Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖައުފަރުގެ މައްސަލަ ނުބަލަން އެދުން

ޖައުފަރުގެ މައްސަލަ އަނބުރާ ނަގަން ރައީސް ވަހީދު ނިންމަވައިފި

16 ޖޫން 2020 | އަންގާރަ 12:18

އުސްފަސްގަނޑު ސަރަހައްދުން ޖައުފަރު ޑރ. ވަހީދަށް ހަމަލާދިން ކަމަށް ވިދާޅުވެ ފުރަތަމަ ޑރ. ވަހީދު ވަނީ ޓްވީޓުކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖޫން 2020 | އަންގާރަ 12:18
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

އުސްފަސްގަނޑު ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް އިބްރާހިމް ޖައުފަރު (ޖޯރޭ) ދިމާކުރި ކަމަށް ތުހުމަތު ކުރައްވާ މައްސަލަ އަނބުރާ ނަގަން ނިންމަވާފައިވާ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޖައުފަރަށް އެތައް މައްސަލައެއް ދިމާވެފައިވާ ކަމަށް އެނގިވަޑައިގަތުމުން، ޖައުފަރާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކަމާ ބެހޭ އިދާރާތަކަށް އެދިިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ގޮތަށް ރަސްމީކޮށް އަންގަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވަހީދު ވިދާޅުވީ ޖައުފަރަށް އެފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށް ބެލެެވެނީ ސިޔާސީ މަންފާ ހޯދުމަށް އެފަދަ ގޮތެއްގައި ބޭނުން ކޮށްފައިވާތީ، ސިޔާސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޖައުފަރާއި ރައީސް ވަހީދަށާއި އެމަނިކުފާނުގެ އާއިލާއަށް ލިބިފައިވާ ފުރައްސާރަތަކާ ގުޅިގެން، ރާއްޖޭގެ ގާނޫނުތައް މުގުރާލާ އެމަނިކުފާނަށް އާންމުން ފުރައްސާރަ ކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ހިތްވަރު ދީފައިވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

އާދިއްތަ ދުވަހު އުސްފަސްގަނޑު ސަރަހައްދުން ޖައުފަރު ޑރ. ވަހީދަށް ހަމަލާދިން ކަމަށް ވިދާޅުވެ ފުރަތަމަ ޑރ. ވަހީދު ވަނީ ޓްވީޓުކުރައްވާފައެވެ. ނަމަވެސް ފަހުން ވިދާޅުވެފައިވަނީ ޖައުފަރު ވަނީ ޑރ. ވަހީދަށާއި އަނބިކަނބަލުންނަށް އަމާޒުކޮށް ހަޑިހުތުރުބަހުން މުޚާތަބުކޮށްފައި ކަމަށެވެ. އަދި މިމައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު ވަނީ މިމައްސަލާގައި ޑރ. ވަހީދު އިތުރުފުޅު ހައްދަވާ ޖައުފަރަށް ނުހައްގުން އަނިޔާތަކެއް ދޭން އުޅޭ ކަމަށް ވިދާޅުވެ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. މިމައްސަލައަށް ބަހުސްކުރައްވަމުން އެމްޑީޕީ މެމްބަރުން ވަނީ ރައީސް ވަހީދުގެ އިނާޔަތްތައް ކަނޑާލުމަށާއި އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލައްވާފައެވެ.

ރައީސް ވަހީދު ވިދާޅުވެފައިވަނީ އެ މައްސަލަ ފުލުހަށް ރިޕޯޓުކުރީ އެމަނިކުފާނުގެ އަރިހުގައި އެ ވަގުތު ތިބި ސެކިއުރިޓީން ކަމަށެވެ. ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާދެއްވުމުން ދެން ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވީ ޑރ. ވަހީދެވެ.

އެއާއެކު ޑރ. ވަހީދު ވެގެންގޮސްފައިވަނީ އެމްޑީޕީ މެމްބަރުންގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ އެއް ބޭފުޅަކަށެވެ. އެމްޑީޕީން ވަނީ ދިގުދެމިގެންދިޔަ މުޒާހަރާތަކެއްވެސް 2012 ވަނަ އަހަރު ޑރ. ވަހީދުގެ ސަރުކާރާ ދެކޮޅަށް ކުރިޔަށް ގެންގޮސްފައެވެ. މިމުޒާހަރާތަކުގައި އެމްޑީޕީގެ އެތައް ސަޕޯޓަރުންތަކަކަށް އަނިޔާވެފައިވާއިރު، އެމްޑީޕީން ބުނަމުން އަންނަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ ޑރ. ވަހީދު އަޑީގައި ހުންނަވައިގެން ގެނައި ބަޣާވާތަކުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް