Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020

ނޯޓިސް ދިނުމަކާ ނުލައި ކުއްޔަށް ދީފައިވާ ތަންތަނުން މީހުން ނުނެރެވޭ ގޮތަށް ހުށަހަޅައިފި

މި ބިލު ތަޅުމުގައި ހުށަހަޅުއްވައިދެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ޖޫން 2020 | ބުދަ 04:56
މާލޭގެ މަގުމަތި

މާލޭގެ މަގުމަތި

އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރެގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް 2 މަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމްކުރުން ހިމަނާ، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މި ބިލު ތަޅުމުގައި ހުށަހަޅުއްވައިދެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީއެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ، ކޮވިޑް-19 އާ ގުޅިގެން މެދުވެރި ވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމެވެ. މީގެ އިތުރުން، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައިވެއެވެ.

މިގޮތުން މިބިލްގައި މައިގަނޑު ގޮތެއްގައި ދިރިއުޅޭ ތަންތަނާއި ގުޅޭގޮތުންނާއި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި ގުޅޭގޮތުންނާއި ވަޒީފާ އާ ގުޅޭގޮތުން އަދި މީގެއިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ލުއިތަކެއް ދެވޭނެ ގޮތްތަކެއް ވަނީ ހިމަނާފައެވެ.

ދިރިއުޅޭ ތަންތަނާއި ގުޅިގެން މި ބިލުގައި ހިމަނާފައިވާ ބައެއް ބައިތަކަށް ބަލާލާއިރު އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށް ދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމުކޮށްފައިވެއެވެ. މިކަން ލާޒިމު ކޮށްފައިވަނީ، ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީޢަނުވާ ގޮތަށެވެ. އަދި މި ބިލުގައި ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދު ކަނޑާލައިގެން ނުވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާ ވަހިކަން ފޯރުކޮށްދޭންވާނެކަމަށާއި ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެ ކަމަށާއި އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މިބިލްގައި އެހިނެހެން ކަންކަމުގެ ތެރޭގައި ކަނޑައަޅާފައިވަނީ ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުޞޫލުތަކަކެވެ. އަދި ކޯޓު ތަކުގައާއި ޓްރައިބިއުނަލް ތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށް ގެންދެވޭނެ ގޮތް ހަމަ ޖެއްސުމަށްވެސް މި ބިލުން މަގުފަހިކޮށްދީ ފައިވެ އެވެ.

ބިލު ހުށަހަޅުއްވަމުން ޙުސައިން މުޙައްމަދުދީދީ ވިދާޅުވީ ވަރަށް ގިނަ ފާޑުކިޔުންތަކެއް މި ބިލަށް އަމާޒުވި ކަމަށާއި ، އެހެންކަމުން މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އިސްލާހު ހުށަހަޅާ ރައްޔިތުންނަަށް ވީހާވެސް ގިނަ ފައިދާ ލިބޭގޮތަށް ފާސްކުރުމަށެވެ. ސަރުކާރުގެ ފަރާތުން މި ބިލު ފަރުމާ ކޮށްފައިވާގޮތާއި މެދު ގިނަ މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ. އަދި ގިނަ އިސްލާހުތަކެއް ހުށަހަޅުއްވަން ބޭނުންވާ ކަމަށް ގިނަ މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

ސިފައިންގެ ފްލެޓް އެޅުމަށް 33 މިލިއަން ރުފިޔާ ދޭންޖެހޭއިރު 125 މިލިއަން ރުފިޔާ ދީފައިވާކަން ފަޅާއަރައިފި

24 މެއި 2017
އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ

އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ

26 އެޕްރީލު 2017
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު