިވަނީ، އަލުން ފަތުރުވެރިކަން ހުޅުވާލުމަށް އެކުލަވާލާއި ގައިޑްލައިންގައި އިގްތިޞާދީ ކޮމެޓީން ނިންމާފައިވާ ނިންމުންތަކަށް ވެސް ރިއާޔަތް ކުރުމަށްފަހު، އެގައިޑްލައިން އެކުލަވާލުމަށް ސަރުކާރަށް ލަފާ ދިނުމަށެވެ.

އަލުން ފަތުރުވެރިކަން ހުޅުވާލާއިރު، ކޮންމެ ފަތުރުވެރިޔަކު އަތުން، އެ ފަތުރުވެރިޔާ ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް 8 ޑޮލަރު ނެގުމުގެ އިތުރުން، އިގްތިޞާދީ ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި މާފަންނު މެދު ދާއިރާގެ މެމްބަރު ހަސަން ޒަރީރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހިއްސާ ކުރައްވާފައިވާ ހިޔާލުތައް ޓޫރިޒަމް މިނިސްޓްރީއަށް ހިއްސާކުރުމަށްވެސް އިގްތިޞާދީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އެމްއެސްޓީޖީ އާއެކު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެފައިވަނީ، އެމްއެސްޓީޖީ އެކުލަވާލުމުގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މިކަމުގައި ގެންގުޅޭ މިންގަނޑުތަކަށާއި ޑަބްލިޔުއެޗްއޯގެ ގައިޑްލައިންތަކާއި ޔޫއެން-ޑަބްލިޔުޓީއޯގެ ލަފަޔާއި އިރުޝާދު، އަދި މިނޫނަސް އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާ މިންގަނޑުތަކަށް ބަލާފައިވާނެ ކަމަށެވެ.

އެ ގައިޑްލައިންގައިވާ ގޮތުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ވިސާ ފީއެއް ނަގަން ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ވިސާ ދޭނީ މަދުވެގެން ރާއްޖޭގައި 14 ދުވަސް ހޭދަ ކުރާ ފަތުރުވެރިންނަށް ކަމަށާއި، އެމީހަކު ހުންނަން ޖެހޭނީ އެންމެ ތަނެއްގައި ކަން ވާންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

މި ގައިޑްލައިންގައި ޗާޓަރު ފުލައިޓްތަކާއި ޕްރައިވެޓް ޖެޓް އަދި ފަތުރުވެރިކަމުގެ ޚިިދުމަތްދޭ ބޭރުގެ ކަނޑު އުޅަނދު ފަހަރަށް ވެސް ވަކި ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން ޗާޓަރު ފުލައިޓް އަދި ޕްރައިވެޓް ޖެޓްތަކުން ލޭންޑިންގ ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގަން ހިމަނާފައި ވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ފަތުރުވެރިކަމުގެ ހިދުމަތްދޭ ކަނޑު އުޅަނދުތަކުން 10،000 ޑޮލަރުގެ ފީއެއް ނެގުމާއި، ސަރުކާރުން ވަކި އެއްޗެއް އަންގަންދެން ކުރޫސް ލައިނާތައް އައުން މަނާވާނެ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ފަތުވެރިން އުޅަނދަށް އެރުވުމައި ބޭލުމުގެ ކަންކަން ހަމަޖެހިފައި އޮންނަން ޖެހޭނީ ސޭފް ޓުއަރިޒަމް އަށް ހާއްސަވާ އެއަރޕޯޓެއްގައި ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް، މިގައިޑްލައިނުގެ ފުރަތަމަ ދެލިކޮޕީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މިހާރު މިވަނީ ބެލެވިފަ އެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އަދި މަޖިލީހުގެ މެމްބަރުންގެ ވެސް މައިގަނޑު ވިސްނުންހުރީ، ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ބޮޑެތި އަދަދުތަކުން ފީތައް ނެގުމުގެ ބަދަލުގައި، ފަތުރުވެރިން ރާއްޖެއަށް ކުރުން ޝައުގުވެރި ކުރުވާނެ ގޮތްތަކަށް ކަންކަން ބައްޓަން ކުރުމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިހާރު ދަނީ، އެމްއެސްޓީޖީގެ ތިން ވަނަ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް ކުރަމުން ނެވެ.

އަލުން ފަތުރުވެރިކަން ހުޅުވާލާއިރު، ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދޭނެއެވެ.

ރާއްޖޭއަށް ލިބޭ އާމްދަނީ 80 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ނެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ފަތުރުވެރިން އައުން މަނާކޮށްފައިވަނީ، މިއަަހަރުގެ މާރޗް 27 ވަނަ ދުވަހު އެވެ.

ފަތުރުވެރިކަން ހުއްޓިފައިވާތީ ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކަށް ލިބެމުންދިޔަ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައި ވެއެވެ. އަދި ގިނަ ބައެއްގެ ވަޒީފާ ގެއްލި، މުސާރައަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު